ކޮވިޑް-19 ޓެސްޓް ކުރާ ވީޑިއޯތައް މީސް މީޑިއާގައި އާއްމު ނުކުރުމަށް ބޮލީވުޑުގެ ފަންނާނުންނަށް، ބޮލީވުޑުގެ ފިލުމުތަކުގައި ހެއްވާ މަޖާ ރޯލުތައް ކުޅުމުން މަޝްހޫރުވެފައިވާ ކޮމެޑިއަން އެކްޓަރ ވީރު ދާސް ގޮވައިލައިފިއެވެ. އޭނާ މިގޮތަށް ގޮވާލާފައި ވަނީ މީސް މީޑިއާ އެކައުންޓުގައެވެ.

އޭނާ ބުނީ، ކޮވިޑް-19 ޓެސްޓް ކުރާ ވީޑިއޯތައް އާއްމުކޮށްގެން އެ ކުރެވެނީ އެއްވެސް ފައިދާ ހުރި ކަމެއް ނޫން ކަމަށާއި 30 ޑިގްރީއަށް ބޯ ލަންބާލައިގެން ކިބިހި ނާޅާ ހުރެ ތި ކުރާ ޓެސްޓްތަކުގެ ވީޑިއޯ އާއްމު ކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ.

މިކަމާއި ގުޅިގެން އިތުރަށް ވީރު ބުނެފައިވަނީ ކޮވިޑް-19ގެ ޓެސްޓް ހަދައި ވީޑިއޯތައް މީސް މީޑިއާއިން ބަލައިތާ މަސްތަކެއް ވެއްޖެ ކަމަށެވެ. ޕީޕީއީ ކިޓްގައި ޓެސްޓް ކުރެވޭ ފަރާތާއި އެއް ފޫޓު ދުރުގައި ހުރެގެން ޓެސްޓް ކުރާ ފަރާތަކީ ކޮންމެ ދުވަހަކު ވެސް އެތައް ބައެއް ޓެސްޓްކޮށް ހަދައި މީހުން ކަމަށާއި، ކޮވިޑް-19 ޓެސްޓްގެ އުދަނގޫ އެމީހުންނަށް މާ ބޮޑަށް ކުރާނެ ކަމަށް ވެސް ވީރު ބުނެފައިވެއެވެ.

އަދި ކޮވިޑް-19 ޓެސްޓް ހަދައި އެހެން ފަރާތްތަކަށް ވެސް ކުރިމަތިވާ އުދަނގޫތައް ދެނެގަނެ އެކަމަށް އިހުތިރާމް ކުރުމަށް ވެސް ވީރުގެ އިންސްޓަގުރާމުގައި އޭނާ ބުނެފައިވެއެވެ.

ބޮލީވުޑުގެ ބައެއް ފަންނާނުން ވަނީ ކޮވިޑް-19 ޓެސްޓް ކުރާ ވީޑިއޯތަކާއި ފޮޓޯތައް އާއްމުކޮށްފައެވެ. އޭގެތެރޭގައި ޕްރިތީ ޒިންޓާ، ވަރުން ދަވަން، ކެޓްރީނާ ކައިފް ފަދަ ފަންނާނުން ހިމެނެއެވެ.

ވީރު ދާސްގެ ފިލްމީ މަސައްކަތަށް ބަލާއިރު އޭނާ ވަނީ ''ގޯ ގޯއާ ގޯން''، ''ޑެއްލީ ބެއްލީ''، ''ބަދްމާޝް ކޮމްޕެނީ''، ''ލަވް އާޖު ކަލް'' ފަދަ ފިލުމުތަކުގައި މަސައްކަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު