ކައިވެނި ކުރަނީ މުޅި އުމުރު އެކުގައި ހޭދަ ކުރުމަށެވެ. ނަމަވެސް ވަގުތީ އުފަލަށް ވިސްނާފައި އާއި ފައިސާއަށްޓަކައި ކައިވެނި ކުރާ މީހުން އުޅެ އެވެ. މިއީ މިހާރުގެ ދުނިޔޭގެ އާދައެވެ. ކޮންމެ މީހެއްގެވެސް ވަކި އެދުމެއް އޮންނާނެ ތާއެވެ.

އުތުރުގެ އަތޮޅަކަށް ނިސްބަތްވާ ހަނީފް (އަސްލު ނަމެއް ނޫން) އާއި މާލެ އަތޮޅަށް ނިސްބަތްވާ އައިޝާ (އަސްލު ނަމެއް ނޫން)ވެސް ކައިވެނި ކުރުމަށް ހުރިހާ ކަމެއް ނިންމާލީ ގާތްގަނޑަކަށް ދެ މަސް ދުވަސް ވަންދެން ފޭސްބުކުން ވާހަކަދެއްކުމަށް ފަހުއެވެ. މިއީ ހަނީފްގެ ފުރަތަމަ ކައިވެންޏެވެ. ނަމަވެސް އައިޝާ މީގެ ކުރިން އިތުރު ކައިވެންޏެއް ކޮށްފައި ވެއެވެ.

މި ދެ މީހުން ފޭސްބުކުން ދިމާވެ ވާހަކަދައްކަމުން ދިޔައީ، ދެންދެން ލޯބި އުތުރި އަރައިގެންދާހާ ވަރަށެވެ. އެހެންކަމުން އެކަމަށް އެންމެންވެސް ރުހި ގަބޫލުވީއެވެ. އެންމެންނަށްވެސް ހީކުރެވުނީ އެއީ ހަމަ ލޯބިވެގެން ކުރި ކައިވެންޏެއް ކަމަށެވެ.

މި ޒަމާނަކީ އުމުރަކީ އެއްވެސް އެއްޗެއް ނޫން ކަން ބަލައިގެން ކައިވެނި ކުރާ ޒަމާންތާއެވެ. މި ކައިވެނިވެސް ކުރެވިގެން ދިޔައީ އެހެންނެވެ. އައިޝާގެ އުމުރަކީ 28 އަހަރެވެ. ހަނީފްގެ އުމުރަކީ އެންމެ 20 އަހަރެވެ.

ހަނީފަކީ އައިޝާ ދިރިއުޅޭ ރަށާއި ކައިރި ރިސޯޓެއްގައި މަސައްކަތް ކުރާ ޒުވާނެކެވެ. އެ ކައިވެނި ކުރަން ފެށުމުގެ ކުރިން އަނެއްހެން މި ދެ މީހުން މާބޮޑަށް ބައްދަލުވެފައެއް ނުވެއެވެ. އެހެންކަމުން ދެ މީހުންގެ އުޅުމާއި މިޒާޖެއް ނޭނގޭނެއެވެ. ނަމަވެސް އައިޝާ ބޭނުންވީ ދޮންކޮށް ހުންނަ ދިވެހި ޒުވާނަކާއި ކައިވެނި ކުރަންކަމުން، ހަނީފް ވެގެން ގޮސްފައި ވަނީ އޭނާ ބޭނުންވި ސިފަތައް ލިބިފައިވާ ޒުވާނަކަށެވެ.

އެ ކައިވެނި ކުރެވިއްޖެ އެވެ. ކައިވެނީގެ ގުޅުން އަބަދުގެ އަބަދަށް ދެމެހެއްޓުމަށް ލޯބީގެ ގޮށް ޖަހާލިއެވެ. ދެ މީހުން ދިރިއުޅެން ނިންމީ އައިޝާގެ މަންމަގެ ގޭގައެވެ.

ކައިވެނީގެ ފުރަތަމަ ރެއެވެ. ހަނީފަކީ ކައިވެންޏަކަށް މުޅިން އާ މީހެއް ކަމުން ކަންތައް ކުރަންވީ ކިހިނެއް ކަމެއް ހަދަންވީ ކިހިނެއްކަމެއް ނޭނގުނެވެ. އެއީ މައްސަލަގަނޑު ފެށުނު ހިސާބެވެ. އޭނާއަކީ "ވާޖިން"އެއްކަން އައިޝާއަށް ނޭނގުމެވެ. އައިޝާއަކީ ވަރަށް ބޮޑަށް ޝަހުވާނީ އެދުމައިގެން އުޅޭ މީހެއްކަން އެރޭ ހަނީފަށް އެނގުނެވެ.

އެރޭ ނިމިއްޖެ އެވެ. މިގޮތަށް ރޭތައް ގުނަމުން ދިޔައީ އެ މީހުންގެ ދެމެދުގައި މާބޮޑު ގުޅުމެއް ނެތި އެވެ. އޭގެ ދުވަސްކޮޅެއް ފަހުން އައިޝާ އަށް އުނދަގޫތަކެއް ވާން ފެށިއެވެ. ދެމީހުންގެ ދެމެދުގައި ގުޅުމެއް ބާއްވަން ބޭނުން ނުވިއެވެ. ކަންތައް ގޯސްވަނީ ހަނީފް ހުންނާތީކަަމަށް ބުނެ ހަނީފް އެހެން ކޮޓަރިއެއްގައި ނިދަން މަޖުބޫރު ކުރުވިއެވެ.

އާއިލާ ތެރެއިން ލިބުނު މައުލޫމާތަކުންވެސް އޭނާ އަކީ މީގެ ކުރިންވެސް މިފަދަ ގޮތަކަށް އޭނާގެ ކުރީގެ ފިރިމީހާއާ ކަންތައްތަކުގައި އުޅުނު މީހެކެވެ.

ހަނީފް ބުނާގޮތުގައި، އައިޝާއަށް އުނދަގޫތަކެއް ވަނީ އޭނާ އައިޝާއާ ކައިރިވާން ފެށުމުންނެވެ. އެއީ ސިހުރުގެ ކަމެއް ކަމަށް ރަށު ތެރޭގައި ވާހަކަދެކެވުނެވެ. އެންމެ ފަހުން އޭނާ އެކަމުން ސަލާމަތް ކުރުމަށް ހަނީފް މަސައްކަތް ފެށިއެވެ.

ނަމަވެސް ފަހުން އެނގުނުގޮތުގައި އެއީ ހުސް އާޓެވެ. އޭނާ ހަނީފް އާއި ގާތްވާން ބޭނުން ނުވަނީ އެވެ.

ދުވަސްކޮޅެއް ފަހުން އައިޝާއެއްކޮށް ރަނގަޅުވެއްޖެ އެވެ. އެއްވެސް ކަމެއް ވީހެން ހީވެސް ނުވެއެވެ. ހީނހީފައި ގޭގައި އުޅެއެވެ. އެކަމަކު ހަނީފް އާ ވާހަކަ ނުދައްކަ އެވެ.

ހަނީފް އާއި އެއްކޮޓަރިއެއްގައި އައިޝާ ނިދަން ބޭނުން ނުވާކަން ހާމަވެގެން ދިޔައިރު، އައިޝާ އޭނާގެ ކުރީގެ ލޯބިވެރިޔާއާ ފޯނުން ގުޅައިގެން ވާހަކަދައްކަން އޮންނަތަން ހަނީފް އަށް ފެންނަން ފެށިއެވެ. އެކަން ވެގެން ދިޔައީ ހަނީފަށް ބޮޑު އުނދަގުލަކަށެވެ. އައިޝާ ރޭގަނޑު ނުނިދައެވެ. އޭނާ އޮންނަނީ ފޯނުގައެވެ. އެ މީހުން ދައްކާ ވާހަކަތައް ހަނީފް އަޑު އަހައެވެ. އެންމެ ހަޑި ވާހަކަތަކެވެ. ޖިންސީ ވާހަކަތަކެވެ.

ހަނީފް އާއި އައިޝާގެ ގުޅުން، ވަރަށް ބޮޑަށް ހީނަރުވެއްޖެ އެވެ. އެކަން އެ މީހުންގެ އާއިލާއަށްވެސް އެނގި އެކަން ހައްލު ކުރުމަށް އުޅުނެވެ. އައިޝާ ގޮތްދޫނުކުރެއެވެ.

މިހެން ގޮސް ކައިވެންޏަށް މަހެއްވާން ކައިރިވިތަނާ ހަނީފްގެ ޗުއްޓީ ހަމަވެ އެނބުރި ރިސޯޓަށް ގޮސްފިއެވެ. ރިސޯޓަށް ދިއުމުންވެސް، ހަނީފް އާއި އައިޝާ ވާހަކަނުދައްކައެވެ. ފަހުން އެނގުނުގޮތުގައި، އައިޝާ ބޭނުންވީ ހަނީފް ކައިރިން ވަރިވާށެވެ.

ހަނީފް އެކަމާއި ވަރަށް ބޮޑަށް މާޔޫސްވިއެވެ. ފުރަތަމަ ކައިވެނި ކަމުން އެކަން، ކޮންމެ ގޮތެއް ހަދާފައިވެސް އެކަން ކުރިއަށްގެންދެވޭތޯ އުޅުނެވެ. ހަނީފްގެ އާއިލާއިން ބުނަނީ ހަމަ އެހެންނެވެ. ކައިވެނި ކުރިއަށްގެންދެވޭތޯ ބެލުމަށެވެ. ނަމަވެސް އޭނާ އެކަން ހުއްޓައެއް ނުލައެވެ.

އެންމެ ފަހުން އައިޝާ ބޭނުންވީ ހަނީފް ކައިރިން ވަރިވާށެވެ. ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ. ހަނީފްގެ ދޫ ބަންދުވިއެވެ.

ކޯޓުން ފުރަތަމަ ބެލީ ދެ މީހުންނާއި ވާހަކަދައްކައިގެން އެކަން ހައްލު ވޭތޯ އެވެ. ނަމަވެސް އެކަންވީ މާ ގޯސްކޮށެވެ. އައިޝާ ކޯޓަށް ދިން ބަޔާނުގައި ހުރީ މީހަކު ހަމަ އަންތަރީސްވެދާނެ ވާހަކަ ތަކެވެ. އައިޝާ ކޯޓަށް ދިން ބަޔާނުގައި ބުނެފައި ވަނީ، ހަނީފް އޭނާއާ ގުޅުން ހިންގަން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާގެ އެދުންވެރިކަން ނުފުއްދައިދޭ ކަމަށާއި، އެއްވެސް ކަމެއް ކުރަން ނޭނގޭ ކަމަށެވެ. އަދި އޭނާއާއެކު "ސެޓިސްފައި" ނުވާ ކަމަށްވެސް ބުނެފައި ވެއެވެ.

އައިޝާގެ ބަޔާނުން އިތުރަށް ދެން އެ ގުޅުން ކުރިއަށްގެންދަން ހަނީފް ބޭނުން ނުވިއެވެ. ހަނީފްވެސް ބޭނުންވީ އެކަން ނިންމާލާށެވެ. އެންމެ ފަހުން ހަނީފް ވަނީ އެކަން ނިންމާލަން ބޭނުންވާ ކަން ރަސްމީކޮށް ކޯޓަށްވެސް އަންގާފައެވެ.

