ޖަނަވާރުން ދައްކާ ވާހަކަ އިންސާނުންނަށް ދެނެގަނެވޭނަމަ ނުވަތަ އެ ވާހަކަތައް އެނގޭނަމަ އެކަން ވާނީ ޔަގީނުން ވެސް އަޖައިބަކަށެވެ. ނަމަވެސް މިކަމަކީ ވެސް ޓެކްނޮލޮޖީގެ އެހީގައި ވެދާނެ ކަމެއްކަން ކުރީގެ އެމަޒޯންގެ ވޮއިސް ވޮއިސް އެސިސްޓެންޓް އެލެކްސާގެ އިންޖިނިއަރ ޖެވިއަ ސެންޗެޒް މިވަނީ ހާމަކޮށްދީފައެވެ.

އޭނާ މި ވަނީ ބުޅާ ދައްކާ ވާހަކަ އެނގޭނެ ފަދަ އެޕެއް ތައާރަފްކޮށްފައެވެ.

''މިއާއޮ ޓޯކް''ގެ ނަމުން ނަން ދެވިފައިވާ މި އެޕްލިކޭޝަނުން ބުޅާ ދައްކާ ވާހަކަ ނުވަތަ އަޑުތައް އިނގިރޭސި ބަހަށް ތަރުޖަމާ ކޮށްދޭނެ ކަމަށާއި އަދި ބުޅާ ލައްވާ އަޑުތަކުގެ ތެރެއިން 13 އަޑެއްގެ މާނަ މި އެޕްލިކޭޝަނުން ކޮށްދޭނެ ކަމަށް އެޕްލިކޭޝަން ތައްޔާރު ކުރި ޓީމުން ބުނެފައިވެއެވެ.

ބުޅާ ބަނޑުހައިވުމާއި، ހިތްހަމަ ނުޖެހުމާއި، ރުޅިގަދަވުމާއި އަދި ލޯބިވުން ފަދަ ކަންތައްތައް މި އެޕްލިކޭޝަން މެދުވެރިކޮށް ދެނެގަނެވޭނެ ކަމަށް ޓީމުން ބުނެފައިވެއެވެ.

މި އެޕްލިކޭޝަނަކީ ބުޅަލުގެ އަޑުތައް އިންސާނުން ވާހަކަދައްކާ ގޮތަށް ތަރުޖަމާ ކުރުމުގެ ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާ ކަމަށް ޖެވިއަ ބުނެފައިވެއެވެ.

މި އެޕްލިކޭޝަންގެ މެދުވެރިކޮށް ބުޅާ ގެންގުޅޭ މީހުންނަށް ބުޅާ ބުނަން ބޭނުންވާ އެއްޗެއް ދޭހަވެ، ބުޅަލާއި އޭތި ގެންގުޅޭ މީހާއާއި ދެމެދު އޮންނަ ގުޅުން ވެސް ރަނގަޅު ވާނޭ ކަމަށް ޖެވިއަ ބުނެފައިވެއެވެ.

ގޫގުލް ޕްލޭ ސްޓޯރއާއި އެޕަލް އެޕް ސްޓޯރއިން މި އެޕްލިކޭޝަން މިހާރު ވެސް ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. ނަމަވެސް އަދި ވެސް ޓީމުން ދަނީ އިތުރު ފީޗާސްތައް ލުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް ''މިއާއޮ ޓޯކް'' އެޕްލިކޭޝަން އުފެއްދި ޓީމުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ޓެކްނޮލޮޖީއަކީ ތިކަހަލަ އެއްޗެއް! މީހަކު ދޭ ނަސޭހަތެއް އެއީ ގޮވާ އަވަގުރާނައެއްކަމަށް ހެދޭނެ އެޕެއްވެސް ހެދޭނެ ފެންވަރު ހުރި މީހުން ތިބޭ!

  2. އެމަންޖެ

    އަންނި ބުނާ އެއްޗެހި ތަރުޖަމާ ކުރަން މި އެޕް ހަބޭސްވާނެ.

  3. އަހުމަދުކަލޯ

    މީދަލަށް ޓްރަންސްލޭޓް ކޮއްދޭ އެޕެއް ނެއްތަ މަ މިއުޅެނީ އެސޮރުމެންގެ އުނދަގޫ ބޮޑުވެން މަ ބުނަން ބޭނުމީ ކަލޯމެންނަށް މަ ވަކިން ކާން ބަހަށްޓާނަމޭ މަގޭ ކާއެތިކޮޅު ނުކާށޭ

    • އިމް

      😁

  4. ބްލޯކް

    އިޓްސް ނޯޓް ޖެވިޔަ. އިޓްސް ހަވިޔަރ. ގޯއަޑް މޭން