ފެހިކުލައިގެ އިމާރާތެއްގެ ބެލްކަނި، އިމާރާތުގެ ތިރީ ފަންގިފިލާގެ ބެލްކިނި މައްޗަށް ވެއްޓިފައިވާ މަންޒަރު ފެންނަ ފޮޓޯއެއް މީސް މީޑިއާގަައި މިއަދު ހެނދުނު ދައުރުވާން ފެށިއެވެ. އެ ފޮޓޯ ހިއްސާ ކުރި އެކަކު ބުނެފައި ވަނީ އެއީ މާފުށީގެ ގެސްޓް ހައުސްއެއް ކަމަށެވެ. އެ ފޮޓޯ އާއްމުވުމާއެކު އެތައް ބަޔަކު ވަނީ މާފުއްޓަށް ނުދާނެ ކަމަށް ބުނެފައެވެ.
އަދި ޓްވީޓާގައިވެސް މި ފޮޓޯ ދާދި އަވަހަަށް ވައިރަލް ވިއެވެ.
މި ފޮޓޯ ވައިރަލް ވުމާއެކު އެތައް ބަޔަކު ސަރުކާރަށް ފާޑުކިޔައި ވާހަކަދައްކަން ފެށިއެވެ. އަދި އެއީ ސަރުކާރުން އިމާރާތްތަކަށް އަޅާނުލެވޭތީ ކަަމަށް ބުނަމުން ދިޔައެވެ.
މިގޮތަށް ޓްވިޓާގައި އެ ފޮޓޯއާއްމުކޮށް ޓްވީޓް ކުރި މީހަކު ވަނީ ހައުސިންގ އެންޑް ޕްލޭނިންގ މިނިސްޓަރު އަސްލަމް ޒިންމާ އަދާ ކުރެވޭތޯ ސުވާލު އުފައްދާފައެވެ. އަދި އެ ޓްވީޓްގައި މާލެ ސިޓީގެ މޭޔަރު ސިފާ މުހައްމަދު ވެސް ޓެގް ކޮށްފައި ވެއެވެ.
https://twitter.com/AhmedRafiu/status/1329294500485730304?s=19
އެ ޓްވީޓް ކުރުމުން ބަޔަކު މީހުން ވަނީ އެ ޓްވީޓަށް ބާރުދޭ ގޮތަށް ވާހަކަދައްކާފައެެވެ. އަދި އެއްބަޔަކު ވަނީ އެއީ މާލޭގެ ފޮޓޯއެއް ނޫން ކަމަށް ބުނެފައެވެ. އެގޮތަށް ހަގީގަތް ހާމަކުރި މީހަކު ވަނީ ލިންކެއްވެސް ހިއްސާ ކޮށްފައި ވެއެވެ.
އެހެން ނަމަވެސް އެއީ ކޮން ގައުމެއްގެ ފޮޓޯއެއްކަން އަދި ކަށަވަަރެއް ނޫނެވެ. އެ ފޮޓޯއިން ފެންނަ ބެލްކަންޏަކީ ރާއްޖޭގައި އިމާރާތްތައް ހަދާފައިވާ ގޮތަށް ހަދާފައިވާ ބެލްކަންޏެކެވެ.
ނަމަވެސް އިމާރާތްތަކަށް ގެއްލުންވެފައިވާ މަންޒަރު ފެންނަ އެތައް ފޮޓޯއެއް ހިމެނޭ ވެބްސައިޓެއްގައިވާގޮތުން އެއީ 2016 ވަނަ ހިސާބު ފޮޓޯއެއް ކަމަށް ބެލެވެ އެވެ. އަދި އެ ސައިޓުގައި ރަޝިއާގެ ގިނަ ފޮޓޯތަކެއްވެސް ހިމެނެއެވެ.
