ރާޅުގަނޑުގެ" ދަށުން ހިންގާ ޕޮޕް ބޭންޑް ޕަރޭޒްގެ ފުރަތަމަ ލަވަ "ޖާދުވީ މާ"، މި ލަވައަކީ އެ ލަވައިގެ ފުރަތަމަ ފެނިލުމާއި އެކު އެތައް ބައެއްގެ ހިތްތައް ފަތަހަ ކުރި ހިތްގައިމު ލަވައެކެވެ. ޚާއްސަކޮށް ދިވެހި ލަވައަށް ލޯބި ކުރާ ގިނަ މީހުންނަކީ މަޑުމައިތިރި ލޯބީގެ ލަވަތަކަށް ލޯބި ކުރާ ބަޔަކަށް ވާއިރު މި ލަވައިން ފެންނަނީ މި ރަހަތަކެވެ.

އައްފާން - ފޮޓޯ މީސްމީޑިއާ

އައްފާން މުހައްމަދުގެ އަޑުން ކިޔާފައިވާ ލޯބީގެ އަސަރުގަދަ މި ލަވައަކީ ޕްލޭލިސްޓަށް ލާން އެންމެ ކަމުދާނެ ފަދަ ހިތްފަސޭހަ ލަވައެކެވެ. އައްފާންގެ ޖާޒުބީ އަޑުން ކިޔާފައިވާ މި ލަވައިގެ ޅެން ލިޔުމުގައި ޝާން ކޮށްފައިވާ މަސައްކަތްވެސް އެހާމެ ފުރިހަމައެވެ. ސާދާ ބަސްތަކަކުން އަތުރާލާފައިވާ މި ލަވަ އިވުމުން ޅެންވެރިޔާ ބުނެދޭން ބޭނުންވާ ވާހަކަތައް ކިތަންމެހާވެސް ރަނގަޅަކަށް އެނގެއެވެ.

މި ލަވައަށް މިހާރު 3 ލައްކަ އަށް ވުރެ ގިނަ ވިއުޒް ޔޫޓިއުބްގައި ލިބިފައި ވާއިރު މި ލަވަ ރިލީޒް ކުރީ 2018 ވަނަ އަހަރުގެ ކުރީކޮޅެވެ.

މި ލަަވައަށް 3 ލައްކަ ވިއުޒް ލިބުމުން ކުރެވޭ އިހުސާސްތަކާއި މެދު ސުވާލު ކުރުމުން ލަވަ ހުށަހަޅާދިން އައްފާން ބުނީ އެ ލަވަ އާއްމުންނަށް ކަމުދިއުމުން އުފާވާ ކަމަށެވެ.

https://youtu.be/g_oiCQCb0F4

"އަސްލު މީހުންނަށް ލަވަ ކަމުދިޔައީމަ އުފާވޭ. ލަވައަށް ޕޮޒިޓިވް ފީޑްބެކްސް ލިބުނީމަ." އޭނާ ބުންޏެވެ.

މި ލަވައިގެ ކާމިޔާބީގެ ފަހަތުގައި ވަނީ ޕަރޭޒްގެ މުޅި ޓީމްގެ ބުރަ މަސައްކަތްކަން ޔަޤީނެވެ. އާއްމުންނާއި ހަމައަށް ތަފާތު ރަހަތަށް ގެނެސްދޭ، ޕަރޭޒްގެ ފަރާތުން ދެން ވެސް އޮތީ އާއްމުންނަށް އުފާވެރި ޚަބަރެކެވެ. އެގޮތުން، ޕަރޭޒްގެ ހިންގުމާއި ހަވާލުވެ ހުރި ހަސަން އަފްޒަލް (ކަކޭޒް) ވަނީ ކުރިއަށް އޮތްތަނުގައި އިތުރު ހުށަހެޅުންތަކެއް އާއްމުންނާއި ހަމައަށް ގެންނަން މަސައްކަތް ކުރާކަން ހާމަކޮށްފައެވެ.

" ނެރޭނަން 3 ލަވައެއް. އެއީ އާއްމުންނަށް ބުނެލަން ބޭނުންވާ ވާހަކައަކީ. ތަފާތު ވާނެ." އޭނާ ބުންޏެވެ.

