އަވައްޓެރި އިންޑިއާގައި އަލި އެކްސްޕްރެސް ބޭނުން ނުކުރެވޭ ގޮތް ހަދައިފިއެވެ.
އަލިއެކްސްޕްރެސް އަކީ މުޅި އީބޭ ނެގުމަށް ފަހު ދެން އެންމެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ އޮންލައިން ވިޔަފާރި ޕްލެޓްފޯމެވެ. ދިވެހިންގެ ތެރޭގައިވެސް ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ މި އެޕްލިކޭޝަނުން އޮންލައިންކޮށް ގަނެވޭ ހުރިހާ މުދަލެއްވެސް ލިބެން ހުރެއެވެ.
އިންޑިއާ އާއި ޗައިނާ އާއި ދެމެދުގެ ގުޅުން ހީނަރުވުމާއި ގުޅިގެން އިންޑިއާއިން އަންނަނީ ޗައިނާގެ ގިނަ އަދަދެއްގެ އެޕްލިކޭޝަންތަކެއް ބޭންކުރަމުންނެވެ. މިހާތަނަށް އިންޑިއާ އިން ވަނީ ޗައިނާގެ 43 އެޕްލިކޭޝަނެއް ބޭންކޮށްފައެވެ.
އިންޑިއާއިން ކުއްލި ގޮތަކަށް ނިންމި މި ނިންމުމާއެކު ޗައިނާގެ އެޕްތައް ނިސްބަތްވާ ކުންފުނިތަކުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ދަނޑިވަޅާއި އެ ކުންފުނިތަކުން ކުރިމަތިލާނެ ގޮތެއްވެސް އަދި ހާމައެއް ނުކުރެއެވެ.
އިންޑިއާ ސަރުކާރުން ބުނީ އެޕްލިކޭޝަންތައް މަނާ ކުރުމުގެ ފިޔަވަޅު އެޅީ އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލިޖީ އާއި ބެހޭ ޤާނޫނުން މިނިސްޓްރީ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީއަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. މިފިޔަވަޅު އެޅީ އިންޑިއާގެ މިނިވަންކަމާއި އިސްތިގުލާލާއި ގައުމީ ސަލާމަތައްޓަކައި ކަމަށް ވެސް އިންޑިއާ ސަރުކާރުން ބުނެއެވެ.
އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީން ތުހުމަކުކުރާ ގޮތުން، މަނާ ކުރި ބައެއް އެޕްލިކޭޝަންތައް މެދުވެރިކޮށް ބޭރުގެ ބައެއް ގައުމުތަކުން އިންޑިއާ މީހުންގެ ފޯނުގައި ހުންނަ މައުލޫމާތުތައް "ވަގަށް" ނަގައެވެ.
އަހަރެ މެންގެ މިނިވަންކަން ނަގާލާފަ އިންޑިޔާއިން އެ މީހުންގެ މިނިވަންކަ މުގެ ނަ މުގަ އެހެންގައު މުތައް ބްލީކުރަނީ..އިންޑިއާ އައުޓް.👹👹👹
ޗައިނާ އަށް “ބްލީ” ނުކުރާ ވަރެއް ނޫނެއްނުން އެމީހުންނާ ހެދި ދޯ ކޮވިޑް ފެތުރުނީ މުޅި ދުނިޔެއަށް
ތަންކޮޅެއް ހަމަޖެހިލައިގެން ސުރުޚީ އަޅާލަބަލަ...
ހެޑްލައިންގައި ބޭނުން ކުރެވޭ....
ލިޔުމުގައި ބޭނުން ނުކުރެވޭ...
ތިކަހަލަ މައުލޫމާތު މީހުންގެ ފޯނު ތަކުން މަގާވަރު އިންގޭނީ ދިވހި ޕޮލިހުންގެ އިންޓެލިގެންސަށް....އެއްޗެއް އަހާއިރަށް ބުނާނެ އަހަރެމެން އެބަބަލމޭ....ދުވަހަކު ބަލައެއް ނުނިމޭނެ...އެއޗެއް ނުވެސް އނގޭނެ....