އިންޑިޔާގައި އެސްޓްރޯނަޓްއެއް ކަމަށްބުނެ އެމީހުން ކުރިޔަށް ގެންދާ ތަޙްޤީޤަކަށް ބޭނުންވާ 156,000 ޔޫރޯ ވިޔަފާރި ގިނަ ވިޔަފާރިވެރިންގެ އަތުން ހޯދި ދެމީހެއް ހައްޔަރުކޮށްފިއެވެ.

އިންޑިޔާގެ ފުލުހުންނާއި ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ އުމުރުން 56 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކާ ގުޅިގެން އެމީހުން ކުރިޔަށް ގެންދާ ޖައްވީ ދިރާސާއަކަށް ބޭނުންވާ ރުފިޔާ ކަމަށްބުނެ ގިނަ އަދަދެއްގެ ރުފިޔާ އެކި ވިޔަފާރިވެރިންގެ އަތުން ހޯދާފައިވާ ކަމަށެވެ.

" ރައިސް ޕުލާ" ގެ ނަން ދީފައިވާ ޑިވައިސްއެއް ނާސާއަށް މީގެ ކުރިން ވިއްކާފައިވާ ކަމަށްބުނެ މިމީހުންވަނީ ވިޔަފާރިވެރިންގެ އަތުން ލާރި ހޯދާއިރު، އެމީހުންނަކީ ޖައްވީ އިދާރާއެއް ކަމަށްވާ ނާސާއަށް މަސައްކަތްކޮށްދޭ ބައެއް ކަމަށް ބުނެފައެވެ.

30 ވިޔަފާރި ވެރިއެއްގެ އަތުން 156,000 އަށްވުރެ ގިނަ ޔޫރޯ މިދެމީހުން އޮޅުވައިލާގެން ހޯދާފައިވާއިރު، އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ މިދެމީހުންނަކީ ކިޔަވައިގެންތިބި އިނގެރޭސި ބަހުން ރަނގަޅަށް ވާހަކަ ދައްކަން އެނގޭ މީހުން ކަމަށެވެ.

މީގެ ކުރިން ވަކި ވައްތަރެއްގެ ހަރުފައަކީ ސިއްޙީ އެކި އެކި ބައްޔައް ފަރުވާ އެއްކަމަށްބުނެ ބޮޑު އަގުގައި ހަރުފަ ވިއްކުމުގެ ކުށުގައިވެސް މިދެމީހުންވަނީ ހައްޔަރުކޮށްފައެވެ. މިމީހުން މިހާރު ތިބީ އިންޑިޔާ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު