އަވައްޓެރި އިންޑިއާގައި މީގޮނު (ބަފަލޯ) އާއި ގެރިއަށް އައިޑީ ދިނުމަށް، އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން ތައްޔާރުވާން ފަށައިފިއެވެ.

މިކަން ހާމަކޮށް އެޤައުމުގެ ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި އަހަރުގެ އަހަރީ ބަޖެޓުގައި އެޤައުމުގައި ތިބި ގެރިތަކަށް އައިޑީ ދިނުމުގެ ބިޔަ މަސައްކަތް ހިމެނުމަށް ނިންމާފައިވާއިރު، ގާތްގަނޑަކަށް 500 މިލިއަން ރުޕީސް (7.81 މިލިއަން އެމެރިކާ ޑޮލަރު) އެކަމަށް ހޭދަވާނެ ކަމަށް ލަފާކުރެވިފައިވާ ކަމަށެވެ. މިއީ ގާތްގަނޑަކަށް ސާޅީސް މިލިއަން މީގޮނާއި ގެރިއަށް އައިޑީ ހެދުމަށް ހޭދަވާ ޢަދަދު ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިކަމާއި ގުޅޭގޮތުން އޮފިޝަލުން ނޫސްތަކުގައި ބުނެފައިވަނީ، "އާދާރު" ނަމަކަށްކިޔާ އައިޑީކާޑު ސްކީމެއްގެ ދަށުން ހިންގާ މި މަސައްކަތުގެ ތެރެއިން، އެޤައުމުގައި ތިބި ހުރިހާ ގެރި އަދި މީގޮނަށް 12 ޑިޖިޓްގެ އައިޑީ ނަންބަރެއް ދެވޭނެ ކަމަށެވެ. އަދި މި ޕްރޮގްރާމް ކާމިޔާބުވެއްޖެނަމަ، އެ ގެރިތައް ބަލަހައްޓައި މޮނިޓަރ ކުރުމަށް އިތުރު ފަންޑުތަކެއް އެކުލަވާލާނެ ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

އިންޑިއާގެ ކަމާއި ބެހޭ އިދާރާތަކުން ވިދާޅުވާގޮތުގައި، މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ނިންމީ އެޤައުމުގައި ގެރި ކަތިލައި އެތަކެތި ވަގަށް ނެގުން ހުއްޓުވުމަށެވެ. އަދި ހަމަ އެއާއި އެކު، މަގުމައްޗަށް ދޫކޮށްލައި ރަނގަޅަށް ބަލަހައްޓަމުން ނުދާ ގެރިތައް ހޯދައި އެކަމާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ، އިންޑިއާގެ ގެރިކިރު އިންޑަސްޓްރީން، ގެރި ކިރު އުފައްދާ މިންވަރު 2022 އާއި ހަމައަށް ދެގުނައަށް އެރުވުން. މި ޕްރޮގްރާމުގެ ސަބަބުން އެކަން ހާސިލްވާނެ ކަމަށް ބެލެވޭ" އޮފިޝަލަކު ބުނެފައި ވެއެވެ.

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީން ފާއިތުވެދިޔަ ދުވަސްތަކުގައި، ގެރީގެ ދިފާއުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާއިރު، މުސްލިމުންނަށް ދުއްތުރާ ކުރުމުގެ ގޮތުން ގެރި ކަތިލުންވެސް މަނާކުރިއެވެ. އަދި ގެރި ކަތިލާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް އެފަރާތްތަކުން ދީފައި ވެއެވެ.

އިންޑިއާގެ ހައްދުފަހަނައަޅާފައިވާ ދީންތަކުގެ މީހުން ޤަބޫލުކުރާ ގޮތުގައި، ގެރިއަކީ އެބައި މީހުންގެ މައިންބަފައިންނެވެ. އަދި އަނެއްބަޔަކު ގެރި ޒީނަތްތެރިކޮށް ރީތި ފޭރާމާއި ގަހަނާ އެޅުވުމަށްފަހު އެއަށް އަޅުކަންކުރާއިރު، ނަސީބު ގަދަ ބަޔަކަށް ވާނެ ކަމަށް ބުނެ، އެބައިމީހުން ގެރީގެ ނަޖިހުން ފެންވަރައި އެތަކެތި ކައިބޮއެ ހަދައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ާއަމާ

    ގެރީގައި ހިތްޕި އަޅުވަންވީނު.....

  2. ގޮއްޔެ

    ޕާސްޕޯރޓްވެސް ދީ.

  3. ދެގޮތެއްނުވާ ގެރިންޑިޔަން ލޯބި

    ބަލަ ތިގައުމުގަ ތިބި އަންހެނުންނަށް ޖެހިފަވާ ރޭޕޭ މިކިޔާ މުސީބާތުން އެމީހުން ސަލާމަތްކުރަން އުޅެބަލަ.އަބަދު ތިއުޅެނީ ކޮންމެވެސް ގެރިއެއްގެ ފަހަތުން ނުނެއްޓިގެން.ތިހާވަރުން ދަންޏާ ދުވަސްކޮޅަކުން ތިގައުމުގަ ތިބި ބުއްދާއިންގެ ފިރިހެނުންނާއި ގެރީގެތެރެއިން އަންހެން ގެރިތަކާއި ކައިވެނި ކުރެވޭގޮތް ހުއްދަކޮށްފާނެ.މުސްލިމުން ގެރިމަސް ކައިފާނެތީ ތިއުޅޭ ގޮތެއް ދޯ.ހާއިރާންވެ އަންތަރީސް ވާވަރުވޭ...

  4. ހަސަނުގެ މުނިމުނި ކާފަދަރި

    ޕާގަލޯ ޖަހައްނަމް އިންތިޒާރުމޭހޭ

  5. ހުސްނޫނު...

    މޯދީ ފޮޅާލާފައި ގެރިއަކަށް ބޮޑުވަޒީރުކަން ދީ.

  6. ޕަޕަރާސީ

    މިއީ އެބުނާ މޮޅު އިންޑިޔާމީހުންގެ ބުއްދީގެ ތެތްކަން ހުންނަ މިންވަރު.. .ފދފ

  7. 99

    ކީއްވެތޯ ކަލޭމެން ކަލާންގެ ގެ ކިރުބޮނީ

    • ާާާހށ

      އާނ ދޯ.... އަންތަރީހުން އަންތަރީސް.... :')

  8. ރައްޔިތުން

    އަންނިއަށްވެސް މީގެ އައިޑީއެއް ދޭން ފެނޭ..

  9. ޖޮއްބެ

    ގެރިވެސް ރޭޕްކުރާނޭ. ގެރި އެ މައްސަލަ ނުޖައްސަންޏަކާ ނޭނގޭނެނު......؟؟؟

  10. މިންނާ

    އިންޑިޔާ ތީ ވަރެއްގެ ތަނެއް..ބޮޑު ދުއްފާނެއް

  11. މަލިކައްޑޫ

    ގެރި އަށް އައިޑީ ނަމްބަރު އިނގޭނެ ހެއްޔެވެ؟

  12. ސޯދިގު

    ދިވެހިރާއްޖެއަށް އަރަން އުޅޭ އައިޑީ ޖެހި ގެރި. މިވަރުގެ ނާތަހުޒީބު ގެރިން މިރާއްޖެ އަރަން މިކިޔަނީ. 200 ފޫޓަށްވެސް ނާދެވޭނެ