ނޯރާ ފަތޭހީއަކީ ބޮލީވުޑްގައި މިހާރު އަދިވެސް އޭނާގެ އެކްޓިންގެ ހުނަރާ މެދު އެތައް ބަޔަކު ސުވާލު އުފައްދަމުންދާ އިރު އޭނާ ދަނީ އެހެން ހުނަރުތަކުން ބޮލީވުޑް ފަތަހަ ކުރަމުންނެވެ. އެގޮތުން މިހާރު ބޮލީވުޑްގައި އޭނާއާ ވާދަކޮށްލެވޭ ފެންވަރުގެ ދެ ވަނަ ނެށުންތެރިޔެއް ނެތް ކަމީ ދެ ބަސް ވެެވެން ނެތް ހަގީގަތެވެ.

ނޯރާ އަށް މި ދާއިރާގައި ލިބޭ އެންމެ ބޮޑު އަނެއް ކުރިއެރުމަކީ އޭނާގެ ސަކަ މިޒާޖެވެ. ފިލްމް ކުޅުމަށް ވުރެ ބޮޑަށް އޭނާ އަށް އާންމުންގެ ސަމާލުކަން ލިބެނީ އޭނާގެ ސަކަ މިޒާޖުގެ ސަބަބުންނެވެ. އެގޮތުން ޕްރޮމޯޝަން ޝޯތަކާއި ރިއަލިޓީ ޝޯތަކުގައި ދައްކާ ވާހަކަތަކަކީ އާންމުންނަށް ކަމުދާ ވާހަކަތަކެކެވެ.

އަދި އާންމުކޮށް އަންހެން ފަންނާނުން ފެންނަ ގޮތާއި ޚިލާފަށް ނޯރާއަކީ ވަރަށް ބޮޑަށް އަމިއްލަ ނަފްސު އޭގެ ގޮތުގައި އާންމުންނަށް ދެއްކުމަށް ލޯބި ކުރާ މީހެކެވެ. މިފަހަރު ވެސް ނޯރާ މި ވަނީ އޭނާގެ މަޖާ ކަމާއެކު އާންމުންގެ ހިތްތައް އަތުލައިފައެވެ.

ބޮލީވުޑްގެ ޝޫޓިންތަކަކީ އާދަޔާ ޚިލާފަށް ދިގު ޝޫޓިންތަކެކެވެ. މިގޮތަށް ގިނަ އިރު ޝޫޓިންގައި ހޭދަކުރަން ޖެހުމުން ނޯރާ ކުރަނީ މުޅިން ތަފާތު ކަމެކެވެ. ޝޫޓީން ނިންމާލާށޭ، ނޫނީ އަވަސް ކުރާށޭ ސީދާކޮށް ބުނުމަކީ ކުރެވޭނެ ކަމެއް ނޫނެެވެ. ނޯރާ މިކަމަށް ހައްލު ހޯދީ ލަވަޔަކުންނެވެ.

މި ލަވައަށް އޭނާ ކިޔަނީ ޕެކަޕްއެވެ. މި ލަވަ ފެނުނީ ނާޗްމެރި ރާނީގެ ވްލޮގްގައި އޭނާ ހިއްސާކުރި ކްލިޕްއަކުންނެވެ. އެ ވްލޮގްއިން އެހެން ތަރިންވެސް މި ލަވަ އޭނާ އާއި އެއްކޮށް ކިޔަމުންދާ މަންޒަރު ފެނެއެވެ. މި ލަވައަށް އާންމުންގެ ބޮޑު ތަރުޚީބެއް ވަނީ ލިބިގެން ގޮސްފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތުނބުޅި

    އަހަރުން ވަރުބަލިވީމަ ބުމައިން އިސްތަށި އުފުރަނީ

    3
    3
  2. ހުސޭނުބޭ

    ތި އުޅޭނީ އަދި މާ ފަހަތުގައި! އަހަރެމެންގެ ރައްޓެހިން އެބައުޅޭ ވަރުބަލިވީމާ، ފޫހިވީމާ އެހެން މީހުންނާ އަރާރުންވެ ޒުވާބުކުރާ މީހުން!

    4
    3