އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތުގެ ފިރިކަލުން އަމީރު ފިލިޕް އަކީ ހިލޭ އަންހެނުންނާއި އެކު ނަހަމަ ގުހުން ހިންގާ މީހެއް ކަމަށް އެތައް ފަހަރެއްގެ މަތީން މީޑިޔާގައި އަޑުފެތުރިފައިވާ މީހެކެވެ. މިފަދަ އާ ވާހަކައެއް އަނެއްކާވެސް ފިލިޕް އާއި ގުޅޭގޮތުން ފެތުރިފައިވާއިރު މިފަހަރު އަޑުފެތުރިފައި މިވަނީ ޕެޓްރީޝިޔާ ކާޖްވުޑް ނަމަކަށް ކިޔާ އަންހެނަކާއި ގުޅުމެއް އޮތް ވާހަކަ ތަކެކެވެ. މިފަދަ އަޑުތައް ފެތުރިފައި މިވަނީ ޕެޓްރިޝިޔާ ދިން ޝޯއެއް ނިންމާލުމަށްފަހު އޭނާ ހެދުން ބަދަކުރާ ކޮޓަރިއަށް އަމީރު ވަން ވާހަކަތަކުންނެވެ.

އަދި އަމީރާއި ޕެޓްރީޝިޔާ ހެނދުނުގެ ނާސްތާ ނަގާ މަންޒަރުތުގެ ފޮޓޯތައްވެސް ދައުރުވެފައިވާއިރު މި ހުރިހާ ކަންކަން ފެންމަތި ވެފައި މިވަނީ ކާކްވުޑް މަރުވިތާ އަހަރުތަކެއް ފަހުންނެވެ. ކާކްވުޑް މަރުވެފައި ވަނީ 2007 ވަނަ އަގަރުގައި އެވެ. އޭނާ މަރުވި އިރު އުމުރަކީ 86 އަހަރެވެ. އަމީރުގެ މައްޗަށް ބޭވަފާތެރިވިކަމުގެ ތުހުމަތުތައް ކުރެވުނު ކަމުގައި ވިޔަސް ބައެއް މީޑިޔާ ތަކުން ރިޕޯޓުކުރާ ގޮތުގައި އަމީރު ފިލިޕް އާއި ކާކްވުޑް އާއި ދެމެދުގައި އޮތީ ހަމައެކަނި އެކުވެރިކަމުގެ ގުޅުމެވެ.

ކްރިކްވުޑް މަރުވުމުގެ ކުރީން ލިޔެފައިވާ ބައެއް ސިޓީތަކުގައި އޭނާ ބުނެފައި ވަނީ އަމީރު ފިލިޕް އާއި އެކު ނަށަން ފުރުސަތު ލިބުނު ކަމަށާއި އޭގެ އިތުރަށް އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އެކްސްޕްރެސް ޔޫކޭ ގައި ކްރިކްވުޑްގެ ސިޓީއެއް ކަމަށް ބުނެ ޝާއިއު ކޮށްފައިވާ ސިޓީއެއްގައި ވާގޮތުން ފިލިޕް އާއި އެކު ކްރިކްވުޑް ނަށަން ފުރުސަތު ލިބުނު ވާހަކައިގެ އިތުރުން ކްރިކްވުޑްގެ އާއި އެކު ނަށަން ލިބުމުން އުފާވި ކަމަށްވެސް ސިޓީގައި ލިޔެފައި ވެއެވެ.

އަމީރު ފިލިޕް އާއި ދެކޮޅަށް މީޑިޔާގައި ދެކެވޭ ވާހަކަތައް އަމީރު ދޮގުކޮށްފައިވާ އަމީރު ބުނީ މިއީ އަގުވައްޓާލަން ދެކެވޭ ވާހަކަތަކެއް ކަމަށެވެ. ރާނީ ކަން އެލިޒަބަތަށް ލިބުމާއި އެކު އަމީރު ފިލިޕް ސިފައިންގެ ވަޒީފާ ދޫކުރެއްވި އެވެ. އަދި އިނގިރޭސިވިލާތުގެ އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރުކަން ލިބިވަޑައިގެންނެވި އެވެ. ފިލިޕް އަކީ ޑެންމާކަށް ނިސްބަތްވާ ބޭފުޅެކެވެ. ނަމަވެސް 1957 ވަނަ އަހަރު އިނގިރޭސިވިލާތުގެ އަމީރަކަށް ފިލިޕް ހަމަޖެހިގެން ދިޔައެވެ.

ރާނީ އެލިޒަބަތް އާއި އަމީރު ފިލިޕް ކައިވެނި ބައްލަވައިގަތީ 1947 ވަނަ އަހަރުގައި އެވެ. އަމީރު ފިލިޕްގެ މިހާރުގެ އުމުރުފުޅަކީ 99 އަހަރުފުޅެވެ. ފިލިޕް އުފަންވެ ވަޑައިގަތީ 1921 ވަނަ އަހަރުގައި އެވެ. އަމީރު ފިލިޕްގެ 4 ބޭފުޅުން ތިއްބަވާއިރު އެންމެ ދޮށީ ބޭފުޅަކަށް ހުންނަވަނީ އަމީރު ޗާލްސް އެވެ. އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތް ދޭއް އަވަހާރަވުމުން ދެން ތަހުތާއި ހަވާލުވާނީ އަމީރު ޗާލްސް އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕީޖޭ

    ކްރިސްޓިއަންދީން ތަރައްޤީ ކުރާ މައިގަނޑު ތަނބު ރާނީ...އިގަރޭސިވިލާތަށް ހުތުރު...ކެރީގޭ ބުއްޅަބޭ އަކީ މިމީހުންގެ ބޮޓު..

    36
    5
  2. ޖުނޭ

    ދަރުމަވާނެ. މަރުވެފައިތިބި މީހުންގެ ވާހަކަ ނުލިޔެބަލަ

    7
    2
  3. އޭނާ

    މިޔޮއް ހުރިހާ ދުވަހު ދުނިޔޭގައި މާތްކަލާނގެ ލަހައްޓަވާމެ އެކަލާނގެއަށް ޝަރީކުކުރާ ހާލުގާ މަރުވެ މާދަމާ ނަރަކަޔަށް ވަންނަންޖެހުނީމާ އޭދެން ކިހާ ހިތާމަހުރިކަމެއް އަމީރޫ. އަދިވެސް ކަލޯ ތިޔަހުރީ ދުނިޔޭގާ.

    11
  4. ހުސޭނުބޭ

    މިހާރު މުސްކުޅިވެ އަނަޓޯޓޯވީމާ ކުރިޔަށް ނުކަނޑަނީ! އެހެންނޫންނަމަ މިހާރުވެސް އަތުނުވާނެ!