އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އުތައް ގެ ސަހަރާއެއްގެ މެދުން ގޮތް ނޭނގޭ އެއްޗެއް ފެނި މީސްމީޑިއާ ގައި ބޮޑު ބަހުސެއް ގިނަ ބައެއްގެ ދެމެދުގައި މި ވަނީ ފަށިފައެވެ.

ވިދަ ވިދާ، ދިގު ދަގަނޑުން ހުރި މި އެއްޗަކީ އޭލިއަން ޓެކްނޮލޮޖީއެއް ކަމަށް ބައެއް މީހުން ބުނަމުން އަންނައިރު، މީތި ފެނިފައިވަނީ އެސްޓޭޓްގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް ސޭފްޓީ ޑިވިޝަން އޮފް ވައިލްޑް ލައިފް ރިސޯސެސްގެ އޮފިޝަލުން ތަކެއް ހެލިކަޕްޓަރު ގައި ކުރަމުން ދިޔަ ދަތުރެއްގައި ކަމަށް އެތަނުގެ ބައެއް އޮފިޝަލުން ވަނީ ބުނެފައެވެ.

މިހަބަރު މީސްމީޑިއާގައި ފުރަތަމަ ފެތުރެން ފެށުމާއި އެކު އެއީ އޭލިއަން ޓެކްނޮލޮޖީއެއް ކަމަށް އެތައް މިލިއަން މީހުން ބުނަމުން ދާއިރު އެސްޓޭޓްގެ އޮފިޝަލުން ބުނީ އެއީ އާޓިސްޓެއްގެ މަސައްކަތެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ހުއްދަ ނުނަގައި އެ ޑިޕާޓްމެންޓުން ބަލަމުން އަންނަ ސަހަރާއެއްގައި މިފަދަ އެއްޗެއް ހަރުކުރުމަކީ މުޅިން މަނާ ކަމެއް ކަމަށްވެސް އޮފިޝަލުން ބުނެފައި ވެއެވެ.

ދިގު މިނުގައި 10 ފޫޓު ނުވަތަ 12 ފޫޓު ހުރި މި ދަގަނޑުގަނޑު ސަހަރާގައި ބަހައްޓާފައި ހުރި ސަރަހައްދު ބުނަން އޮފިޝަލުން ވަނީ ދެކޮޅު ހަދާފައެވެ. ސަބަބެއް ކަމަށް އެފަރާތުން ބުނެފައިވަނީ އޭތި ބަލާލަން އެތައް ބަޔަކު ގޮސްދާނެތީ އާއި އެއީ ސަހަރާގެ ވަރަށް އެތެރެކަމުން އޭތި ބަލަންދާ މީހުން ގެއްލިދާނެތީ ކަމަށެވެ.

މިއީ ކިހިނެތް އެތަނަށް ދިޔަ އެއްޗެއްތޯ ސައިންސްވެރިންނާއި ގުޅިގެން އޮފިޝަލުން މަސައްކަތް ކުރަމުން އަންނައިރު، އެމެރިކާގެ ރައްޔިތުން އެކަމާއި ހާސް ނުވުމަށާއި އޭތީގެ ހަގީގަތް ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަފުޮެ

    ޔޫޓާ އޭ ބުނީމަ ހަނދާންވަނީ ޑެސްޕަރެޓް ހައުސް ވައިވްސް މަތިންދޯ
    🥰

  2. ހުސޭނުބޭ

    ތީ ޓްރަމްޕް ދަތްކޮށްޓަން ގެންގުޅޭ އިލޮށިކޮޅު

    16
    1
  3. އެމަންޖެ

    މިޔަކީ އެމެރިކާ ހަނދައް ދިޔަކަހަލަ ކަމެއް.

    10
    2
  4. ޖިންނި

    ކޮބާތަ ކަލޭމެން ތި ބުނާ މޮޅެތި ސެޓަކައިޓް ތަކާއި ޓެލެސްކޯޕްތަކާއި ދުރުމި ތައް

    18
    1
  5. އެމް ޑީ

    އއޭތި އެތަނަށް ވައްޓާލީ އަހަރެމެން މީގެ މަހެއްހާ ދުވަސް ކުރިން މޯލްޑިވިއަން ގެ ފުލައިޓެއްގަ ގޮސް..

    11
  6. ސަނާހް

    ލޮލް، ސްޕޭސް އޮޑެސީތަ މީ ؟؟

    5
    1
  7. ިޒަޔާން

    އެއީ އޭލިއަން ޓެކްނޮލޮޖީއެއްކަމަށް މަށަށް ގަބޫލެއްނުކުރެވޭ
    ހަމަގައިމުވެސް އެއީ މޮނޮލިތެއް ނަމަވެސް މިހާރު އޭތި ވެނިޝްވެއްޖެކަމަށް ބުނޭ.