މިއީ ހަމަ މަދުން ނުފެންނަ މަންޒަރެވެ. ގަބޫލުކުރަން ދަތި މަންޒަރެކެވެ.

އިންޑިއާގެ ކެރެލާގެ ވިލޭޖެއްގެ ކޯރެއް އެތައް ބައެއްގެ ސަމާލުކަން މި ވަނީ ލިބިފައެވެ. ޕެރަމްބަރާ ޓައުން ކައިރީގައި އޮންނަ ކޮޒިކޮޑޭގެ އަވަލާ ޕަންޑީގައި އޮންނަ އެ ކޯރު ފިޔާތޮށި ކުލައިން ފެނިގެން ދަނީ އެތައް މިލިއަން ފޯކްޑް ފޭން ފޯޓު މަލުންނެވެ.

އެ ފިޔާތޮށި މަލަކީ ކެބޮމްބާ ފުރްކަޓާގެ އާއިލާގެެ ވައްތަރެއްގެ މަލެކެވެ.

މީސް މީޑިއާގައި އެ ވިލޭޖުގައި ހުންނަ އެ ކޯރުގެ ފޮޓޯތައް އާއްމުވުމާއެކު އެތައް ބައެއްގެ ސަމާލުކަން ލިބި، ފަތުރުވެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ކޯރަށް އެ ވައްތަރުގެ މާ ގަސްތައް ދިޔަ ގޮތެއް ނޭނގެއެވެ. އެ ސަރަހައްދުގައި ދިިރިއުޅެމުންދާ ބައެއް އާއްމުން ބުނާގޮތުގައި، އެ ސަރަހައްދުން އެ ވައްތަރުގެ މާ ގަސް ފެނިފައި ވަނީ މީގެ އަހަރުތަކެއް ކުރިންނެވެ. އެހެން ނަމަވެސް އެއިރު ފެނުނީ ވަރަށް މަދު ގަސްތަކެކެވެ.

އެ ސަރަހައްދުގައި ހަމައެކަނި ފިޔާތޮށި ވެފައި ވަނީ ކޯރެވެ.އެ ކޯރުގެ ރީތިކަން އެތައް ބައެއްގެ ފޮޓޯތަކުން ހާމަވެއެވެ.

މީގެ ކުރިން ކޮޓަޔަމް ޑިސްޓްރިކްޓްގެ މަލަރިއްކަލް ވިލޭޖަކީވެސް ފިޔާތޮށި މާތަކުން ފުރާލުމުން އެތައް ބައެއްގެ ސަމާލުކަން ލިބުނު ސަރަހައްދެކެވެ. އެގޮތުން އެތަނުގައި ހެދޭ ވޯޓާ ލިލީސް ބަލަން އެތައް ބަޔަކު އޮގަސްޓް-ސެޕްޓެމްބަރު ހިސާބުގައި ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާތުން

    މާތްﷲ ގެ ކުޅަދުންވަންތަކަން.

    48
  2. Anonymous

    ކޮލަންބިއާގައި އޮންނަ ކޭނޯކްރިސްޓަލް ކޯރު ވެސް ބައްލަވާ ލައްވާ . 5ކުލައިން ފެހި ޖަހާ ކޯރެއް. ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ކުޅަދުންވަންތަ ކަމާއިއެވެ.

    24