ދުބާއީގެ ވެރިޔާ ޝެއިހު މުހައްމަދު އަލް މަކްތުމްގެ އަނބިކަނބަލުން އަމީރާ ހަޔާ އޭނާގެ އިނގިރޭސި ވިލާތުގެ ބޮޑީގާޑާ ނަހަމަ ގުޅުން ހިންގައި އެކަން ސިއްރު ކުރުމަށް ބޮޑު އަގެއް ދީފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ދުބާއީގެ އަމީރާ ވަނީ ބޮޑީގާޑާ އެކު ދެ އަހަރު ވަންދެން ނަހަމަ ގުޅުން ހިންގައިފައެވެ. އެ ގުޅުން ސިއްރު ކުރުމަށް އަމީރާ ބޮޑީގާޑަށް 1.2 މިލިއަން ޕައުންޑާއި އަގު ބޮޑު ހަދިޔާތައް ދީފައިވާ ކަން ވަނީ ޔަގީންވެފައެވެ. ބޮޑީގާޑަށް ދިން ހަދިޔާތަކުގެ ތެރޭގައި 12 ހާސް ޕައުންޑްގެ ގަޑިއަކާއި ވިންޓޭޖް ޝޮޓްގަންއެއް ހިމެނެއެވެ.

އަމީރާ ހަޔާ އަކީ ބިލިއަނަރު ޝެއިހް މުހައްމަދު އަލް މަކްތުމް ގެ އެންމެ ހަގު އަނބިކަނބަލުންނެވެ. އަދި އެއީ ޝެއިހް މުހައްމަދު އަލް މަކްތުމް ކައިވެނި ބައްލަވައިގަތް ހަ ވަނަ އަނބިކަނބަލުންނެވެ. ހަޔާ ދާ ހުރިހާ ދަތުރަކަށްވެސް އޭނާގެ އެ ބޯޑީގާޑު ދާކަން ފަޅާއަރާފައި ވަނީ އޭނާގެ ފިރިކަލުންނާއި ދެކޮޅަށް ލަންޑަނުގެ ހައި ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުމުގެ ތެރެއިންނެވެ.

ބޮޑީގާޑަށް ބޮޑު އަގެއް ދީ ހަޔާ އާއެކު ހިނގާ އެއްވެސް ގުޅުމެއްގެ ވާހަކަ އެއްވެސް ފަރާތަކަށް ހާމަނުކުރުމަށް އަންގާފައިވާއިރު އެ ވާހަކަތައް ފަޅާ އެރި އިރު ބޮޑީގާޑުގެ ހަތަރު އަހަރުގެ ކައިވެނިވެސް ވަނީ ރޫޅިގެން ގޮސްފައި އެވެ. ބޮޑީގާޑުގެ އަންހެނުންގެ ގާތް ރައްޓެއްސަކާ ހަވާލަ ދީ ބޭރުގެ ނޫހަކުން ބުނެފައި ވަނީ ހަޔާ ބޮޑީގާޑާ އެއްކޮށް ނަހަމަ ގުޅުން ހިންގަނީ އޭނާ ހައްލާލައިގެން އަގުބޮޑު ހަދިޔާތައް ދީގެން ކަމަށެވެ.

ފްލާވާ ނަމަކަށް ކިޔާ މި ބޮޑީގާޑު ހުރިހާ ވަގުތެއްގައި ހަޔާ އާއި އެކު އުޅެއެވެ. ހަޔާގެ ހާއްސަ ބޮޑީގާޑެއްގެ ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން ފްލާވާ މަސައްކަތް ކުރާއިރު އިނގިރޭސިވިލާތަށް ދާ ކޮންމެ ފަހަރެއްގައި ދެމީހުން އެކަހެރިވެ އުޅުމާއި ރޭގަނޑު ބޭރަށް ދާގޮތަށް އެނބުރި އަންނަނީ ހެނދުނު ކަމަށްވެސް އަޑުތައް ވަނީ އަރައިފައެވެ. ހަބަރު ފަތުރާ ބައެއް މީޑިއާތަކުން މައުލޫމާތު ދޭގޮތުގައި ޝާހީ އާއިލާގެ ބޮޑީގާޑުންނަށް ދުބާއީގެ ވެރިޔާ 5،000 ޕައުންޑުން 15،000 ޕައުންޑާއި ހަމައަށްވެސް ޓިޕްސް ދެއްވައެވެ. ނަމަވެސް ފްލާވާއަށް ލިބޭ ޓިޕްސް އެހެން ބޮޑީގާޑުންނަށްލިބޭ ޓިޕްސް އަށްވުރެ ބޮޑުތަނުން އިތުރެވެ.