އައްފާން އާއި ޝާންގެ މަސައްކަތުން ލަވައަށް އިންސާފުކޮށްދީފައިވާކަމާއި މެދު ސުވާލެއް ނެތް އިރު، މި ލަވަ އިތުރަށް ފުރިހަމަކޮށްދެނީ ލަވައިގެ ވީޑިއޯއިންނެވެ. ލަވައިގެ ވީޑިއޯއިން ފެންނަ އަންހެން ފަންނާނަކީ މިހާރު ދެވަނަ ތަޢާރަފަކަށް ބޭނުން ނުވާނެ ފަދަ މަޤބޫލް ފަންނާނެކެވެ. އެއީ ދިވެހި މޮޑެލް ފާތިމަތު ޒަޔަން (ކައިޒީން) އެވެ. ލަވައިން ދެން ފެނިގެން ދަނީ ރާޅުގަނޑަށް ނިސްބަތްވާ ފަންނާނުންނެވެ.

ހައްމާދު ރަޝީދު (ހަންޕު) ޑައިރެކްޓް ކޮށްފައިވާ މި ލަވައިން ދައްކުވާ ދެނީ ރީތި އަންހެން ކުއްޖަކު ފެނި، އެކުއްޖާގެ ޖާދޫގައި ޖެހޭ ފިރިހެން ކުއްޖެއްގެ ވާހަކައެވެ. އެހެނަސް ހިއްވަރާއި އެކު އެ ކުއްޖާ އަށް ލޯބި ހުށަހެޅުމުން އޭނާއަކީ މީހެއްގެ އަތްބެއްކަން އެނގުމުން އެ ފިރިހެން ކުއްޖާގެ ހިތް ކުދި ކުދިވެއެވެ. ލޯބީގައި ލިބުނު ނާކާމިޔާބު އިތުރު ހިތްދަތިކަމެއް އޭނާ އަށް ލިބެނީ އެއީ ރަހުމަތްތެރިޔަކު އޭނާ އަށް ދިން ކެއްސެއްކަން އެނގޭ ހިސާބުންނެވެ.

މި ލަވައިގައި އެކުލެވޭ މެސެޖަކީ، "ތިމާ ބޭނުންވާހާ އެއްޗެއް ހޯދަން އުޅުމަކީ ބަދުނާމުވެ ލަދުގަންނަން ޖެހިދާނެ ކަމެއްކަން،" ކަމަށް ރާޅުގަނޑުން ވަނީ މީގެ ކުރިން ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފާތުން

    ލަވަ ކިޔާފަ އިންގޮތް ރީތި. އެކަމު ވީޑިއޯ ހަޑި. ތިސޮރުތަށް ކަމަކު ނުދޭ

    16
    1
  2. އިޝްފާ

    ލަވަ ކިޔާފަ އިން ގޮތް ހަޑި ޢެކަމަކު ވީޑިއޯ ވަރަށް ރީތި

    2
    9
  3. ނަޒާހަތު އިބްރާހިމް ރަޝީދު

    ހީ ޑިޒާވްް މޯ ހައިޕް. އޯއެމްޖީ. ސަޗްއަ ސޫތިން ވޮއިސް. އޮޓޯ ޓީއުން ނުކުރާއިރު އަޑު އަހާލަން ބޭނުން. އެ ސޮރު ވަައްތަރީ ޓީވީއިން ފެންނަ ސޮރަކާ. ހީވާ ގޮތްތަ އެއީ. އެހެންވީމަ ލައްކަ ހުނަރު އެބަހުރިތާ ދޯ.

  4. ނަޒާހަތު އިބްރާހިމް ރަޝީދު

    ތި ލިޔުންތެރިޔާ އަށް ޑައިރެކްޓަރަކީ ނެތް މީހެއް. އިއްތިފާގެއްބާ؟ ލަވަ ކިޔާފައިވާ މީހާ އާ އެކްޓިން އަށް ކްރެޑިޓް. ބަޓް ޑައިރެކްޓަރ އޯ<

  5. ޒަޔަން

    ދިވެހި ލަވަ ލަވައަށް އެބަ ހުރި 7 ލައްކަ ވިއުސްވެސް ދެ އަހަރުން ލިބިފަ. ކަައިޒީން ނޫޅޭތީ ނޫހުގަ ނުޖަހަނީ...