ކީއްކުރާނީ ދިވެހިން ނަކީ ތަނެއް ދޮރެއް ނުބަލަ ހަގީގަތް ގަބޫލަ ނުކޮއް ވާހަކަ ފަތުރާބައެއް. ރާއްޖެ އައް ސިޔާސީ ކުލަ ޖެހި ދިވެހިންގެ އެއްބައި ވަންތަކަން މިއޮތީ އޮޔާ ގޮއްސަ. މަގުމަތީގަ ހުރި ގަހަކުން ފަތެއް ވެއްތުނަސް މި ގުޅުވާލަނީ ސިޔާސީ ކަމަކަށް
ހަމަ ސަރުކާރަށް ޖެއްސުން ކުރަން އުޅޭ ބައެއް ކުރާ ކަމެއް. ތަނެއްގަ ބެލްކަނީއެއް ވެއްޓޭއިރަށްވެސް އެމްޑީޕީ އެމްޑީޕީ
ހަމަ ކޮންމެ ކަމެއް ސަރުކާރަށް.. ގަހަކުން ފަތެއް ވެއްޓުނަސް ސަރުކާރު.. ތިއޮތީ ވާ ސަރުކާރެއް..
ބަލަ ތިޔަކުން ނޫސްވެރިޔާއައްވެސް ތީ ކޮންތަނެއްގެ ފޮޓޯއެއްކަމެއް ބުނެއެއްނުދެވުނު ތިކަހަލަ މައުލޫމާތުއޮޅުންނުފިލާޚަބަރު ނުލިޔުނުނަމަ ރަނގަޅުވީސް
ރާއްޖޭގަ މިހާރު އޮތީ ކުރިއަށް އޮތް އަހަރުގެ މާރޗް މަހުން ފެށިގެން ސިވިލް އިންޖިނިއަރުން ކުރާ މަސައަކަތް ޗެކުނުކުރާ ގޮތަށް. ކުރިން އަބަދުވެސް އިމާރާތެއް ކުރެހުން ނިންމުމަށް 2 އިންޖިނިއަރުން ގެ ސްޓޭމްޕް ބޭނުންވޭ. ޗެކަރ އެއްނެތި ކުރެހުން ފާސްކުރަން ފެށީމަ މިކަހަލަ މައްސަލަ ނުކުތުން ގާތް. މިހާރުވެސް ހައުސިންގ މިިނިސްޓްރީގެ ފަރުވާކުޑަ ކަމުން އިމާރާތް ކުރުމުގެ ގަވައިދުތައް އެހާ ދޯހަޅި. ބޮންދު ސޮރު އެކަނި ގްރޫޕެއް ގޮވައިން އައިސް 10 ބުރީގެ އިމާރާތް ހަދާފަ ދުރަށް ނުދަނިސް އިމާރާތް އަޑިއަށް ދާ އިރު ވެސް މިނިސްޓްރީގެ ޒިންމާ އެއް ނެތް!
ބަލާލިއަސްއިގޭނެތީމާލޭގެތަނެއްނޫކައް ރާޖެތެރޭގަވެސް
ތިހާއުސްއިމާރާތެއް ނުހުންނާނެ
މައްސަލައެއް ނެތް. ދެން ތިބޭފުޅާ އެނގޭ މީހާ ކޮމެންޓްގަ އެއީ ކޮންތަނެއްކަން ނުބުނީ ކީއްވެ. ލިޔުންތެރިޔާގެ މި ހަބަރު ފުރިހަމަ ނޫންކަމަށް ނިންމިޔަސް މީގެ ސަބަބުން ނުބައި މައުލޫމާތު ފެތުރުން ހަމަގައިމުވެސް މަދުވާނެ.
ހަމަގައިމުވެސް މއ.ގޮމަށިގެ ބެލްކަނިން ބަޔެއް ވެއްޓި މީހަކަށް އަނިޔާވި!. ބެލްކަނީގެ ބާކީ ބޮލަށްނުވެއްޓި ހަމަކިރިޔާ އެހެރީ. ޢެއްބައި މިހާރު ވެއްޓި ހަރުލާފަ އެއޮތީ ޓިނުގަނޑުމަތީގަ. ޝިފާޔަށްވެސް ޕޮލިހަށްވެސް އެންގިއްޖެ. އެއްވެސް ކަމެއް ނުކުރި. ރަތްޔިތުން މިތިބީ ގާތަށް ބޮލަށް ވެއްޓިދާނެތީ ވަރަށްވެސް ބިރުން.