އިންޑިއާގެ ޗެންނާއަށް ނިސްބަތްވާ އަންހެނަކު، އޭނާގެ ގޭގައި އިން ހޮނިހޮރެއްގައި އަލިފާން ރޯކޮށްލަން އުޅުމުގެ ތެރޭގައި އަމިއްލަ ގައިގައި އަލިފާން ރޯވެ، ފިހިގެން މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ޓަމިލް ނެޑޫ އަމިންޖިކަރަޖްގެ ޕުރަމާލް ކޮއިލް މަގުގައި ހުރި ގެއެއްގައެވެ.

އެސް ސަންގީތާ ނަމަަކަށް ކިޔާ އެ އަންހެން މިހާ އާއި އޭނާ މަންމަ މަސައްކަތް ކުރަމުން ދިޔައީ ގޭގައި ހުރި ހިނި ހޮރެއްގައި އަލިފާން ރޯކޮށްލުމަށެވެ.

ދެ މީހުން މަސައްކަތްކޮށްފައި ވަނީ، އެ ހޮރު ތެރެއަށް ކަރާސިން އަޅައިގެން ރޯކޮށްލުމަށެވެ.

އެގޮތުން ސަންގީތާ ކަރާސިން ފުޅި ހިފައިގެން އުޅެނިކޮށް، އެކި ކޮޅު ކޮޅަށް ހިނިތައް ދުވަން ފެށީ ކަމަށާއި، ބައެއް ހިނިތައް އޭނާގެ ފަޔަށްވެސް އެރި އެވެ. އަދި އޭނާ ފައި ތަޅުވާލި ގަޑީގައި އޭނާގެ ފަޔަށް ކަރާސީން އެޅި، އަލިފާން ރޯވިއެވެ.

ސަންގީތާގެ މަންމަ އޭނާގެ ގައިން އަލިފާން ނިއްވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި، އަނިޔާވި އެވެ. އަދި ދެމައިން ރޯއަަޑަށް އެތަނަަށް އައި، ސަންގީތާގެ ބައްޕަ އެވެ. އަދި ސަންގީތާގެ ބައްޕަ ވަނީ އޭނާގެ ގައިގައި އަލިފާންގަނޑު ނިއްވާލާފައެވެ.

އޭނާގެ ހަށިގަނޑުގެ 90 އިންސައްތަ ވަނީ އަދާފައެވެ. އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. އޭނާ މަރުވީ ހޮސްޕިޓަލްފައި ފަރުވާދެމުން ދަނިކޮށް އާދީއްތަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ؟

    ހިންޏަކީ މިސާލެކޭ،
    ހިންޏަކީ މިސާލެކޭ،
    ގިންޏަށާއި، ފިންޏަށާއި
    ހިންޏަކީ މިސާލެކޭ،

    39
    5
  2. ﷲގެ އަޅާ

    ދިރޭ ތަކެއްޗަށް އަލިފާނުން އަނިޔާ ދީ މެރު މަކީ ވަރަށް ސުންޕާ ކަ މެއް. ކުރަން ހެޔޮވާ ވަރުގެ ނުބައި ކަ މެއް ނޫން.

    10