އެ ގުޅުން އެއްކޮށް ކެނޑިއްޖެއެވެ. ރައްޓެހިންނާއި އޭނާގެ މުޅި އާއިލާ ތެރޭގައި ހަނީފް ފަޟީޙަތް ވެއްޖެ އެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. w އަމިނަތު

  ނުބައި އަންހެނުން ދުނިޔޭގައި ހާދަ ގިނަވެއްޖެއޭ

  205
  16
 2. ވަގަ ކަލޯ

  ފޭދޫ މީހަކާއި ޖެހުނު ނަމަ އައިޝާގެ ހުވަފެން ހަގީގަތަށް ވީސް

  80
  14
 3. ނުލަފާ

  ތިކަހަލަ ނުބައި ނުލަފާ އަންނެހެނެއްގެ އަވާގައި ޖެހި މަގޭ ފިރިމީހާ ވެސް މުޅިން ބޭޒާރުވެ މީހުންގެކުރިމަތީގައި އަގުވެއްޓީއްޖެ !!

  75
  8
 4. އަލިކޮއެ މިއާ

  މިޒަމާނަކީ ހުސް އަންހެނުންގެ ހައްގުހޯދަން އުޅޭ ޒަމާން، މީހަކާ އިނަސް ފިރިމީހާއަށް ކިޔަމަން ވާންޖެހިއްޖެއްޔާ އެވީ އަންހެނުންގެ ހައްޤައް. ފިރިމީހާގެ ހައްގެއް ނޯވޭ. ޙިލޭ ފިރިހެނުންނާ އެކު ތަންތަނަށް ދާއިރު އެއީ އަންހެނުންގެ ހައްޤު، ފިރިމީހައަށް 1 އިރު ކައްކާފަ ކާންދޭން ޖެހިއްޖެއްޔާ އެވީ ގެވެށި އަނިޔާއަށް.

  128
  12
 5. ކުރާގަނޑު

  ވިތް އޯލް ޑިއު ރެސްޕެކްޓް ހުރިހާ އަންހެނުންނަކީ ތިކަހަލަ މީހުންނެއްނޫން!
  ފިރިން އަނބިންގެ ވާހަކަ ނޫހައްދެނީ ވިސްނާފަތަ؟؟ ގިނަ ފަހަރު ފިރިންގެ ސަބަބުން ނުބައި މަގައް އަޅާ އަންހެނުން މަދެއްނޫންދޯ
  މަ ޕީސް ✌️

  109
  32
  • ރެސްޕެކްޓެޑް

   ހުރިހާ އަންހެނުންނެއް ނޫން. އެކަމަކު ވ ގިނަ އަންހެނުން ފިރިންގެ ހައްގުތައް އަދާނުކުރޭ.

   64
   5
   • މަށެނޫން

    މިހާރު މިއުޅޭ އަންހެނުންނަށް އޮންނަނީ ހުސް އެމީހުން ބޭނުންވާ ކަންކަން. ފިރިމީހާ ބޭނުންވާ ކަންކަން އެއީ ނެތްކަމެއް. ފިރިމީހާއަށް އެންމެ ކަމެއްކޮށް ނުދެވުނަސް އެވީ ވަރިވާން. ހީވާ ކަހަލަ މިމީހުންނޭ ފިރި ޤަބޫލުކޮށްފީމޭ ކިޔަނީވެސް.

    24
    4
   • ައަލީ ނަސީމް

    ޢަހަރެންގެ އަންހެނުން އަހަރެންނާ އަޅާނުލާ، ވަރަށް ދެރަވޭ. އަބަދު ވެސް ބުނާނީ އަހަރެން ވަރުބަލި ވެފައޭ. ޢަހަރެން ކުދިން ވެސް ބަލަން. ޢަންހެނުން ވަޒީފާއިން ވެސް ސައިކަލުގައި ގެނެސްދެން. ޙުރިހާ ކަމެއް ކޮށްދެން. ފިރުމާ ހަދަން ވަރަށް ލޯބިން ވާހަކަ ދައްކަން. މިހާރު ކުދިން ލިބިއްޖެ .

