ބޮލީވުޑްގެ ގިނަ މަޝްހޫރު ތަރިންތަކެއް މި ވަނީ ދާދި ފަހުން ރާއްޖެ އައިސްފައެވެ. އޭގެ ތެރޭގައި ތަޕްސީ ޕަންނޫ އާއި ވަރުން ދަވަން އައި ޓައިގާ ޝްރޮވް އާއި ކެޓްރީނާ ކައިފް ހިމެނެއެވެ. އެންމެ ފަހުން ރާއްޖެ އައި ބޮލީވުޑްގެ ތަރިއަކަށް ވެފައި މި ވަނީ ރާއްޖެ ދެކެ އެންމެ ލޯބިވާ ސޮނަކްޝީ ސިންހާ އެވެ. އޭނާ މި ވަނީ ރާއްޖެ އައިކަން ހާމަކޮށް ފޮޓޯއެއް އިންސްޓަގްރާމްކޮށްފައެވެ.

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އައި ސޮނަކްޝީ ރާއްޖެ އައިސް ރާއްޖޭގެ ރިސޯޓެއްގެ ގޮނޑުދޮށުގައި އޮވެ ނަގާފައިވާ ފޮޓޯއެއް އޭނާ މި ވަނީ ހިއްސާކޮށްފައެވެ. އެ ފޮޓޯއަށް އެތައް ބައެއްގެ ސަމާލުކަންވެސް މި ވަނީ ލިބިގެން ގޮސްފައެވެ.

އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ގްރޭންޑްޕާކް ކޮއްދިޕަރުގައެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

ސޮނަކްޝީ ބޮލީވުޑްގައި 10 އަހަރު ހޭދަކުރުން މި އަހަރު ވަނީ ފާހަގަކޮށްފައެވެ. އޭނާ ވަނީ އެކަން ހާމަކޮށް އިންސްޓަގްރާމްގައި ދިގު ނޯޓެއްވެސް ހިއްސާކޮށްފައެވެ. އެ ނޯޓުގައި އޭނާ ވަނީ ދާއިރާގައި ހޭދަކުރެވުނު ދުވަސްތަކުގައި ލިބުނު އެއްބާރުލުމަށް ޝުކުރުއަދާކޮށްފައެެވެ.

ޝޮނަކްޝީ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ދަބަންގް 3އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނެ ކަމަށް ބެލެވެނީ ބުޖް-ދަ ޕްރައިޑް އޮފް އިންޑިއާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އ . ޖ . އ

    ދިވެއްސަކަށްވެ ހުރެ މި ސުރުހީ ލިޔަން ކަލޭގެ ލަދު ކޮބާތަ.. ހަމަ ޖައި ހިންދް ކިޔަނީ ދޯ ކަލޭ ވެސް

    6
    1
  2. މުބީނު މާރނީ

    ސަތުރުގަން ސިންހާ (ސޮނާކްޝީ ގެ ބައްޕަ) އަކީ ރާއްޖެއިން ބެހިގެން އިންޑިއާ އަށް ދިޔަ ދޯންޏެއް ނުވަތަ ބޯޓެއް ގައި ހުރި ދިވެއްސެއްގެ ދަރިއެކޭ ތުންތުން މަތިން ކިޔާ އަޑު އިވޭ. މިއީ ތެދެއް ކަމަށް ވަންޏާ، ސޮނާކްޝީ ގެ ވެސް ދިވެހި ލޭ ހުންނާނެ ތާ .

    11
  3. ޗަސްބެ / ނިލަންދޫ

    މަގޭ ހިތަކަށް ކެތެއް ނުވާނެ.....ކަރަންޓީންވާން ޖެހުނަސް އެބަޖެހޭ މާލެ ގޮސް މި މަންޖެ ހުރި ރިސޯޓަށް ދާން....މަގޭ ހިތުގެ ވިންދޭ ސޮނަކްޝީ ތީ......