ބިގް ބޮސް 6ގެ ބައިވެރިއެއް ކަމަށްވާ ސަނާ ޚާން ކައިވެނި ކޮށްފިއެވެ. ސަނާ ކައިވެނި ކޮށްފައިވަނީ ގުޖުރާތުގެ ރައްޔިތެއް ކަމަށްވާ މުފްތީ އަނަސްއާއެވެ. ސަނާ ކައިވެނި ކޮށްފައިވަނީ ހަމައެކަނި އާއިލާއާއި ރަހުމަތެރިންނާއެކުގައި ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ސަނާ ކައިވެނި ކުރި ޚަބަރު އާއްމުވެގެން ދިޔައީ މީސް މީޑިޔާގައި އޭނާގެ ކައިވެނީގެ ވީޑިއޯއެއް ދައުރުވާން ފެށުމުންނެވެ. މި ވީޑިއޯގައި ސަނާ ފެންނަނީ އޭނާގެ ކައިވެނީގެ ހުދު ކުލައިގެ ހެދުމުގައި އޭނާގެ ފިރިމީހާ މުފްތީގެ އަތުގައި ހިފައިގެން ސިޑިއަކުން ފައިބާ މަންޒަރެވެ.

ކައިވެނީގެ ހެދުމުގައި ހުރިއިރު ސަނާ ކިތައްމެހާ ވެސް ރީއްޗެވެ. ސަނާގެ ކައިވެނި ވެގެން ދިޔައީ ގިނަ ބަޔަކަށް ކުއްލި ސިހުމެއް ލިބުނު ކަމަކަށެވެ.

ސަނީ ޚާން ފިލުމު އިންޑަސްޓްރީއާއި ދުރަށް ދިޔަކަން އޭނާ ވަނީ ބުނެފައެވެ. އަދި ހެޔޮ އަމަލު ކުރުމުގައި ސާބިތުވެ ހުރުމަށް ނިންމި ކަމަށާއި ހެއްދެވި ފަރާތުން އަންގަވާފައިވާ ގޮތަށް އުޅެން ބޭނުންވާ ކަމަށެވެ. އިންޑަސްޓްރީއާއި ދުރަށް ގޮސް އެއްވެސް ފަރާތަކުން އޭނާއަށް އެއްވެސް މަސައްކަތެއް ހުށަނޭޅުމަށް ވެސް އޭނާ ބުނެފައިވެއެވެ.

އުމުރުން 33 އަހަރުގެ ސަނާއަކީ ކުރީގައި މޮޑެލް ކުރުމާއި ޑާންސް ކުރުމުގެ ދާއިރާގައި ފާހަގަ ކޮށްލެވިފައިވާ ފަންނާނެކެވެ. މީގެ އިތުރުން ސަނާ އޭނާގެ އެކްޓިންގެ ކެރިއަ ވެސް ފެށިއެވެ.

''ވަޖާ ތުމް ހޯ''، ''ޖެއި ހޯ''، ''ސްޕެޝަލް އޯޕީއެސް''، ''ޓޮއިލެޓް: އެކް ޕްރޭމް ޚަތާ'' ފަދަ ފިލުމު ތަކުގައި ސަނާ ވަނީ މަސައްކަތް ކޮށްފައެވެ. މީގެ އިތުރުން ބިގް ބޮސް 6 ގައި ވެސް ސަނީ ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެއްކަލަ ކޮއެ

    އެއްކަލަ ބުރުގާ އަޅައިފަ ހުންނަ ސަނާ ހާން އެފޮޓޯގަ އެހެރީ ބުރުގާ ނާޅާ. އެކަމު ބުރުގާ އަޅައިގެންނޯ އުޅެނީ 🤣🤣🤣

    27
    1
  2. Anonymous

    ކައިވެނީގެ ހުދު ހެދުމެއްލައިގެން ހުރި ވާހަކަ.......