ރާއްޖޭގައި ބޮލީވުޑް ފިލްމެއް ކުޅެލާ ވަރަށް އިންޑިއާގެ ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ތަރިން ރާއްޖެއަށް އައިސް އެބަ ތިއްބެވެ. މިއީ އެއްވެސް މީހަކު ދެބަސް ނުވާނެ ހަގީގަތެކެވެ. އެތައް ތަރިންނެއް މިދިޔަ މަސް ތެރޭގައި އާއި މި މަސް ތެރޭގައި އައިސްފައި ގޮސްފިއެވެ.

އަދި މިހާރުވެސް އެތައް ތަރިންނެއް ރާއްޖޭގައި އެބަތިއްބެވެ. އޭގެ ތެރޭގައި ބޮލީވުޑްގައި މަގްބޫލު ތަރިންވެސް ހިމެނެއެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ބޮލީވުޑްގެ ތަރިން އިތުރުވެފައިވާއިރު، އެކްޓަރ ވިރް ދާސްވެސް މި ވަނީ ރާއްޖޭގައި ފިލްމެއް ކުޅެވޭ ވަރަށް ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ތަރިން ތިބިކަން ފާހަގަކޮށްފައެވެ. އެހެންކަމުން، ކެމެރާ އާއި ސްކްރިޕްޓް ފޮނުވާލުމުން، އެ ތަރިން އަނބުރާ ގައުމަށް އަންނާނީ ފިލްމެއް ކުޅެފައި ކަމަށް ބުންޏެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން، ރާއްޖެ އައި މަޝްހޫރު ތަރިންގެ ތެރޭގައި، ވަރުން ދަވަން، ކާޖަލް އަގްރަޗަލް، ޓައިގާ ޝްރޮފް، ޑިޝާ ޕަޓާނީ، ރިތިކް ރޯޝަން،ހެދާ ދޫޕިއާ އަންގަދް ބޭދީ، ކެޓްރީނާ ކައިފްވެސް ހިމެނެއެވެ.

މިހާރު ތިބި މީހުންގެ ތެރޭގައި އެންމެ ފާހަަގަކޮށްލެވޭ ތަރިންގެ ތެރޭގައި ސޮނަކްޝީ ސިންހާ ހިމެނެއެވެ.

ރާއްޖޭގައި ގިނަ ތަރިންތަކެއް މިހާރުވެސް ތިބިއިރު، ބޮލީވުޑްގެ އިތުރު ތަރިންތަކެއް ރާއްޖެ އަންނަ ކަމުގައި ވަނީނަމަ އެ ފަރާތްތަކަށް މަރުހަބާ ކިޔުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މި ވަނީ މައްޗަށް ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު