ލަވަ އަޑުއެހުމަށް ބޭނުންކުރާ ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާ އެޕްލިކޭޝަންތަކުގެ ތެރެއިން ސައުންޑް ކްލައުޑުންވެސް މިވަނީ އެޕްލިކޭޝަނުގައި ޔޫޒާއިން ބޭނުންކުރާ އެކައުންޓުތައް ވެރިފައި ކުރަން ފަށާފަ އެވެ. އަދި ހާއްސަ ފަރާތްތަކަށް ސައުންޑް ކްލައުޑްއިން ނޫ ފާހަގަ ޖެހި ލޭބަލް ދެމުން ދާއިރު ރާއްޖެއިން ފުރަތަމަ ފަހަރަށް ސައުންޑް ކްލައުޑްގެ މި ލޭބަލް ލިބުނު ފަރާތަކަށް ސިމްބޮލިކް މި ވަނީ ވެފައެވެ.

ސިމްބޮލިކްއަކީ ތަފާތު އިހުސާސްތައް ގެނުވާ ލަވަތައް ގެނެސްދޭ ރާއްޖޭގެ ޒުވާނުންގެ މަގްބޫލުކަން ހޯދާފައިވާ ބޭންޑެވެ.

ސައުންޑް ކްލައުޑް ގައި ސިމްބޮލިކް ރިކޯޑްސް ވިހި ހާހަށް ވުރެ ގިނަ ފަރާތުން ފޮލޯ ކުރާއިރު ސިމްބޮލިކް ވެރިފައި ކުރުމާއި ގުޅިގެން އެ ބޭންޑުގެ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނީ ސައުންޑް ކްލައުޑް އިން ޕްރޮފައިލްތައް ވެރިފައި ކުރަން ފެށިތާ 2 ހަފްތާ ނުވަނީސް އެފަރާތުގެ ޕްރޮފައިލް ވެރިފައި ކޮށްފައިވާ ކަމަށެވެ. އަދި ދުނިޔެއިން ވެސް ސައުންޑް ކްލައުޑްއިން ވެރިފައި ކުރި ޕްރޮފައިލް ތަކުގެ ފުރަތަމަ ބެޗުގައި ހިމެނުނީތީ އުފާކުރާކަން އެފަރާތުން ފާހަގަ ކުރި އެވެ.

ސައުންޑް ކްލައުޑްގައި ސިމްބޮލިކް ރެކޯޑް ވެރިފައި ކުރުމާއި ގުޅިގެން މިއުޒިކީ ދާއިރާގެ އެކި ފަރާތްތަކާއި މިއުޒިކަށް ލޯބިކުރާ އެކި ފަރާތްތަކުން ދަނީ މަރުހަބާ ކިޔަމުންނެވެ، ސިމްބޮލިކް އަށް މަރުހަބާ ކީ ފަރާތްތަކުގެ ތެރޭގައި ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްވެސް ހިމެނެއެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ހިޕްހޮޕް އަލްބަމެއް ނެރުމުގެ ޝަރަފުވެސް ހޯދާފައިވާ ސިމްބޮލިކް ފުރަތަމަ ހާއްސަކޮށްފައި ވަނީ ރޮކް އަދި ހިޕް ހޮޕް މިއުޒިކަށެވެ. ނަމަވެސް ސިމްބޮލިކް ފުޅާވެ ސަޕޯޓަރުން އިތުރުވުމާއި ގުޅިގެން އެފަރާތުން މިހާރު ދަނީ އެކި އިހުސާސްތައް ގެނުވައިދޭ ހިތްގައިމު ލަވަތައް އުފައްދަމުންނެވެ. ޒުވާނުންނާއި ގުޅޭ މިޒަމާނުގެ އެތައް ލަވައެއް މިހާރުވެސް ސިމްބޮލިކް އިން އުފައްދާފައިވާއިރު އެއީ ރާއްޖޭގެ ނަންބަރ ވަން އޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

މީގެ ދެމަސްކުރިން ސިމްބޮލިކް އިން ވަނީ ބޭރުގެ ރެޕް ލަވަކިއުންތެރިންނަކާއި އެކުވެސް އަލްބަމެއްގެ މަސައްކަތް ފަށާފަ އެވެ. އެ މަސައްކަތް ފަށާފައި ވަނީ ރާއްޖޭގެ ޔޫތު މިނިސްޓަރާއި ސްރީލަންކާގެ ޔޫތު މިނިސްޓަރުގެ އެހީތެރިކަމާއި އެކުގައި އެވެ. އެ މަސައްކަތުގެ ބޭނުމަކީ ދެޤައުމުގެ މިއުޒިކް ދާއިރާގެ ފަންނާނުންގެ ހުނަރު ދައްކާލުމާއި ރާއްޖޭގެ ރެޕް އާޓިސްޓުންނަށް އާމްދަނީ ހޯދޭނެ މާކެޓެއް ހޯދައި ދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޚިޔާލު2020

    ތީކީ ތިވަރަށް ފޮނުއަރުވަންޖެހޭ ވަރުގެ ކަމެއްނޫން. މަދަހައާއި ޘަނާ ކިޔައިގެނެއްނޫން ތި މީހުނަށް ތިއެއްޗެއް ލިބިގެންތިއުޅެނީ. އިސްލާމް ދީނާއި ގައުމިއްޔަތައް ހަޑި މުޑުދާރުވާގޮތައް ލަވަ ހަދައިގެން ހޭރޭ ބަޔަކަށް އަޅުގަނޑު ތާއީދެއް ނުކުރަން. ނިކަން ކެރެންޏާ ކީރިތި ރަސޫލާއަށާއި މަތިވެރި އިސްލާމްދީނަށް ނިސްބަތްކޮށް ރިވެތި މަދަހަ ޘަނާ ކިޔާބަލަ. ސައުންޑު ކްލައުޑު ކީއްކުރަން ރައްޔިތު ކުލައުޑުންވެސް ވެރިފައިކުރާނެ.

    11
    1
  2. ޝާހިލް

    ތިޖޯކެއް

  3. ނާހަމަތެދެއް

    ތި ދެން ދުނިޔެއާއި އާހިރަތު ލިބުނީ...