މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ބަޔަކު ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ ޒޯނަލް ޑައިރެކްޓަރ ސަމީރު ވެންކެޑޭއާއި އޭނާގެ ޓީމުގައި ހިމެނޭ އިތުރު ހަތަރު އޮފިޝަލަކަށް މުމްބާއީގެ ގުރެގާއޯން ސަރަހައްދުގައި ހަމަލާދީފިކަމަށް ރިޕޯޓްތަކުގައިވެއެވެ.

މި ހަމަލާ ދިން މީހުންގެ ތެރެއިން ތިން މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހުން ހައްޔަރު ކޮށްފައިވަނީ އޮފިޝަލުންނަށް ހަމަލާދިނުމުގެ ތުހުމަތުގައި ކަމަށް ރިޕޯޓްތަކުގައިވެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މި މީހުންނާއި ސަމީރުއާއި އޭނާގެ ގުރޫޕު ދިމާވެފައިވަނީ އެންސީބީއިން ކުރި ''ރެއިޑް''އެއްގައެވެ. ފަހުން އެ ފަރާތުން ވަނީ ފުލުހުންނަށް ހަމާލާދީ އަދި މަގުމަތީގައި ހަމަނުޖެހުން ހިންގަން ވެސް މަސައްކަތް ކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރެވިފައިވަނީ އުމުރުން 25 އަހަރުގެ ވިޕުލް އަގްރޭ، އުމުރުން 24 އަހަރުގެ ޔޫސުފު ޝެއިޚް، އަދި އުމުރުން 55 އަހަރުގެ އަބްދުލް ލަތީފް ޝެއިޚްއެވެ.

''މި ތިން މީހުން ހައްޔަރު ކުރެވިފައިވަނީ އެންސީބީގެ އޮފިޝަލުން ހުށަހެޅި މައްސަލައެއްގަ. މި މީހުންނާއި ގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަށާއި މި ކޭސް އިތުރަށް ތަހުގީގު ކުރުމަސް ވަނީ އިންވެސްޓިގޭޓިން އޮފިސަރުންނާއި ހަވާލު ކުރެވިފަ'' ޒޯން 11ގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ބުނެފައި ވެއެވެ.

އެންސީޕީގެ ސްޕްރިންޑެންޓް ބުނެފައި ވަނީ، ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އިރުއޮއްސި 6 ޖަހާކަށްހާއިރު ކެރީ މެންޑެސް ނަމަކަށް ކިޔާ މީހަކު އެންސީބީގެ އޮފިޝަލުން ހިފެހެއްޓުމުން ވިޕުލްއާއި ޔޫސުފު ވަނީ ހަމަނުޖެހުން ހިންގައިފައިކަމަށެވެ. ކެރީ ހިފެހެއްޓީ ކީއްވެތޯއާއި އޭނާ ގެންދަނީ ކޮންތާކަށްތޯ ސުވާލު ކުރި ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.

މި ހަމަނުޖެހުމުގައި އެންސީބީގެ ދެ އޮފިޝަލަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު