ބޮލީވުޑުގެ އެންމެ ނުފޫޒުގަދަ ތިން ތަރިންކަމަށްވާ ސަލްމާން ޚާނާއި، ރިތިކް ރޯޝަންއާއި އަދި ޝާހުރުކް ޚާން އެއް ފިލުމަކުން ފެނިދާނެ ކަމުގެ އިޝާރާތެއް ދީފިއެވެ. މި ތިން ތަރިން އެއް ފިލުމަކުން ފެނިއްޖެ ނަމަ މި ފިލުމުވާނީ ބޮލީވުޑުގައި ފާހަގަ ކޮށްލެވޭ ފިލުމަކަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ފިލުމު ނުކުޅެ ހުރުމަށްފަހު ޝާހު ވަނީ ފިލުމު ''ޕަތަން''ގެ މަސައްކަތް ވަރަށް ފަހުން ފަށައިފައެވެ. ދީޕިކާ ޕާޑުކޯންއާއި ޖޯން އަބުރަހަމްއާއިއެކު ޝާހު ކުޅޭ މި ފިލުމަކީ އެކްޝަން ތުރިލާ ފިލުމެކެވެ.

ސަލްމާން ޚާންގެ އެކްޝަން ތުރިލާ ފިލުމެއް ކަމަށްވާ ޓައިގަރ ފިލުމު ސީކުއަލްގެ ތިންވަނަ ބައިގައި ހާއްސަ ފެނިލުމެއްގެ ގޮތުގައި ޝާހުރުކް ޚާން ފެނިގެންދާނީ ޕަތަންގެ ކެރެކްޓާއިންނެވެ. މި ކަމުގެ ބަދަލުގައި ސަލްމާން ޚާން ވެސް ޝާހުރުކް ޚާންގެ ''ޕަތަން'' އިން ''ޓައިގަރ''ގެ ކެރެކްޓަރއިން ހާއްސަ ފެނިލުމެއްގައި ފެނިގެންދާނެ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ސަލްމާން ޚާނާއި ޝާހުރުކް ޚާން މި ދެ ފިލުމުން ވެސް ހާއްސަ ފެނިލުމެއްގެ ގޮތުގައި ފެނިއްޖެ ނަމަ ''ޓައިގަރ'' އާއި ''ޕަތަން'' ދެން ފެނިގެންދާނީ ރިތިކް ރޯޝަންގެ އެކްޝަން ތުރިލާ ފިލުމު ސީކުއަލް ''ވަރ''ގެ ދެވަނަ ބައިންނެވެ.

ބޮލީވުޑުގެ އެންމެ އަލިގަދަ ތިން ތަރިން އެއް ފިލުމަކުން ފެނިގެން ދިޔުމަކީ ގިނަ ބަޔަކު ބަލާހިތްވާނެ އަދި އެ ކަމަކަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާނެ ކަމެއްކަން ޔަގީނެވެ.

ސަލްމާން ޚާންގެ ''ޓައިގަރ 3''ގެ ޝޫޓުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. އަދި ޝާހުރުކް ޚާންގެ ''ޕަތަން''ގެ ޝޫޓިން މިހާރު ފެށިގެން ކުރިއަށް ދަނީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރިފާއު

    ސަލްމާނާ ޝާހު އަށް 55 އަހަރު! ދެން ކޮން ކަމެއް މީ! އާ ޒުވާނުން ނަށް ޖާގަ ދީފަ ތަންކޮޅެއް ހަރު ބައި ކުޅެން ފެނޭ! އަމީތާބު މުހައްބަތޭން ކުޅުނު އިރު 55! އޭގަ އޭނަ ކުޅުނީ ހިތާމަ ވެރި ޕުރިންސިޕަލް އެއް ގެ ރޯލް އަދި ބަފައެއް ގެ ދައުރު އަދާ ކުޜީ! އަނެއް ހެން މާ މުސްކުޅި ވެގެނެއް ނުން އެ ބައި އޭނަ ކުޅުނީކީ! އޭ 1999، އޭގެ ފަހުން 2003 ގަ ކުޅުނު ބާއުބާން އިން ވެސް އަމީތާބު މުސްކުޅިއެއްނުން ސަލްމާނު މެން މިހާރު ޖަހާ ވައްތަރަކަށް ވުރެން އެކަމް އޭގަ ވެސް އެއީ ބައްޕަ އެއް! ހަގީގީ ސުޕަރސްޓާރުން ނަކީ އަމީތާބު ކަހަލަ ކެރޭ މީހުން! އބަދު ޅަ ހެދިފަ ޝާހުމެން!

    5
    3