ކުރީގެ މަޝްހޫރު އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީޕީއެސްއެސް) މަދަރުސާ އަލުން ހުޅުވައި ތަޢުލީމު އުނގަންނައިދުމުގެ ހިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވައިފިއެވެ.

އީޕީއެސްއެސް އިން ތައުލީމް ހާސިލުކުރި ދަރިވަރުންތަކެއް އިސްނަގައިގެން "އީޕީއެސް ހަނދާން" ގެ ނަމުގައި ތައްޔާރުކުރި މަޖައްލާގެ ކޮޕީއެއް އިއްޔެ ވަނީ ރައީސް އަށް ހަދިޔާކުރައްވާފައެވެ.

އެ މަޖައްލާ ރައީސްގެ އަތްޕުޅަށް އަރުވާފައިވަނީ އީ.ޕީ.އެސް. ފައުންޑޭޝަންގެ ރައީސް އަޙްމަދު ޙަމްޒާއެވެ.

އެ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އެ މަނިކުފާނަށް "އީ.ޕީ.އެސް. ހަނދާން" މަޖައްލާގެ ކޮޕީއެއް ހަދިޔާކުރެއްވީތީ ޝުކުރު އަދާކުރައްވައި، އެ މަދަރުސާގެ ހަނދާންތައް އައުކުރުމަށާއި، އެ މަދަރުސާ އަލުން ހުޅުވައި ތަޢުލީމު އުނގަންނައިދުމުގެ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އީޕީއެސް ފައުންޑޭޝަންގެ އިސްވެރިން ވަނީ، އެ މަދަރުސާ އަލުން ހުޅުވުމަށް ކުރަމުންދާ މަސައްކަތުގައި ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ރައީސް އާ ހިއްސާ ކުރައްވާފައެވެ.

އެ ސްކޫލް އުފެއްދިތާ މިހާރު ވަނީ 50 އަހަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކެނެރީ

    ހަޒާނާ ހުސްކޮށްލާ

    18
    3
  2. ހަމްޒާ ހަނދާން އެބަހުރިތަ؟

    އެއީ، ގްރޭޑް 6 ނޫނީ 7 ގެ ކްލާހެކެވެ. ދިވެހި ގަޑީގައި ދިވެހި ޓީޗަރު ސަޢުދު، ފިލާވަޅު ބުނެދެއްވުމުގެ ތެރޭގައި ބުނުއްވީ (މިސާލަކަށް: ގިފިލި ފާރުމައްޗަށް އަރާ، ބެލިއިރު ހުރީ ކިހިނެއް) އެއީ އަސްލު ކުރި ސުވާލެއް ނޫނެވެ. ކިޔަވައި ދެއްވުމުގެ ތެރޭގައި ބުނުއްވި މިސާލީ ޖުމްލައެކެވެ. އެވަގުތު ހަމްޒާ ދިން ޖަވާބު ހަނދާން އެބަހުރި ހެއްޔެވެ؟ މަ މަރުދުވަހާ ޖެހެންދެންވެސް، ހަނދާނެއް ނުނެތޭނެ އެވެ. މިހާރު ވެސް ހިތަށް އެރިޔަސް ހީހީ ހަލާކުވާވަރު ވެއެވެ.

  3. ޛަަަގސޖސޖ

    ކޮބާ އެމްއީއެސްއަށް ދެއްވާ އެހީ

    6
    2
  4. ތަޚާނުގެ ޢަލިދީދީ

    ދެން އިބުރާއަށް ދޭންޖެހޭބައަށް ކިހިނެއްހަދަނީ؟ ހަމަ ދެނީތަ؟

    5
    1
    • ހުސޭނުބޭ

      1000 ގުނަ ބޮޑުކޮށްލާފައި ދޭނީ! ތިކަން ކުރިއްޔާ އެ ކުރަނީ އިބުރާއަށް އެއްޗެތިތަކެއް ދޭން ދުރާލާ ރާވައިގެން!

  5. ޕީޕީ

    ސުކޫލު ތައް މަދީ އަދިވެސް... އީޕީއެސް ބަންދުކުރި އިރުވެސް ހުރީ އެންމެ ފުރަތަމަ ފެށި އިރުގެ ފެންވަރުގަނަމަ ރަނގަޅު... އެދުވަހު މިމީހުން ސުކޫލުގެ ފެންވަރު ރަގަޅުކޮށް ހިންގަން ނުނިކުތީ ކީއްވެބާ... މިއަދު ކުރާނެ އެހެން ކަމެއް ނެތިގެން ބެލެނިވެރިން އަތުން ގިނަ ރުފިޔާ ލިބެެޭނެ ގޮތެއް ބަލަނީ...

  6. ތްރީފޯސިކްސްޓޫ

    މަށަކީވެސް އީޕީއެސްގެ މުސްކުޅި ދަރިވަރެއް. ޕްރިންސިޕަލް މަރްޙޫމް ޙަސަން މާހިރުގެ ހިންގުންތެރިކަމާއި ޕަރަމަލިންގަމް ސަރ އާއި ސޯދުބެ އާއި ސަޢީދާ މިސް އާއި އައިމިނަތު އަލިދީދީ މިސް އާއި ސައުދު ސަރ ޖައުފަރު ސަރ މީމު ޒަވިޔަނި މިއީ މިހާރުވެސް ހަނދާން ނައްތާނުލެވޭނެ އޭރުގެ ފުންނާބު އުސް ލޯބިވާ ޓީޗަރުން. އޭރުގެ މަޝްހޫރު ދަރިވަރުން ޢަލީ ރަމީޒު، ހަމްޒާ، މަރްހޫމް ޢަލީ ނިޔާޒު، އުޝާމަތު، އައަޑޫ ޖައްލޭ، މައުމޫން، މިތިބީ އޭރުގެ ސްކޫލްގެ ތަރިން. ޖަމިއަޔާއެއް ހަދައިގެން އުޅޭއިރު މި މީސްމީހުން ކޮބައިބާ؟

    1
    1
  7. އާދަމުގެދަރި

    އަނެއްކާވެސް އަނެއް ބަޔަކު އަނެއްގޮތަކަށް އެހެން ނަމެއްގައި ދައުލަތުގެ ބިމަކާއި ފައިސާތަކެއް ފޭރިގަންނަނީ.