    14
 6. މާނު

  މަގޭ އަލަތު ކައިވެންޏަކީ ވެސް ހަމަ ތިހެންވި ކައިވެއްޏެއް. ޢައިޝާ ވިއްޔާ ކޯޓަށްތާ ދިޔައީ، މަގޭ އިނދެވަރި ކުރި މީހާ ދިޔަ ޕޮލިހަށްވެސް. ނުލަފާ އަންހެނުނަވެސް އުޅޭ. ޢަދި މީގަ އެންމެ ހެއްވާ ތަންކޮޅަކީ އަންހެނަކު ފިރިމީހާއޭ ކިޔައިގެން ކިތަންމެ ދިގެއް ހެދިޔަސް އެވާހަކަ އެނަމެން ޤަބޫލު ކުރާނެ، ފިރިމީހާ ދިފާއުގަ އިރުދައްކާފަ އެހެރީ އިރޭބުންޏަސް ބަޔަކު ނުކުރާނެ ޤަބޫލެއް. މިއީތަޖުރިބާ ކުރިކަމެއް.

  67
  4
 7. މިމީހާ

  ތިޔަ ޒާތުގެ އަންހެނުންގެ ނިމުން ވަރަށް ހިތިވާނެ އިންޝާﷲ. ނަރަކަޔަށް އަޅާލެވޭ ބައިގަނޑުގެ ތެރެއިން ގިނަވާނީ އަންހެނުން ކަމަށް ބުނެވޭ ބުނުމުގެ ކާފީ ހެކި މިފަދަ ކޮންމެ ނުބައި އަންހެނަކީ. އިރާދަފުޅުން ތިޔަ އަންހެނާއަށް ދުނިޔެމަތީގަ އަދި އާޚިރަތުގަވެސް ތިކަމުގެ އަނިޔާ ލިބެމުން ދިޔުން ދުޢާއަކީ. އާމީން

  40
  13
  • ހޯސް

   ފިރިހެނުންތެރޭ ކުއްކުރާލެ ގެވެށި އަނިޔާކުރާލެއް މަދީބާ؟

   23
   4
  • ހޯސް

   އަންހެނުން ވީމަ ނަރަކައަށް؟މިފަދަ ކިތައް ނުބައި ފިރިހެނުންތޯ އެދުވަނީ ކައިވެނިން ބޭރުން ގުޅުން ހިންގަމުން އަނބިދަރިންނަށް އަޅާ ނުލައި އެމީހުންނަށް އަނިޔާކޮށް ކުޑަކުދިންނާ ބެހި ހުސްވެސް އަންހެނުން ކުރާކަންތަޢް އެކަނި ފެންނަނީ؟

   41
   10
   • ޓބވފުރޭންކް

    ޖެންޑާ އަށް ރިޕޯރޓް ކޮށްބަލަ. މިތާ ކޮމެންޓް ކުރިއަކަސް ވާނެ ކަމެއް ނެތެއްނުން

    17
    3
   • ޙާމް

    މިތާގަ ވަކިބަޔަކު ރަގަނޅު ކިރަނީކީ ނޫނޭ. ޢަބަދު އަންހެނުންގެ ހައްޤު ހޯދަން، ކަމުގެ ދެކޮޅު ނުބަލާ ދުވާތީ. ޢެވާހަކަ މިތާގަ އެންމެންވެސް މިދައްކަނީ. ޢަބަދު ފިރިހެނުން ނަން ވެފަ އޮންނާތީ. ކުއްކޮށަފަވެސް ހަމްދަރުދީ މަޅި އަޅައިގެން އޭގައި މީހުން ޖައްސާތީ އެވާހަ މިދައްކަނީ. ސާފުވެއްޖެ.

