މޭބިސްކަދުރަކީ ދިވެހިންގެ ތެރޭގައި ލިބެން ފަސޭހަ މޭވާ އެއް ނަމަވެސް އެހާ ގިނަ ދިވެހިން ކާ އެއްޗެއް ނޫނެވެ. ދިވެހި ފަސްގަނޑުގައި މޭބިސް ކަދުރު މަދުން ހެއްދުނު ކަމުގައި ވީނަމަވެސް ބޭރު ޤައުމުތަކުން އެތެރެ ކުރާ ބޭބިސް ކަދުރުގެ ސަބަބުން މާރުކޭޓުނާއި ފިހާރަތަކުން މޭބިސް ކަދުރު ނުލިބޭ އިރެއް ނުދެއެވެ.

މޭބިސް ކަދުރަކީ ސިއްޙީ ގޮތުން ވަރަށް ފައިދާ ހުރި އެއްޗެކެވެ. މިގޮތުން މީހާ ވަރުބަލިކޮށްލުމުން ދުރުކޮށްދިނުމުގައި މޭބިސް ކަދުރު ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ. ރޯދަ ވިއްލާގެން ރޭގަނޑުގެ ކޮންމެވެސް ވަގުތެއްގައި މޭބިސްކަދުރު ކާންވީ މިހެންވެގެންނެވެ.

މޭބިސްކަދުރަކީ ހަށިގަނޑުގައި ހިމެނޭ ދަގަނޑުގެ މިންވަރު އާކޮށްދީ، ވަރުބަލިކަން ފިލުވައިލާ، އެއްޗެކެވެ. އަދި ކަޅު މޭބިސްކަދުރުން ހަށިގަނޑުގައި ހިމެނޭ ދަގަނޑުގެ މިންވަރު ދަށްކުރުވައެވެ. މޭބިސްކަދުރު ކެޔުމާއި އޭގެ ޖޫސް ބުއިމަކީ ހަށިގަނޑުގައި ވަރުޖެހި، ބާރާއި ހަކަތަ ލިއްބައިދޭ ކަމެކެވެ. މީގެ އިތުރުން މޭބިސްކަދުރުގައި ހިމެނޭ އެންޓި އޮކްސިޑެންޓް ގެ ސަބަބުން ދިފާޢީ ބާރު ވަރުގަދަވާގޮތް ވެއެވެ.

މީގެ އިތުރުންވެސް މޭބިސްކަދުރު ބޭނުން ކުރުމުގެ ސަބަބުން ސިއްޙީ އެތައް ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި ބޮލު ރިހުން ދުރުކޮށްދިނުން ހިމެނެއެވެ.