ރޮހިންޖާ ދަރިކޮޅުގެ މުސްލިމު ކުޑަކުދިންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތަކާއި އެ ކުދިންނަށް ޖެހިފައިވާ ދަތި ހާލާ މެދު ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޕްރިއަންކާ ޗޯޕްރާ ކަންބޮޑުވުން ފާޅުކޮށް އެކުދިންނަށް އެހީވުމަށް މުޅި ދުނިޔެއަށް ގޮވާލައިފިއެވެ.

ބަންގްލަދޭސްގައި ހުންނަ ރޮންހިންޖާ ދަރިކޮޅުގެ ރެފިޔުޖީއިން ދިރިއުޅޭ ކޭމްޕްތަކަށް ޒިޔާރަތް ކުރުމަށް ފަހު މީޑިއާތަކަށް ދިން އިންޓަވިޔުއެއްގައި ޕްރިއަންކާ ބުނެފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުގެ ކުޑަކުދިންނާއި އަންހެނުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތަށް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައިފައެވެ.

" މުޅި ދުނިޔެ ވިސްނަންވީ ކަމެއްް މިއީ. ހާއްސަކޮށް ބޮޑެތި އަދި ބާރުގަދަ ގައުމުތަކުން މިކަމަށް ވިސްނަން ވެއްޖެ. ކިތަށް ކުދިންތޯ މި ކޭމްޕްތަކުގަ ހާލުގަ ޖެހިފަ އެތިބީ ކިތަށް ކުދިންތޯ ކާނެ އެތިކޮޅެއް ނެތިގެން ބަޑަށް އެތިބެނީ. ކިތަށް މައިންތޯ ބިކަވެފައި މިވަނީ. އެހެންކަމުން އަޅުގަނޑުމެން އެންމެންވެސް އެބަޖެހޭ މިކުދިންނާއި މެދު އޯގާތެރިވާން. އަދި އެ ކުދިންނަކީ އަހަރެމެންގެ އަމިއްލަ ދަރިންކަމުގައި ދެކެން އެބަޖެހޭ" އިންޓަވިޔުގައި ޕްރިއަންކާ ބުނެފައިވެއެވެ.

ޕްރިއަންކާއަކީ ޔުނިސެޕްގެ ގުޑްވިލް އެމްބެސަޑަރެއްވެސް މެއެވެ. އަދި ފިލްމު ކުޅުމުގެ އިތުރުން ޕްރިޔަންކާ ދަނީ އިންސާނިއްޔަތަށް ހިދުމަތް ކުރާ އެކި އެކު ޖަމާއަތްތަކާއި އެކު މަސައްކަތް ކުރަމުންނެވެ.

ޕްރިއަންކާގެ މި މެސެޖަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިފައިވާއިރު ގިނަ ބައެއް ދަނީ ޕްރިއަންކާއަށް ތައުރީފް ކުރަމުންނެވެ.