މީގެ ދެހާސް އަހަރު ކުރިން އިޓަލީވިލާތުގެ ޕޮމްޕޭ ކައިރީ އަލިފާން ފަރުބަދައެއް ގޮވާ އެފަރުބަދައިން ފޭބި އަލިފާނާއި އަޅިއާއި ވިހަ ގޭހުގެ ސަބަބުން އެއަވަށުގެ އެންމެން މަރުވެގެން ދިޔަ ހާދިސާ އިން ސަލާމަތް ވާން އުޅުނު ދެމީހެއްގެ ހަށިގަނޑު ފެނިއްޖެ ކަމަށް އިޓަލީވިލާތުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

ދިރާސާ ކުރާ ފަރާތްތަކަށް ފެނުނު ދެމީހުންގެ ހަށިގަނޑު ވެސް ވަނީ ފަރުބަދައިން ފޭބި އަޅީގެ ސަބަބުން "ގަނޑުވެފައެވެ." ޕޮމްޕޭގެ ތެރޭގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުހެން މިދެހަށިގަނޑު ވެސް ފެންނަން އޮތީ ދެބުދުހެންނެވެ.

އިޓަލީވިލާތުގެ އޮފިޝަލުން ބުނާ ގޮތުގައި ފެނުނު ދެހަށިގަނޑުގެ ތެރެއިން އެކަކީ ވަރަށް މުއްސަނދިން މީހެއްކަން މިހާތަނަށް ލިބުނު ހެކިތަކުން އެނގެއެވެ. ދެވަނަ މީހަކީ އޭނާގެ އަޅެއް ކަމަށް ވެސް އިޓަލީވިލާތުގެ އޮފިޝަލުން ބުނެއެވެ. ދެހަށިގަނޑުގެ މައްޗަށް ހައެއްކަ ފޫޓަށް ފަރުބަދައިގެ އަޅި އެޅިފައި ހުއްޓެވެ.

ދެހަށިގަނޑު ދިރާސާ ކުރުމަށް ފަހު އޮފިޝަލުން ބުނަނީ މީގެ ތެރެއިން މުއްސަނދި މީހާ އަކީ އުމުރުން 30 އަހަރާއި 40 އަހަރާއި ދެމެދުގެ މީހެއް ކަމަށެވެ. އޭނާގެ އެއްފައި އޮތީ ގުދު ވެފައެވެ. އޭނާގެ އަޅުމީހާ އަކީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހެއް ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ބުނާ ގޮތުގައި މިދެމީހުން މަރުވެފައި ވަނީ ބިމުގެ އަޑީގައި ހުރި އިމާރާތެއްގެ ތެރޭގައި ތިއްބައެވެ. އެމީހުން ބިމުގެ އަޑީގައި ހުރި ބިންގަރާސް އިމާރާތައް ވަނީ އަލިފާން ފައިބަން ފެށުމުން ސަލާމަތް ވެވެން އޮތް ގޮތަކީ އެއީ ކަމަށް ގަބޫލު ކޮށްގެން ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

ޕޮމްޕޭއަކީ ރޯމަނުންގެ އެންމެ ގަދީމީ އެއްރަށެވެ. އަދި އެއީ މީގެ އަހަރުތަކެއް ކުރިން ރޯމަނުންގެ އެންމެ ގަދަރުވެރި މީހުން އުޅުން ރަށެވެ. އާބާދީގައި 20،000 މީހުން އުޅުން ޕޮމްޕޭއަކީ އެ ޒަމާނުގައި އުމްރާނީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ ރަށެވެ.

ޕޮމްޕޭގައި ރާވިއްކާ ގެތަކާއި ހަށިވިއްކާ އިމާތްރާތަށް ހެދިފައި ހުއްޓެވެ. އަދި ގިނަ މީހުން އެއްފަހަރާ ފެންވެރޭނެ ފަދަ ބޮޑެތި ގިފިލިތަށް އެރަށުގައި ހެދިފައި ހުއްޓެވެ. އަދި އެރަށަކީ އެއް ޖިންސުން ގުޅުން ހިންގުމާއި ޖުވާ ކުޅުމާއި ޒިނޭ އާއި އަޅުންނަށް އިހާނެތިކޮށް ހިތުންފަދަ އެތަކެއް ފާހިޝް ކަންކަމެއް ކުރުމުގައި ދެމިތިބި މީހުން އުޅުނު ރަށެކެވެ.

ޕޮމްޕޭ ގައި ގާވެފައި ތިބި މީހުންތައް ބަލާލުމަށް އެރަށަށް ކޮންމެ އަހަރަކު ވެސް އެތައް މިލިއަން މީހުންނެއް ޒިޔާރަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. Anonymous

  ސުބުޙާނަﷲ، ހުރި ބިރުވެރިކަމެއްގެ ބޮޑުކަމާއެވެ. މާތްﷲގެ ކޯފާއަށް ބިރުވެތިވާށެވެ. މުންކަރާތްތަކުން ދުރުހެލިވެ ހެޔޮޢަމަލުތައް ގިނަކުރާށެވެ.

