އިންޑިޔާގެ ޖަންގައްޔަކުން މަޝްރޫމުގެ އައު ވައްތަރެއް ފެނިއްޖެ އެވެ.

''މަޝްރޫމު ޑޮކިޔުމެންޓޭޝަން ޕްރޮޖެކްޓް'' ކުރިއަށް ގެންދިޔަ ފަރާތަކުން ބުނެފައިވަނީ''ރޮރިޑޮމިސަސް ފެލޮސްޑޭކިޑިސް''ގެ ނަމުން ނަން ދެވިފައިވާ މި ބާވަތް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އޯގަސްޓް މަހުގެ ރެއެއްގައި ކާސީ ހިލްސްގެ މެގަލަޔާގެ މޯލިނޮންގެއިންނެވެ. އޭގެ ފަހުން މި ބާވަތުގެ މަޝްރޫމު ފެނިފައިވަނީ ހުޅަނގު ޖެއިންތިއާ ހިލްސްގެ ރެންގް ޝުރީއިންނެވެ.

މި ބާވަތުގެ މަޝްރޫމު ފެނުނު ގޮތް ކިޔައިދެމުން ސައިންޓިސްޓުން ބުނެފައިވަނީ މަޝްރޫމުތަކާއި ބެހޭގޮތުން ދިރާސާ ކުރުމަށް އިންޑިޔާއާއި ޗައިނާގެ ސައިންޓިސްޓުންގެ ޓީމެއް އައްސާމަށް ދެ ހަފުތާއަށް ދިޔުމުގެ ތެރޭގައި ތަފާތު އެތައް ވައްތަރެއްގެ މަޝްރޫމު ފެނުނު ކަމަށާއި މިތަނުން ބައެއް ބާވަތްތަކަކީ ސައިންޓިސްޓުންނަށް ވެސް އަލަށް ފެނުނު ބާވަތްތަކެއް ކަމަށެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ''އިލެކްޓްރިކް މަޝްރޫމް''ގެ ނަމުން ނަން ދީފައިވާ މި ބާވަތް ފެނުމުން ސައިންޓިސްޓުން ދެން ގޮސްފައިވަނީ ހުޅަނގު ޖެއިންތާ ހިލްއަށެވެ.

މި ޖަންގައްޔަށް އެެ ސައިންޓިސްޓުން ގެންގޮސްދީފައިވަނީ އެ ސަރަހައްދުގައި ދިރިއުޅޭ އާއްމު ރައްޔިތެކެވެ. މަޝްރޫމު ގަސްތަކާއި އަރާއި ހަމަވުމުން އެންމެންގެ ޓޯޗުގެ އަލިތައް ނިއްވާލުމުން މިނިޓެއްހާއިރު ފަހުން ފެނިގެން ދިޔައީ ފެހި ކުލައިގެ އައްޔަކުން މުޅި ތަން އަލިވެގެން ދިޔަ މަންޒަރެވެ. މަޝްރޫމުތައް ދިއްލިފައިވަނީ ފެހި ކުލައަކަށެވެ.

މި އަވަށުގެ ރައްޔިތުން މި ބާވަތުގެ މަޝްރޫމު ބޭނުން ކުރަނީ ރޭގަނޑުގެ އަނދިރީގައި ޖަންގަލި ފާހަގަ ކުރާ އައްޔެއްގެ ގޮތުގައެވެ.

މި ޓީމުގައި ބައިވެރިވި ސައިންޓިސްޓުން ބުނެފައިވާ ގޮތުގައި މި ބާވަތުގެ މަޝްރޫމު އެންމެ ފުރަތަމަ ފެނިފައިވަނީ އިންޑިޔާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުސަން

    އަނެއްކާ ބަޔޯލުމިނިސެންޓް މަޝްރޫމްއެއްތަ ތީ؟

    10
  2. މަޝްރޫމް ދާދާ

    https://www.youtube.com/watch?v=tOM6QJCK8Lg

    މިއީ 2015 ވަނަ އަހަރު ޑޮކިއުމެންޓްކޮށްފައިވާ ސޭމް މަޝްރޫމް.
    ތިއީ އަލަށް ފެނުނު އެއްޗެއް ނޫން،