އިންޑިއާގައި ވަޅުގަނޑެއްގެ ތެރޭގައި ތާށިވެފައި އޮތް އެތެެއް 14 ގަޑިއިިރަށްފަހު ކާމިޔާބުކަމާއި އެކު ސަލާމަތްކޮށްފިއެވެ.

"ޑެއިލީމެއިލް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓަމިލްނާޑޫގައެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި ގާތްގަނޑަކަށް 55 ފޫޓު ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް އެތް ސަލާމަތްކޮށްފައި ވަނީ އެ ސަރައްދުގައި ދިރިއުޅެމުން ދިޔަ އާންމުންނާއި، ކަމާބެހޭ އިދާރާތަކުން ގުޅިގެންނެވެ.

ވަޅުގަނޑަށް އެ އެތް ވެއްޓުމާއި ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު އެ މަންޒަރު ބެލުމަށް އެއްވިއެެވެ. އެތް ސަލާމަތްކުރުމަށް ކެރޭނެއް ބޭނުންކޮށްގެން 50 މީހުން ވަނީ މަސައްކަތް ކޮށްފައި ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އެތް ވަޅުގަނޑަށް ވެއްޓިފައި އޮތްކަން އެނގިފައި ވަނީ، އޭތި ރޯ އަޑު އިވުމުން އެ ސަރަހައްދުގައި އުޅުނު ދަނޑުވެރިއަކު ހޯދުމުން ކަމަށް ވެއެވެ.

މި އެތަކީ ގާތްގަނޑަކަށް 25 އަހަރުވެފައިވާ ބިޔަ އެތެއް ކަމަށާއި، އެތް ނެގުމަށް ވަޅުގައި ހުރި ފެންވެސް ހުސްކޮށްފައިވާކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އެތް ވަޅުގަނޑުން ނެގި އިރު އެއްވެެސް ގެއްލުމެއް ލިބިފައެެއް ނުވެއެވެ. އަދި އެ އެތުގެ ހާލު ރަނގަޅު ކަަމަށް އެ ނޫހުން އިންޑިއާގެ ނޫސްތަކާއި ހަވާލާދީ ވަނީ ރިޕޯޓުކޮށްފައެވެ،.

އެތައް އެއްވެސް ގެއްލުމެއް ނުވާނޭހެން އެ ވަޅުގަނޑުން ނެގުމަށް ދެ އެކްސްކޮވޭޓަރާއި، ޓްރަކު އަދި ކެރޭނެއް ވަނީ ބޭނުންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ . ޖ . އ

    ސަޅި

  2. ރެފްރީ

    މިޚަބަރު ކީއްވެގެންބާ ކުއްލިޚަބަރެއްގެގޮތުގަނުޖެހީ ؟