މަސްތުވާތަކެތީގެ މައްސަލާގައި މިއަދު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އަށް ސުވާލު ކުރުމަށް ގެންދިޔަ މަޝްހޫރު ކޮމޭޑިއަން ބާރްތީ ސިންގ ހައްޔަރުކޮށްފިއެވެ.

އޭނާ އާ ސުވާލު ކުރުމަށް ގެންގޮސްފައި ވަނީ އެގެއިން މަސްތުވާތަކެތީގެ ބާވަތެއް ފެނިގެންނެވެ.

އޭނާއާއެކު ފިރިމީހާ ހާޝްވެސް ވަނީ ހައްޔަރުކޮށްފައެވެ.

"މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ބާރްތީ އާއި ފިރިމީހާ ވަނީ ހައްޔަރުކޮށްފައި ވަނީ ސުވާލު ކުރުމަށް". އެންސީބީގެ އޮފިޝަލަކާއި ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓްތައް ބުނެއެވެ.

އެންސީބީއަށް މި ދެމީހުން ހާޒިރުކޮށްފައި ވަނީ، އެ މީހުން ދިރިއުޅެމުންދާ ގެ ބަލާ ފާސް ކުރުމުގެ ތެރެއިން އެ ގެއިން މަސްތުވާތަކެތީގެ ބާވަތެއް ކަަމަށްވާ ކެެނެބިސް ފެނިގެންނެވެ.

އެންސީބީ އޮފީޝަލުން ޕީޓީއަށް ނޫހަށް ބުނީ، ބާރްތީ އާ މަސްތުވާތަކެއްޗާއި ގުޅުން އޮންނަ ވާހަކަ ހާމަކޮށްފައި ވަނީ އެެފަދަ މައްސަލައެއްގައި ސުވާލު ކުރި މީހެއް ކަމަށާއި، އަދި އެގެއަށް އެންސީބީން ހާާޒިރު ކުރުމުން އެ ގެ ބަލާފާސް ކުރުމުގެ ތެރެއިން ކެނެބިސް އެތިކޮޅެއް ފެނިފައިވާ ކަމަށެވެ. އެންސީބީން ވަނީ މުމްބާއީގެ އިތުރު ދެ ސަރަހައްދެއްވެސް ބަލާ ފާސްކޮށްފައެވެ.

އިންޑިއާގެ ފިލްމް އިންޑަސްޓްރީ ހާއްސްކޮށް، ބޮލީވުޑްގެ ތެރޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ފެންމަތިވެފައި ވަނީ ސުޝަންތް ސިންގ ރާޖްޕުތްގެ މަރަށްފަހު ފެށި ތަހުގީގުންނެވެ.

އެ ތަހުގީގަށްފަހު މަސްތުވާތަކެއްޗާއި ގުޅިގެން މަޝްހޫރު ބައެއް ތަރިންނާއި ސުވާލުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ދިޕިކާ ޕަދުކޯން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު