ބޮލީވުޑްގެ މަޝްހޫރު އެތައް ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ ފިލްމީ ތަރި ޝިލްޕާ ޝެޓީ ގެ ކައިވެންޏަށް 11 އަހަރު ފުރިއްޖެ އެވެ. ޝިލްޕަ ޝެޓީ އާއި ރާޖް ކުންދްރާގެ ކައިވެންޏަށް 11 އަހަރު ފުރުމުގެ އުފަލުގައި ޝިލްޕާގެ ޓުވިޓާއަށް ވަނީ ފިރިމީހާ އާއި އެކު ފޮޓޯ އެއްވެސް ލާފަ އެވެ. ފިލްޓާއެއް ނުލައި ނަގާފައިވާ ފޮޓޯއެއްކަން ހާމަކޮށް ޝިލްޕާ ބުނީ އަދިވެސް އޭނާގެ ލޯ ހުރީ ފިރިމީހާ އަށް ކަމަށާއި އެއީ ބަދަލުވި ކަމެއް ނޫންކަމަށް އޭނާ ބުންޏެވެ.

ރާޖް ކުންދްރާވެސް ވަނީ ޓުވިޓާގައި ޝިލްޕާ އަށް ކައިވެނީގެ 11 ވަނަ މުނާސަބަތުގެ ތަހުނިޔާ ކިޔާފަ އެވެ. އޭނާ ބުނީ ޝިލްޕާ ދެކެ ވަރަށް ލޯބިވާ ކަމަށާއި އަބަދުވެސް ލޯބިވާނޭ ޝިލްޕާ ދެކެ ކަމަށެވެ. މަރުވަންދެން ވެސް ޝިލްޕާ ދެކެ ލޯބިވާނެ ކަމަށް ރާޖް ބުނެފައި ވެއެވެ.

ފޮޓޯ: ޝިލްޕާގެ ޓުވިޓާ

ޝިލްޕާ އާއި ވިޔަފާރިވެރިޔާ ރާޖް ކުންދްރާ ކައިވެނިކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުގައި އެވެ. ދެމީހުންނަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކުވެސް ލިބިފައިވާއިރު ޝިލްޕާ އާއި ރާޖް އަކީ މީސްމީޑިޔާގައިވެސް ގިނަ ބަޔަކު ލޯބިކުރާ ޖޯޑެކެވެ.

އުމުރުން 45 އަހަރުގެ ޝިލްޕާގެ ފުރިހަމަ ނަމަކީ ޝިލްޕާ ޝެޓީ ކުންދްރާ އެވެ. ފިލްމު ކުޅުމުގެ އިތުރުން އޭނާ އަކީ ފިލްމު ޕްރޮޑިއުސްކޮށް، ޑާންސްކޮށް، ފޮތް ލިޔުމުގެ އިތުރުން ވިޔާފާރިވެރިއެކެވެ. ކުރީގައި މޮޑެލް ދާއިރާގައި ވެސް އުޅެފައިވާ ޝިލްޕާ ޝެޓީ ފުރަތަމަ ފެނިގެން ގޮސްފައި ވަނީ ފިލްމު ބާޒީގަރް އިންނެވެ. އެ ފިލްމުގައި ޝިލްޕާ ދެއްކި އެކްޓިން ގައި އޭނާ އަށް ގިނަ އެވޯޑު ތަކެއްވެސް ލިބިފައި ވެއެވެ. އަދި މިއަދާއި ހަމައަށްވެސް ވަރަށް ގިނަ ބަޔަކު އެ ފިލްމު ބެލުމަށް ޝައުގުވެރިކަން ހުންނަކަން ފާހަގަ ވެއެވެ.

ޝިލްޕާ މިހާތަނަށް ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ދަޅުކަން، ރިޝްތޭ، ގަރްވް، ދަސް، ޕިރް މިލޭގީ، ފަދަ ފިލްމުތައް ހިމެނެ އެވެ. ޝިލްޕާ އެންމެ ފުރަތަމަ ކުޅުނު ފިލްމު 'ބާޒީގަރް' ގައި އޭނާ އާއި އެކު ހަރަކާތްތެރިވެފައި ވަނީ ޝާހްރުކް ޚާން އާއި ކާޖޮލް އެވެ. މި ފިލްމަކީ 1993 ވަނަ އަހަރު ނިކުތް ފިލްމެކެވެ.

ކުރީ އަހަރުތަކުގައި ކައިވެނީގެ އެނިވާސަރީ ތަކަށް ޝިލްޕާ ދިވެހިރާއްޖެ އަށްވެސް އައިސްފައި ވެއެވެ. އަދި ރާއްޖޭގެ ރިސޯޓެއްގައި ހުރެ ރީތި ފޮޓޯތަކެއްވެސް ނަގާފައި ވެއެވެ. އަދި އެހެން ފަހަރުތަކުގައިވެސް ޗުއްޓީ ހޭދަކޮށްލުމަށް ޝިލްޕާ ރާއްޖެ އައިސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ޝިލްޕާ ޝެޓީއައް ހިތްކިޔާ މިންވަރަށް އެއްވެސް ބަދަލެއްނާދޭ.

  2. މުބީނު މާރނީ

    ޝިލްޕާ ޝެޓީ އަކީ އަމިއްލަ ބުރަމަސައްކަތުން ރީތީ ގެ ރާނީ އަކަށް ވީމީހެކެވެ. ކަސްރަތު ކުރުމާއި، ކެއުންބުޔުމުގެ ޒަރިއްޔާ އިންނެވެ. މެޑިޓޭޓް ކުރުމާއި ޔޯގާ އިންނެވެ. ވީމާ ހަންގަނޑުގެ އޮމާންކަމާއި ބުރުސޫރަ ރީތި ކުރުމާއި އިސްތަށިގަނޑުގެ ރީތި ކަމަކީ ގަދަ އަޅާ ބުރަ މަސައްކަތް ކޮށްފިނަމަ ކޮންމެ މީހަކަށް ވެސް ޙާސިލް ކުރެވިދާނޭ އެއްޗެއްކަން ޝިލްޕާ ވަނީ ސާބިތު ކޮށްދީފައެވެ. އެޒަމާނުގައި ޝިލްޕާ މިހާރުހާ ސާއްބަ، ރީތި މީހެއް ނޫނެވެ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޝިލްޕާ އެކަން ޙާސިލް ކުރީ ބުރަ މަސައްކަތުންނެވެ.