އިންޑިއާ އަކީ އާއްމުކޮށް ރެކޯޑް ފޮތުން ޖާގަ ހޯދުމުގައި ކުރީގައި އުޅޭ ބައެކެވެ. ތަފާތު އެކި އެކި ކަންކަމުގައި އިންޑިޔާ މީހުން ރެކޯޑް ހަދައެވެ. މިއީވެސް އެހާ ތަފާތު ކަމެކެވެ.

މުމްބާއިއަށް ނިސްބަތްވާ ޑިނޭޝް ޝިވްނަތް އުޕަދްޔާޔާ ނަމަކަށް ކިޔާ މީހަކު މި ވަނީ، ވަރަށް ފަހުން ޓޮމާޓޯ ކެޗަޕް ފުޅިއެއް 25.37 ސިކުންތުގައި ބޮއެ ރެކޯޑް ހަދާފައެވެ. އޭނާ އެ ސޯސް ބޯން ބޭނުން ކުރީ ހޮޅިއެކެވެ.

ގައިނެސް ރެކޯޑް އިން ޔޫޓިއުބްގައި އަޕްލޯޑް ކުރި އެ ވީޑިޔޯގައި ޑިނޭޝް ހޮޅިއެއް ބޭނުންކޮށްގެން 396 ގްރާމްގެ ޓޮމާޓޯ ސޯސްފުޅިއެއްގެ 95 އިންސައްތަ ވަނީ ހުސްކޮށްފައެވެ. މިކަމަށް އޭނާވެސް ބޭނުންކޮށްފައި ވަނީ ބިއްލޫރި ފުޅިއެވެ.

ޔޫޓިއުބްގައި މި މަހުގެ ނުވަ ވަނަ ދުވަހު އެ ވީޑިޔޯ ހިއްސާކުރިއިރު، 284000 މީހުން އެ ވީޑިޔޯ ވަނީ ބަލާފައެވެ. އަދި 3000 ވަރަކަށް މީހުން ވަނީ އެ ވީޑިޔޯ ޝެއާކޮށްފައެވެ.

ޑިނޭޝްއަކީ އެެ ރެކޯޑްގެ އިތުރުން އިތުރު ރެކޯޑްތައްވެސް ހަދާފައި ހުރީ މީހެކެވެ. އެގޮތުން ގްރޭޕް ފުްރުޓެއްގެ ބޭރު ތޮށި ނޮޅާލުމަށްފަހު އެންމެ އަވަހަށް ކައި ހުސްކުރާ މީހާގެ ރެކޯޑްވެސް އޮތީ އޭނާގެ އަތުގައެވެ. އެގޮތުން ގްރޭޕް ފްރުޓް އޭނާ ތިން މިނިޓް ތެރޭގައި ތޮށި ނޮޅައިގެން ކާލާއިރު، އޮރެންޖެއްގެ ތޮށި ނޮޅައިގެންވެސް ތިން މިނިޓް ތެރޭގައި އޭނާ ކާލަައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު

    ކޮބާ ވީޑިއޯ؟؟