ތަފާތު އެތައް ހާދިސާއަކާއި ގުޅިގެން މީސް މީޑިއާ ފުރާލައެވެ. އެއްޗެއް ގެއްލިގެން އުޅުނަސް، ނޫނީ ކަމެއްގެ ހަގީގަތް ހޯދުމަށްވެސް މިހާރު ބޭނުން ކުރަނީ މީސް މީޑިއާގައެވެ. އަދި މީހަކަށް އެއްޗެއްގެ ހަގީގަތް ކިޔާދިނުމަށާއި، މީހުންގެ ސަމާލުކަން ހޯދުމަށް ތަފާތު އުކުޅުތައް ބޭނުން ކުރާ މީހުން އުޅެއެވެ. މިގޮތުން ދާދި ފަހުން އޯސަން އަވާ ނަމަކަށް ކިޔާ ފޭސްބުކް ޕޭޖްއަކުން އާއްމު ކުރި ފޮޓޯއަކުން އެތައް ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އެ ފޮޓޯ ފެނިފައި ޔަގީނުުންވެސް ގައިން ހީބިހި ނަގާނެއެވެ.

ނަމަވެސް އެ ފޮޓޯ އާއްމުކޮށްފައިވަނީ އެއީ ކޮން އެެއްޗެއްކަންވެސް ހާމަކުރަމުން ކަމަށްވުމުން، އޭގެ ހަގީގަތް އާއްމުންނަށް މި ވަނީ އެނގިފައެެވެ.

އެ ގްރޫޕުން އާއްމު ކުރި އެ ފޮޓޯއަކީ ފްލޮރިޑާގެ ޕެރެޑިޑޯ ކީ ބީޗަށް ލައްގާފައި އޮތް އިންސާނަކާއި ވައްތަރު އެއްޗެއްގެ ފޮޓޯއެވެ.

"އަޅުގަނޑުމެންގެ ވޮލެންޓިއަރ ކަތްލީން ދިޔައީ އެ ގޮނޑުދޮށުގެ ރާޅު ޖަހާ ހިސާބުގައި ހިނގާލަމުން، ދަނިކޮށް އޭނާއަށް ހީކުރެވުނީ ގޮނޑުދޮށަށް ލައްގާފައި އޮތީ އިންސާނަކަށް އަނިޔާ ލިބިފައިވާ ހަށިގަނޑު ކަމަށް، އެތަނަށް ދިޔަ އެހެން މީހަކު ވަނީ ވަގުތުން 911 އަށް ގުޅާފައި".

އެހެން ނަމަވެސް، އެއީ އިންސާނެއްގެ ހަށިގަނޑު ނޫންކަން ފަހުން މި ވަނީ އެނގިފައެވެ. އެއީ ފިހާރަތަކުގައި ޑިސްޕްލޭގައި ހެދުން ފަދަ އެއްޗެހި އަޅުވަން ގެންގުޅޭ ވައްތަރު ބުދެކެވެ. އޭގާއި ހުރީ މޫދު ވިނައައި ބާނެކެލްސް އިން ފުރިފައެވެ. އެހެންކަމުން އޭތި ފެންނަ މީހަކު ބިރުން ފިއްކަނޑައިގެން ދާ ވަރު ވާނެ އެވެ.

އެ ފޮޓޯ މީސް މީޑިއާގައި އާއްމުކޮށްފައި ވަނީ ނޮވެމްބަރު 16 ވަނަ ދުވަހުއެވެ. އެ ފޮޓޯ އާއްމު ކުރުމާއެކު އެތައް ބައެއްގެ ސަމާޅުކަން އެ ފޮޓޯއަށް ލިބިގެން ގޮސްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިޔާލު

    ހީބިހިއެއް ނުނަގާ

    29
  2. ހިޔާލެއް

    ކަލޭމެން ވެސް އެހެނެންނު ތިޔަހެދީ ތިޔަބުނީ ސަމާލްކަން ހޯދަން ވެގެން އިންސާނެއްގެ ހަށިގނޑާ ވައްތަރޭ ވިއްޔަ ހަމަ އެނގިހުރެ ގައިމު ގޮނޑުދޮށަށް ބުދެއް ލައްގައިފިޔޭ ޖެހިނަމަ ........

    43
    1