ގެއިން މަސްތުވާތަކެތި ފެނިގެން ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން (އެންސީބީ)ން ކުރި ސުވާލުތަކަށް ފަހު ހައްޔަރުކުރި ކޮމޭޑިއަން ބާރްތީ ސިންގ އާއި ފިރިމީހާ ހާޝް ލިމްބަޗިޔާ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އެއްބަސްވެއްޖެ އެވެ.

މަސްތުވާތަކެތި ބޭނުން ކުރުމާއި މަސްތުވާތަކެތި ގެންގުޅުނު މައްސަލާގައި ބާރްތީ ހައްޔަރުކޮށްފައި ވަނީ އިއްޔެ އެވެ. އޭނާގެ ފިރިމީހާ ހާޝް ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އެންސީބީއަށް ހާޒިރުކޮށް 15 ގަޑިއިރު ވަންދެން ސުވާލު ކުރުމަށްފަހު އެވެ.

މިހާރު އެ މީހުން ޑިސެމްބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަންގާފައެވެ

އެންސީބީން ބާރްތީ އާއި ހާޝް މުމްބާއީގައި ދިރިއުޅެމުންދާ ގެ ބަލާ ފާސްކޮށްފައި ވަނީ އިއްޔެ އެވެ.

އެންސީބީގެ އޮފިޝަލުން ބުނީ، އެގެއިން 86،5 ގްރާމްސް ކެނެބިސް ފެނިފައިވާ ކަމަށެވެ. އެއާއެކު އެ މީހުން ވަނީ ސުވާލު ކުރުމަށް އެންސީބީއަށް ހާޒިރުކޮށްފައެވެ.

އެންސީބީން ބުނީ، އެ މީހުންނާއި ސުވާލު ކުރުމަށް މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.

"އެ މީހުން އެއްބަސްވެފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ގަންޖާ ބޭނުން ކުރި ކަމަށް އެއްބަސްވެފައި". އެންސީބީން ބުނެފައި ވެއެވެ.

އެންޑީޓީވީގެ ރިޕޯޓްތަކުގައި އޮފިޝަލުންނާއި ހަވާލާދީ ބުނާގޮތުގައި، އެ ދެމަފިރިންގެ ގެއިން ފެނުނު މަސްތުވާތަކެތީގެ ސަބަބުން އެ މީހުންނަށް 10 އަހަރުގެ ޖަލު ހުކުމެއް އައިސްދާނެ އެވެ.

އެންސީބީން ބޮލީވުޑްގެ އެތެރޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ބަލަން ފަށާފައި ވަނީ މި އަހަރުގެ ޖޫން މަސް ތެރޭގައި މަރުވި އެކްޓަރ ސުުޝަންތް ސިންގ ރާޖްޕުތްގެ މަރުގެ ތަހުގީގުގެ ތެރެއިން ހޯދި މަސްތުވާތަކެއްޗާއި ވަޓްސްއެޕް މެސެޖްތަކަކަކާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލިބެއްޔާ

    ބައެއް ފިރިން އެބަ ތިބޭ އަންހެނުންގެ ޤައިދުން ސަލާމަތް ނުވެގެން..

    8
    1