ނުވާން ޖެހޭ މީހުން ދެކެ ލޯބިވާ އެކަކު ނަމަވެސް ކޮންމެވެސް މީހަކަށް އެނގޭނެއެވެ. މީގެ މާނައަކީ ކަނޑައެޅިގެން އެ މީހާއަކީ ތިމާއަށް ރަނގަޅު މީހަކަށް ނުވެދާނެކަން އެނގޭ އިރުވެސް އޭނާ އަށް ގޮސް ހުސްވެ، އޭނާއާ އެކު އުޅެން ހަދައިގެން ލަނޑު ލިބޭ ގޮތް ވުމެވެ. އެފަދަ އެއްވެސް މީހަކު ނޭނގޭ ނަމަ އެ މީހަކީ ތިމާ ކަމަށް ވެސް ވެދާނެއެވެ.

އެއްވެސް މީހަކު ގަސްތުގައި މިކަހަލަ ކަމެއް ނުކުރާނެތާއެވެ. އެނގިހުރެ ހިތުގައި ޖެހެން ބޭނުންވާނީ ކާކު ހެއްޔެވެ؟ އެހެންވެއްޖެއްޔާ އެހެން ވަނީ ކީއްވެހެއްޔެވެ؟ އަބަދު ތިމަންނައަށް ވަނީ ދެރަ ގޮތް ގޮތޭ، ނަސީބު ބަލީއޭ ވެސް ހިތަށް އަރާފާނެއެވެ. އަދި ބައެއް ފަހަރު އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ފަހަރުވެސް އާދެއެވެ.

އެއްގޮތަކަށް ވެސް އަމިއްލަ ނަފްސު ކުށްވެރި ނުކުރާށެވެ. ނަމަވެސް ތަކުރާރުކޮށް ތިމާއަށް ރަނގަޅު ނޫން މީހުންނާއި އެކު އުޅޭވޭ ނަމަ އެކަމުގައި ތިމާގެ އިހުމާލެއް އޮތުން އެކަށީގެންވެއެވެ. ލޯބިވުމަކީ ވަރަށް ޚާއްސަ އިހުސާސްއެކެވެ. އެއީ ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫނެވެ.

އެކަމަކު މާ އަވަހަކަށް އާދަޔާ ޚިލާފަށް މީހަކަށް ހިތްދެވޭ ނަމަ އެއީ ހެދޭ ގޯހަކަށް ވެދާނެއެވެ. ޚާއްސަކޮށް އެއްވެސް ގުޅުމެއްގެ ކުރީކޮޅު އެ ގުޅުމެއްގެ ހަގީގީ ގޯސްކަންތައްތައް ނުފެންނާނެކަން ހަނދާން ނުބައްހައްޓާނަމަ އެއީ ތިމާއަށް ރަނގަޅު ނޫން މީހުންނަށް ހިތް ދިނުމަށް ހުޅުވޭ ދޮރަކަށް ވެދާނެއެވެ.

ފުރަތަމަ ނަޒަރުން ލޯބިވުމުގެ ވާހަކައަކީ ވާހަކަ އާއި ފިލްމުގައި ހިތްގައިމު ވާހަކައަކަށް ވިޔަސް އަވަހަށް ލޯބިވުމަކީ ހަގީގީ ދިރިއުޅުމުގައި ލޮޓިއެއް ލިބިދާނެ ކަމެކެވެ. މާބޮޑަށް އަވަހަށް ގޮތް ނިންމާ ނަމަ އެއީ ހިތްހަލާކުވުމުގެ ފެށުމެވެ. ހަޔާތުގެ ބައިވެރިޔަކު ހޮވަންވާނީ އެންމެ ފުރަތަމަ މީހެއްގެ ސިފައިން ފެންނަ ފޮނި ސިފަތަކަށް އެކަނި ބަލާފައެއް ނޫނެވެ.

އެ މީހަކު ރުޅި އައީމަ ވާހަކަ ދައްކާ ގޮތާއި، އޭނާ އަށް ވުރެ ދަށުން މަސައްކަތް ކުރާ މީހުންނާއި، އޭނާއާ އެކުގައި އުޅޭ މީހުންނާއި މެދު ވާހަކަދައްކާ ގޮތް ފާހަގަކުރާށެވެ. މިޒާޖަށް އަންނަ ބަދަލުތައް ވެސް ދެނެގަންނާށެވެ. ތިމާ ކިތަންމެ ބޭނުންވި ނަމަވެސް އުނދަނގޫވާކަމެއް ފެންނަ ނަމަ އެ މީހަކާއި ދުރުވާން އާދަކުރާށެވެ.

މީގެ އިތުރުން ހިތްހަމަ ނުޖެހުމުން މުއާމަލާތު ނުކުރުމާއި، ވާހަކަ ނުދައްކާ އެކަހެރިކޮށް ފޯނު ނުނަގާނަމަ ސަމާލުވާށެވެ. ލަހުން ފޯނަށް ޖަވާބު ދިނުމާއި ވާހަކަ ނުދައްކާ ދުވަސްތަކެއް ދާ ނަމަ މިވެސް ވިސްނަން ޖެހޭ ކަމެކެވެ. އަބަދުވެސް މިފަދަ ނިޝާންތަކާއި މެދު ސަމާލުވާން ޖެހެއެވެ.

ފުރަތަމަ ދިމާވާ އިރު ހުންނަ ނޭދެވޭ ކަންކަމާއި އަޅާނުލުމަކީ މީހަކާއި ލޯބީގެ ގޮތުން ގުޅެން ބޭނުންވާ އިރު ނުރައްކާތެރިކަމަކަށް ވެދާނެއެވެ. އަދި މާބޮޑަށް މީހަކު ރަނގަޅުވާ ނަމަ ދުވަސްކޮޅަކު އެ މީހަކާއި އެކުވެރިކަން ބާއްވާށެވެ. މާބޮޑަށް މާ އަވަހަށް ހެޔޮވާނަމަ އެއީ ކަމެއް ބޭނުންވުމުން ކުރާ ކަމަކަށް ވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޟަ

    ވާން ނުޖެހޭ**🤦🤦

    1
    1
    • ވަގުތު ލަވަރ

      ސޯ އިލަޓްރޭޓް ދިސް ޕީޕަލް އައި ޓެލް ޔޫ