    14
    2
 8. މަވެސް

  މީވެސް އަންހެނަކަށް ދިމާވި ކަމެއްނަމަ، މުޅި ދިވެހިރާއްޖެ ހުއްޓުމަކައް އައިސް

  56
  4
 9. Anonymous

  ދިވެހި ގިނަ އަހެނުންނަކީ ޒަވާޖީ ހަޔަަތަކަށް ކަމުދާ ބައެއް ނޫން މިހާރު. ވަގުތީ ގޮތުން ގެންގުޅެން ރަނގަޅު.
  ދަރިން ތަރުބިއްޔަތު ކުރާ މީހުން މިކަމާ ސީރިޔަސް ވާންޖެހޭ ވަރަށްބޮޑަށް

  34
  5
  • އިމް

   ވަގުތީ ގޮތުން ގިނަ ދިވެހި ފިރިހެނުންވެސް ދިވެހި އަންހެނުން ގެންގުޅެން އޯކޭ ވީމަ އެއް ނޫންތަ ގިނަ ވަނީ މިކަހަލަ އަންހެނުން އަދި ފިރިހެނުންވެސް. ތިމާ ބޭނުން ގޮތަކަށް އުޅިފަ އެއީ ކަމަކަށްވެސް ނަހަދާ ދެން ކައިވެނި ކުރީމަ މާ ހެޔޮގޮތްވާނެކަމަށް ބުއްދިވެރިޔަކު ހިޔެއް ނުކުރާނެ. ތިމާ ރަނގަޅިއްޔާ ރަނގަޅު މީހަކު ލިބޭނެ އިންޝާﷲ އެއީ އަލަތު ކައިވެނި ކުރެވުނު މީހާއަށް ނުވިޔަސް. އެ ހާދިސާގަ އެ ފިރިހެންމީހާ ގުޅުމެއްވެސް ނުހިންގައި އުޅެނިކޮށް ވަރިވެވުން އެއީ އެ ނުރަނގަޅު އަންހެނާގެ ކިބައިން ސަލާމަތްކޮށް ދެއްވަވާ އަދި ފިލާވަޅުތަކެއް ލިބިގެންދާނެ ކަމެއް އެމީހުނަށް ވިސްނާ ފިކުރު ކުރާނަމަ. ސާލިހު އިތްފަތްތެރި އަންހެނުން އަދި ފިރިހެނުންވެސް މަދު އެކަމް ދެބައި މީހުން ދިމާކޮށް ކައިވެނި ކުރުވަނީ މާތްﷲ އެކަލާނގެ ލިޔުއްވާފަވާ ކަންކަން ހިނގާނެ ތިމާ ކުރަންޖެހޭ ކަމަކީ މާތްﷲ އަށް އިތުބާރުކޮށް ކެއްތެރިވެލުން އިމްތިހާނުގެ ވަގުތުތަކުގައި ހަމަގައިމްވެސް ހަރާމްއަކުން ހިތްހަމަޖެހުމެއް އަރާމެއްނެތް ހަމައެކަނި ހަލާލުން ލިބުން އޮތީ ޝައިތާނަކީ މޮޔައެއް އަތުޖެހުނު މީހަކު މޮޔަ ހެއްދޭތޯ އުޅޭނީ

   24
 10. Dheenee

  ޢައިޝާާ އަށް އޯކޭވާނީ ޕާޓީ ކޮށް އައިޝާ ވިއްކާ ޑްރަގް އެޑިކްޓެއް. ތި އައިޝާ ވާނީ އޭގެ މީހަކަށް. ޢެއީ އެވާ އުނދަގުލަކީ.

