ޖޭސަން މޯމޯއަކީ އޮންސްކްރީން ހީރޯއެކެވެ. އެކަމާއި މެދު ސުވާލެއް ނެތެވެ. އެކަމަކު އޭނާއަކީ އެކި ފަހަރުމަތިން އޭނާ އަކީ އާއްމު ދިރިއުޅުމުގައި ވެސް އެހާ ހިތްހެޔޮ އޯގާތެރި މީހެއްކަން ސާބިތުކޮށްދެމުން އަންނަ ތަރިއެކެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ ހިތްތައް ފަތަހަ ކުރި ޖޭސަން އަށް ފޭނުންގެ ހިތުގައި އޮތް ލޯބި މިފަހަރު އިތުރުކޮށްލީ ކެންސަރުގެ ޝިކާރައަކަށް ވެފައިވާ ތުއްތު ފޭންއަކަށް އޭނާ ދިން ސަރޕްރައިޒް އަކުންނެވެ. 41 އަހަރުގެ އެ އެކްޓަރ ވަނީ ކެންސަރާއި ހަނގުރާމަ ކުރަމުންދާ ކުޑަ ކުއްޖަކަށް ސަރޕްރައިޒް ދިނުމަށް ވީޑިއޯ ކޯލްއެއް ކޮށްފައެވެ.

އޭނާގެ އެ ކޯލް އިންސްޓަގްރާމްގައި ފޭނުންނަށް ފެންނާނެހެން ވަނީ ހިއްސާކޮށްފައެވެ.

ޑެނީ ޝީހާން ނަމަކަށް ކިޔާ އެ ފެން އަކީ ޖޭސަންގެ ފިލްމް "އެކުއެމޭން"ގެ ބޮދު ފޭންއެކެވެ. އޭނާ އަކީ ސިކުނޑީގެ ކެންސަރުގެ މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ބައްޔެއްގެ ޝިކާރައަކަށް ވެފައިވާ ކުއްޖެކެވެ.

އެ ކޯލް ކުރުމުން ޑެނީ ޖޭސަން އަށް ގޮވާލީވެސް "ހާއި އެކުއަމޭން" މިހެންނެވެ.

އޭނާ ދެން ޖޭސަން އޭނާ އަށް ގުޅުމުން އުފާވާ މިންވަރު އޭނާ އަށް ކިޔާދެއެވެ.

 

View this post on Instagram

 

A post shared by Jason Momoa (@prideofgypsies)

 

ޖޭސަން ވަނީ ޑެނީ އާއި ވާހަކަ ދައްކާ އޭނާ ކުރާ ހިތްވާ ކަންކަމާއި މެދު ސުވާލުކޮށްފައެވެ.

ޑެނީ އޭނާ އަށް ކޯމަސް ކަމުދާކަން ހާމަކުރުމުން ޖޭސަން ވަނީ އޭނާ ކޯމަސް ބަލާލަން ގެންދާނެކަމަށްވެސް ބުނެފައެވެ.

ޖޭސަން އަކީ އަބަދުވެސް އިންސާނިއްޔަތަށްޓަކައި މަސައްކަތް ކުރާ މީހެކެވެ. އަދި ޚާއްސަ ފޭނުންނަށް ސަޕްރައިޒް ދިނުމަކީ އޭނާ އާއްމުކޮށް ކޮށްއުޅޭ ކަމެކެެވެ.

އަދި އޭނާ އަކީ ވަރަށް ގިނައިން އެހީ ބޭނުންވާ ބަލި މީހުންނާއި ހާލުގައި ޖެހޭ މީހުންނަށް ވެސް އެހީވާ ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު