ލަވަކިޔުންތެރިޔާ ހަސަން މުސްފަހު (މުސީ)ގެ ފޭސްބުކް އައިޑީ ހެކްކޮށްފިއެވެ.
އޭނާގެ ފޭސްބުކް އައިޑީ ހެކްކުރީ ސީދާ ކޮން އިރަކުކަން ސާފު ނުވި ނަމަވެސް، އޭނާގެ އައިޑީ ހެކް ކުރީ ދާދިފަހުންކަން "ވަގުތަށް" ވަނީ އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައެވެ. އޭނާގެ ފޭސްބުކް އައިޑީ ހެކް ކުރި ނަމަވެސް އޭނާގެ އިންސްޓަގްރާމް އެކައުންޓް ހެކްކޮށްފައެއް ނުވެއެވެ.
މުސީގެ އައިޑީ އަނބުރާ ހޯދުމަށް މަސައްކަތް ކުރަމުންދާކަން އޭނާ އާއި ގާތް މީހަކު ވަނީ "ވަގުތަށް" ޔަޤީންކޮށްދީފައެވެ.
މުސީގެ އައިޑީ ހެކް ކުރުމަށް ފަހު އެ އައިޑީއިން ބައެއް މީހުންނާއި ބޭއަދަބީކޮށް ވާހަކަދެއްކުމާއި، ފައިސާ އަށް އެދުން ފަދަ ކަންކަން ވެސް ވަނީ ކޮށްފައެވެ. މިކަމާއި ގުޅޭގޮތުން މުސީގެ ބަހެއް ހޯދުމަށް އޭނާ އަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދޭތީ އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
އޭނާ މިހާރު އުޅޭ ބޮޑުބެރު ގްރޫޕް 1438ގެ ބަހެއްވެސް މިކަމުގައި ވަނީ ލިބޭގޮތް ނުވެފައެވެ.
މުސީ އެންމެ ފުރަތަމަ ވިދާލީ ހަބޭސް ބޮޑުބެރު ގްރޫޕްގެ ވޯކަލިސްޓުގެ ގޮތުގައެވެ.
ޒުވާން އުމުރުގައި އޭނާ ވަނީ ބޮޑުބެރަށް ޝައުގުވެރިކަން ހުންނަ މީހުންގެ ހިތްތައް އަތުލާފައެވެ.
އޭގެ ފަހުން މިއުޒިކްގެ ދާއިރާގައި މުސީ ކުރިއަރަމުން އައި އިރު އޭނާގެ އަޑަކީ ދިވެހި އިންޑަސްޓްރީ އިން އަޑު އިވޭ އެންމެ ހިތްގައިމު އެއް އަޑެެވެ. އޭނާ ވަނީ ގިޓާ އާއި އެކު ބައެއް ޓީވީ ޝޯތަކުގައި ކުޅެދީ، ލައިވް މިއުޒިކާއި އެކު ހުށަހެޅުންތައް ހުށަހަޅާދީފައެެވެ. އަދި ރެކޯޑިންތަކުގައި ވެސް އޭނާ ވަނީ ހިތްގައިމު ހުށަަހެޅުންތަކެއް އާއްމުންނާއި ހަމައަށް ގެނެސްދީފައެވެ.
ވެދާނެ ތުންބުޅި ދިގުނޮކޮއް، ފައިކުރި ބުރިނުކޮއް އުޅޭތީ ފޭސްބުކު އައިޑީ ހެކުވީކަމައް. ތޯއްޗެއް.
މުސީހު ކިޔާ މިއުޒިޝަނެއް ރާއްޖޭގައި އުޅޭކަން އަދި ކިރިޔާ މި އިނގުނީ. ރާއްޖޭގެ މި އިންޑަސްޓްރީ ކިތަންމެ ކުޑަ ނަމަވެސް، ނޫސްތަކުގެ ހެޑްލައިނަށް އަންނަންވާނީ، އެމީހެއްގެ ޕޮޕިއުލާރިޓީއަށް ބަލާފައި. މީހުން ދަންނަ މިންވަރަށް ބަލާފައި. އެޓްލީސްޓް ފޮލޯވާސް އަށް ބަލާފައި. އަމިއްލަ ރާގެއް ނުވަތަ ލަވައެއް އެ ދުވަސްވަރެއްގައި ހިޓަކަވެ މަޝްހޫރު ކަމެއް ހޯދާފައިވާނަމަ. ދެން ހަމަ މުނިފޫހި ފިލުވުމުގެ ޚަބަރެއް ހަދާލުމުގެ ނިޔަތުގައި އަމާ ބުނީތީ ފަރަށްދާ ހެން މިއޮތީ ހަދާލާފައި. ޝުކުރިއްޔާ!