އައިޝްވާރިޔާ ރާއީ އަކީ އިންޑިއާގެ ބޮލީވުޑްގެ އެންމެ އަލިގަދަ ތަރިއެވެ. ރީތީގެ ރާނީއެކެވެ. އޭނާއަށް ސަޕޯޓަރުންގެ ހިތުގައި އޮތް ލޯތްބަށް ކުޑަވެސް ހީނަރުކަމެއް ނާދެއެވެ. ފިލްމީ މަސައްކަތުން އައިޝްވާރިޔާ ފެންނަ މިންވަރު މަދުނަމަވެސް މީސް މީޑިއާގައި އައިޝްވާރިޔާ ކޮންމެ ހަރަކާތަކަށް ބަލަން އެތައް މިލިއަން ބަޔަކު އެބަތިއްބެވެ.

މީސް މީޑިއާއަށް އައިޝްވާރިޔާ ދޫކޮށްލާ ޗާލު ފޮޓޯތަކާއި ސެލްފީތައް ބަލައިގެން އަދިވެސް އެތައް ބަޔަކު ހިތްހަމަޖައްސާލައެވެ. ނަމަވެސް މިފަހަރު މިއޮތީ އައިޝްވާރިޔާ އާއްމުކުރި މިހާރުގެ ފޮޓޯއެއް ނޫނެވެ. މިއީ ފިލްމްފެއާ އިން އާއްމުކުރި އައިޝްވާރިޔާގެ ކުރީގެ ފޮޓޯއެކެވެ.

އައިޝްވާރިޔާގެ އެންމެ ޒުވާން ދުވަސްވަރު ނަގާފައިވާ މިފޮޓޯ އިން ފެންނަނީ ނިކަން ޗާލު ހިނިތުންވުމެއް ދީގެން އައިޝްވާރިޔާ ކެމެރާ އަށް ބަލަހައްޓައިގެން އިންނަ މަންޒަރެވެ. ފޮޓޯ އާއްމު ކުރުމާއިއެކު އައިޝްވާރިޔާ އަށް އާއްމުންގެ ހިތުގައި އޮތް ލޯބި އުތުރު އަރައިގެންފިއެވެ.

ގިނަ ބަޔަކު ވަނީ އައިޝްވާރިޔާ އާއި ގުޅިފައިވާ އެމީހުންގެ އުފާވެރި ހަނދާންތައް ހިއްސާކޮށްފައެވެ. އައިޝްވާރިޔާގެ ރީތިކަމުގެ ވާހަކައާއި އޭނާގެ ފިލްމުތަކާއި ލަވަތަކުން ލިބިފައިވާ ހިތްހަމަޖެހުމުގެ ވާހަކަތައް ގިނަ ބަޔަކު އަންނަނީ ދައްކަމުންނެވެ.

 

View this post on Instagram

 

A post shared by Filmfare (@filmfare)

އައިޝްވާރިޔާ މިހާރު ތައްޔާރުވަމުން ދަނީ ތާރީޚީ ޑްރާމާ "ޕޮނިޔަން ސެލްވަން" އިން އަނެއްކާވެސް ބެލުންތެރިންނާއި ބައްދަލު ކުރާށެވެ.