  184
  5
 2. ޣަނި

  މިހާރުގެ ގޮތުން ނަމަ ޕޮންޕޭ ސިޓީ ، އޭރުގެ ސަދޫމް. ދިރި ތިބީންނަށް ރަނގަޅު އިބްރަތުން ފުރިގެންވާ ކޯފާއެއް. ކިތަންމެ ފުންކިއްލާ އަކަށް ފައިބާ އޮތަސް ﷲ އުރެދި އެއްޖިންސުން ގުޅުންހިންގާ، ދުނިޔަވީ ހުރިހާ ފާހިސްކަންތަކުގަ އުޅުނު މީހުންނަށް ލިބުނު ރަނގަޅު ފިލާވަޅެއް.

  123
  15
  • އަމީން

   މިހާރުގެ ނަމުން ނަމަ ޕޮންޕޭ ކުރީގަ ވެސް ޕޮންޕޭ...ސޮދޫމް އާއި ޕޮންޕޭ އަކީ 2 ތަނެއް ވެރިޔާ

   84
   2
  • ނައިކީ

   ކޮއްކޮ ސަދޫމާ ޕޮންޕޭ އެއީ ދެތަނެއް.. ޕޮންޕޭގަ އުޅުނީ ސަދޫމުގޮތަށް އެއްޖިންސުން ގުޅުންހިންގާ މީހުނެއް ވެސް ނޫން.. އެތާނގަ ބޮޑަށް އޮތީ އަންހެނުންނާ ފިރިހެން ޒިނޭކުރާ ނާސިގެތަށް.. އެއީ ޤަދީމީ ރޯމަނުންގެ ރަށެއް.. ފަހުން ރޯމު ދަޢުލަތް ރޫޅި ވަކި ޤައުމުތައް އުފެދިގެން ދިޔަ އިރު ޕޮންޕޭ އޮތީ މިހާރުގެ އިޓަލީގެ ދަށުގަ..

   35
  • ޯގޯސް

   ސަދޫމް އެއީ އެހެން ތަނެއް

   27
   1
 3. ޟަމް

  މަވެސް ހާދަބޭނުމޭ ތިތަނައް ޒިޔާރަތް ކުރަން ތަންތަން ބަލަން....ވިސްނާލިކޮންމެމީހަކަށް އިބްރަތެއް ތިހިނގަައި ދިޔަ ހާދިސާ މަތިން

  75
  3
 4. ފާތުން

  ވިސްނާ ފިކުރު ކުރާބަޔަކަށް އިބުރަތް ހާސިލް ވާނީ.

  97
  3
 5. ޢަބްދުﷲ

  މިފަދަ ކަންކަމުން މިރާއްޖޭގެ މިއުޅޭ ވަޙުޝީ މީހުންނަށް ޢިބްރަތެއް ޙާޞިވާނެނަމަ ކޮންފަދަ ތޯއެވެ؟ މިއީ ސަމާސާ ވާހަކަތަކެއްނޫނެވެ. ދުވާވޭ ރޭ ހަތަރުދަމަ ރާބޮމުން ރާބުއިމަށް ހިތްވަރުދެމުން ފާޙިޝް ޢަމަލުތައް ކުރަމުންދާ މީހުން އިސްލާޙްވުމަށް މި ޢިބްރަތްތެރި ހާދިސާތައް ނުފުދޭތޯއެވެ؟ މާތްﷲ އަށް ބިރުވެތިވެ އާޚިރަތަށް ތައްޔާރުވަމާ ހިނގާށެވެ. މާތްﷲ އަޅަމެންގެ ފާފަތައް ފުއްސަވައި އިސްލާމް ދީނުގައި ފައިތިލަ ސާބިތުކޮށްދެއްވާށިއެވެ.

  49
  4
 6. ޣޯސް

  މިހާރުވެސް އިޓަލީއާއި ޔޫރަޕަކީ އެފަދަ ނުބައި ފާހިޝްގެ އަމަލުހިންގާ ތަނެއް. އެމީހުންގެ ޖާހިލް ނުބައި އަމަލު ހުއްދަކުރީ އދ އޭ އެކިޔާ އެމީހުންގެ މޮޑޭ ފުއްގަޑެއްފަދަ މަޖިލީހުން. މުއްސަދިކަމާ އާރާބާރު ހިނދުކޮޅެއްގެ ތެރޭ ނެތިދިޔައީ އިންސާނާގެގެ ނިކަމެތިކަން ދައްކައި ދެއްވުމަށް. އިބުރަތް ހާސިލްކުރަނީ ބުއްދިވެރިން.

  41
  2
  • މޯލްޑިވިޔަން

   ޔަގީން ތަ އދ ކަން

   4
   3
 7. ލަދު

  މާތް ﷲ އަށް ބިރުވެތިވޭ. އަޅަމެން މާތް ﷲ ގެ އަޒާބުން ސަލާމަތް ކުރައްވާށި. މާތް ﷲ އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަވެ ވޮޑިގެންވާ އޯގާވަންތަ ރަސްކަލާންގެ.

  66
  3
 8. ާމަރީ

  ޔާރަށްބީ.ދިރިތިބީން ނަށް އިބުރަތެއް

  7
  1