އޮންލައިންކޮށް އޯޑަރު ކުރާ އެއްޗެހި އަމިއްލަ އަތަށް އަރާއިއިރު ބައެއް ފަހަރަށް ހީވެސް ނުކުރާ އެއްޗެހި ހުރެއެވެ. ބްރިޓިޝްގެ ދެމަފިރިއަކަށް ދިމާވީ ވެސް މިފަދަ ކަމެކެވެ.

މާރކް އާއި ގެމާ ސްމިތު ނަމަަކަށް ކިޔާ މި ދެމީން ކްރިސްމަސްއަށް ތައްޔާރުވުމުގެ ގޮތުން 32.99 ޕައުންޑުގެ އަގުހުރި ''ތްރީ ލައިޓް އަޕް ކްރިސްމަސް ބޮކްސް''އަށް އެމަޒޯމްއިން އޯޑަރު ކުރިއެވެ. އެ ތަކެތި އޯޑަރު ކުރުމުން ވަރަށް އަވަހަށް އެ ތަކެތި ލިބުނު ކަމަށް އެ މީހުން ބުންޏެވެ. ނަމަވެސް އެ ފޮށި ނުހުޅުވާ ދެ ދުވަސް ވަންދެން ބަހައްޓައިފައި ހުރިކަމަށް ''ސަން'' ރިޕޯޓްގައިވެއެވެ.

ޕާރުސަލް ގެނައިތާ ދެ ދުވަސްފަހުން ގެމާ އެ ހުޅުވައިލުމުން އޭނާ ބިރުން ފިއްކަނޑައިގެން ދާ ވަރުވިއެވެ. ޕާރުސަލް ތެރެއިން އޭނާއަށް ފެނުނީ 10 ސެންޓިމީޓަރުގެ ބޮޑު ފައިދިގު މަކުނެކެވެ.

''ޕާރުސަލް ހުޅުވާލުމަށް ފަހު އަހަރެންނަށް ވަރަށް ބާރަށް ހަޅޭލައިވައިގަނެފަ އެ ފޮށި އެއްލާލެވުނީ. އޭގެ ތެރޭގައި އިތުރު ފައިދިގު މަކުނެއް އޮތްކަމެއް ނުވަތަ ނޫން ކަމެއް ވެސް އަހަރެންނަކަށް ނޭނގޭ'' ގެމާ ބުނެފައިވެއެވެ.

ކުޑައިރުއްސުރެ ފައިދިގު މަކުނު ދކެ ބިރުގަންނަ ގެމާއަށް ޕާރުސަލް ތެރެއިން ފައިދިގު މަކުނެއް ފެނުމުން އޭނާގެ ފިރިމީހާ މާރކްއަށް ގުޅައި އެ ވާހަކަ ބުނި ކަމަށް މާރކް ބުނެފައިވެއެވެ.

ގެމާއަށް ކުރިމަތިވި އެންމެ ބިރުވެރިކަންތައް ވެއްޖެ ކަމަށް މާރކް އޮފީހުގައި މަސައްކަތު އުޅެނިކޮށް ގެމާ ގުޅައިފަ ބުންޏެވެ. ފަހުން މާރކްއަށް ވެސް އެ ފައިދިގު މަކުނު ފެނުމުން އަޖައިބުވި ކަމަށް ވެސް އޭނާ ބުންޏެވެ.

ފޭސްބުކުގައި މި މަކުނުގެ ފޮޓޯއެއް ހިއްސާކޮށް މާރކް ބުނެފައިވަނީ އެމަޒޯންއިން އައި ޕާރުސަލް ހުޅުވައިލުމުން އޭގެ ތެރެއިން ގެމާއަށް ފެނުނު މަކުނު ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙްމަދު

    ބްރިޓިޝްގެދެމަފިރިންބޯގޯސްލަލަލާ