  26
  1
 11. އިމް

  ތީގަ ކޮބާ ފިރިމީހާ ބަދުނާމު ވެފައެއް؟ އަނބިމީހާ ބުނިގޮތަށް ބަޔާނުގަ ލިޔެފައޮތް ވާހަކަ ތިއީ. ހިތްފަޅައިގެން ދާންވީ ކީއްވެ؟ ރަނގަޅު މީހަކާ ނުބައި މީހަކަށް ގުޅެވޭކަށްނެތް. އުފާ ކުރަންވީ. ތިއީ އިމްތިހާނެއް ފިލާވަޅެއް ވިސްނާ ފިކުރު ކުރާ ބަޔަކަށް. ކެއްތެރިކަމުގެ އިމްތިހާނުން ފާސްވީމަ ހެޔޮގޮތް މެދުވެރި ކުރައްވަވާނެ ޔަގީން

  26
  2
 12. މޫސަަ

  ނުބައިނުލަފާ އަންހެނުން ފަދައިން ނުބައިނުލަފާ ފިރިހެނުންވެސް މަދެއްނޫން...ތިމަރަފުށީ ނަމުން ދީންވެރިވެގެން މިހާރު ޖަލުގައި އޮތް ފިރިހެނަކު ހިލޭ އަންހެނަކަށް ގުޅައިގެން އަނބި މީހާއަށް ބޭވަފާރެތި ވުމުގެ އިތުރަށް އޭނައޭކިޔައިގެން ހަޑިހުތުރު އަޑުއަހާލަން ނުކެރޭހާ ވާހަކަތައް ދައްކާ..އެކަމަކު ސުންނަތަށް އުޅޭމީހެކޯ🤦‍♀️

  13
  1
 13. ގެރިގޭ އާސްތު

  މިވެސް އާރޓިލަލް އެއް؟ މިހާރު ހީވާކަހަލަ ހަމަނަމެއްގަ އެއްޗެކޭ ކިޔާފަލިޔަނީހެން.
  މި ކޮ،މެންޓް އެކްސެޕްޓް ކޮއްފިޔާ ރަނގަޅު.

  11
  1
 14. ާައަން

  ދިވެހި ގިނަ އަންހެނުންނަކީ މިކަހަލަ މީހުން. ޥަރަށް ދެރަ

  10
  5
 15. ާއަމީ

  ކީއްވެ އަބަދު އަންހެނުން ނުބައި ތިކުރަނީ ފިރިހެނުން ހަމަ އެހާރަނގަލީތަ

  8
  2
 16. Anonymous

  އަަހަރެންގެ އަންހެނުންވެސް އަހަރެން ކައިރިން އަމިއްލައަށް ވަރިވީ، އަންހެނަކު އޭނާއާއި މާބަދަހި ގުޅުމެއް އުފެދިގެން، އޭނާއާއެކު ތިން ހަތަރުމަސް ދުވަހު ނިދަން އުޅެފަ.
  އެއީ ކުޑަ ދަރިއަކުވެސް ހުއްޓާ ދަރިފުޅުވެސް އެއްލާލަފަ. މިއަދު އޭނާ އެދަނީ އޭނަދެކެ އަދި އޭނަވެސް އެމީހެއްދެކެ އެއްމެ ލޯބިވާ އަންހެން މީހާއާޢެކު ކޮޓަރިއެއް ކުއްޔަށް ހިފައިގެން އެކީގައި.
  މިއަދު މިހެން އުޅޭ އަންހެނުން މިނިވަންކަމާއެކު ބޭނުން ގޮތަކަށް އުޅެވެން އެބައޮތްކަން ކޯޓުންނާއި ޖެންޑާއިންނާއި އަދި ފުލުހުންވެސް މިމައްސަލަގައި މައްސަލަ ދިޔަގޮތުން އަދި ކަންތައް ދިމާވިގޮތުން މިވަނީ އަޅުގަނޑަށް ތަޖުރިބާ ކުރެވިފަ.
  އަހެރެންގެ އަންހެނުން އަހަރެން ކައިރީން ވަރިވީމަ މިއަދު އުފާކުރަން. އަލްހަމްދު ﷲ