ފްލާވާ އޭނާގެ އަންހެނުންނަށް ބޭވަފާތެރިވެ ހަޔާ އާއި އެކު ބާއްވާ ނަހަމަ ގުޅުމުގެ ކަންކަން ފެންމަތިވާން ފެށުމުން ފްލާވާ އޭނާގެ އަންހެނުން ދެކެ ލޯބިނުވާކަމަށް ބުނެ އަންހެނުން ދޫކޮށްލަން އުޅުނެވެ. އެތައް ފަހަރެއްގެ މަތީން ޝައްކުވާ އެތައް ކަމެއް ފްލާވާގެ ފަރާތުން ފެނިފައިވާއިރު އެންމެ ފަހުން ފެނުނު އެކައްޗަކީ ފްލާވާގެ ހެދުންތައް ދޮވުމުގެ ތެރޭގައި ކޮންޑަމް ތަކެއް ކަމަށް ފްލާވާގެ އަންހެނުން ބުނެފައި ވެއެވެ.

މި ހުރިހާ ވާހަކަތައް ފަޅާއެރުމުންވެސް ފްލާވާ އެކަމަށް އެއްބަސް ނުވާ ކަމަށްވެއެވެ.

އުމުރުން 46 އަހަރުގެ ހަޔާ އަކީ އުރުދުންގެ އަވަހާރަވެފައިވާ ކުރީގެ ރަސްގެފާނު ޙުސައިންގެ ދަރިކަނބަލެކެވެ. އެ ގައުމުގެ ވެރިކަމުގައި މިހާރު އިންނެވީވެސް ހަޔާގެ ބައްޕާފުޅުގެ ދަރިކަލެކެވެ. ހަޔާ ދުބާއީ އިން ފިއްލަވައިގެން އިނގިރޭސިވިލާތުގެ ހިމާޔަތުގައި ހުންނަތާ މިހާރު އަހަރުތައް ވަނީ ވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޯޖަލީލު

    ބޮޑު އެއްޗެއް ކާލީދޯ

    18
    2
  2. ތެދު

    ﷲއާއި ރަސޫލާ އެންގެވިގޮތް ދޫކޮއްމުދަލާ ދުނިޔެ ފެނުނީމަވާނެހަކަންތައް ދިފެންނަނީ...

    68
    6
    • އަސްލުހާލަތު

      ތި ކިހިނެއް އެނގެނީ އަމީރު ތިޔަ ބުނާ ބޮޑީ ގާޑުގެ އަންހެނުންނަށް ލާރިދީގެން ފަތުރާލި ދޮގު ހަބަރެއް ނޫންކަން؟؟ އަމީރަކީ ސަހަލު މީހެއް ނޫން.. އަނބިނަކީ އަޅުންކަމުގަ ހަދައިގެން އުޅޭ އިޒުރޭލާ ގުޅުން ބަދަހިކޮށް ޔަހީދީ ރޭވުން ރާވާ މީހެއް.. އެހެންވީމަ ހެކި ނެތް ތޯތޯ ވާހަކަތައް ނުޖެހުން ބުއްދިވެރީ..

      53
      9
  3. އޮއްޓަރޭ

    ދެން މިހާވަރަށް ޝާހީ އާއިލާގެ ކަމެއް ފަޅާއަރާނީ.

  4. ނިކަމެތި މީހާގެ އަގު ވައްޓާލަނީ

    ތިކަމުގެ އަޑިއަށް ތަންކޮޅެއް ބޮޑަށް ފީނާލަ ބަލަ. ހަގީގަތް ނުބަލާ ތިހެން ހަބަރު ނުޖައްސަވާ. އިޒްރޭލު ޒަޔަނިސްޓުން މިހާރު ދުނިޔޭގެ މައި މީޑިއާތައް ކޮންޓްރޯލް ކުރަނީ.

    11
    1
  5. ތަޚާނުގެ ޢަލިދީދީ

    ސަހާދެއް ބޯހަލާކު.

  6. ދިރާސާ

    ދުބާއީގެ އަމީރާ ބޭވަފާތެރިވެ ނަހަމަ ގުޅުން ހިންގިކަން ފަޅާ އަރުވާލައިފި... މިކަން ދިވެހިންނަށް ފަޅާއަރުވާލީ ވަގުތު ނޫހުން... ސާބަހޭ ވަގުތު ނޫސް...

  7. ރިނީ

    އަމީރާ، އަންހެނުން ކުރީމަ ގޯސް. އަމީރު ފިރިހެނުން ކުރީމަ އޯކޭ. އެކަމަކު ދެފަހރުވެސް ހިމެނެނީ އަންހެނަކާ ފިރިހެނެެް. މިވަނީ ކިހިނެއް؟