ރާއްޖެއަކީ ފަތުރުވެރިންނަށް މަޝްހޫރު މަންޒިލެކެވެ. އެތައް ބައެއްގެ ހިތްތަކުން ރާއްޖެއަށް ޖާގަ ދެވިފައިވާއިރު، މީގެ ކުރިން ބައެއް ހޮލީވުޑް ފިލްމްތަކާއި އިންޑިއާގެ ބައެއް ފިލްމްތައް ރާއްޖޭގައި ކުޅެފައިވާކަން އެނގޭ ހެއްޔެވެ؟. އެ މައުލޫމާތު ނޭނގޭ ބަޔަކުވެސް ތިއްބެއެވެ. ތިރީގައި މިވަނީ ރާއްޖޭގައި ބައެއް މަންޒަރުތައް ނަގާފައިވާ ބައެއް ފިލްމްތަކަށެވެ.

ގޯސްޓް ކާންޓް ޑޫއިޓް!

މިއީ 1989 ވަނަ އަހަރު ތެރޭގައި ނެރުނު އެމެރިކަން ރޮމޭންޓިކް ކްރައިމް ފެންޓަސީ ކޮމެޑީ ފިލްމެކެވެ. މި ފިލްމް ލިޔެ ޑައިރެކްޓްކޮށްފއި ވަނީ ޖޯން ޑެރެކް އެެވެ. މި ފިލްމްގައި ބޯ ޑެރެކް އާއި އެންތޮނީ ކުއިން، ލިއޯ ޑަމިއަން، ޖޫލީ ނިއުމާރް، ޑޯން މުރޭގެ އިތުރުން، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެނިގެން ދެއެވެ.

މި ފިލްމްގެ ބައެއް މަންޒަރުތައް ނަގާފައިވާ ތަންތަނުގެ ތެރޭގައި ސްރީލަންކާ، ދިވެހިރާއްޖެ އަދި ހޮންގކޮންގ ހިމެނެއެވެ.

ކޮން-ޓިކީ 2012

ކޮން-ޓިކީއަކީ 2012 ވަނަ އަހަރު ނެރުނު ހިސްޓޯރިކަލް ޑްރާމާ ފިލްމެެކެވެ. އެ ފިލްް ޑައިރެކްޓް ކޮށްފައި ވަނީ ޖޯޝިމް ރޮނިންގ އާއި އެސްޕެން ސޭންޑްބާގް އެވެ. އެ ފިލްމްގެ ބޮޑު ބައި ނަގާފައި ވަނީ މަލްޓާގެ ރަށެއްގައެވެ. އެ ފިލްމަކީ އިންޓަނޭޝަނަލް ކޯ ޕްރޮޑަކްޝަން އެކެެވެ.

އެ ފިލްމްގެ ޕްރިންސިޕަލް ފޮޓޯގްރަފީ ކުރިއަށްގެންގޮސްފައި ވަނީ ނޯވޭ، މަލްޓާ، ބަލްގޭރިއާ، ތައިލެންޑް، ސްވެޑެން، އަދި ދިވެހިރާއްޖޭގައެެވެ. ތިން މަހާއި ބައިގެ ތެރޭގައި، އެ ފިލްމް އުފެއްދުންތެރިޔާ އެ ފިލްމްގެ ޝޫޓިންގތައް ކުރިއަށްގެންގޮސްފައި ވަނީ ކަނޑުމަތީގައެވެ. އެއީ އެ ފިލްމް ޝޫޓް ކުރުމުގެ ތެރެއިން އެ މީހުންނާއި ކަުރިމަތިލާން ޖެހުނު ޔުނިކް ޗެލެންޖެކެވެ. އެއީ ފިލްމް ވަރުގަދަވުމުގެ އެއް ސަބަބު ވެސް މެއެވެ.

އެ ފިލްމަކީ ގިނަ އެވޯޑްތަކަކަށް ނޮމިނޭޓްވި ފިލްމެއް ވެސް މެއެވެ.

ސްޓާ ވާޒް - ރޯގް ވަން

"ސްޓާ ވޯސް" ސިލްސިލާގެ ފިލްމު "ރޯގް ވަން"ވެފައި ވަނީ އާއްމުންގެ ތެރޭގައި ބޮޑު މަގްބޫލު ކަމެއް ލިބުނު ފިލްމަކަށެވެ. ދިވެހިންގެ ތެރޭގައި މި ފިލްމް ހާއްސަވެގެން ދިޔަ ސަބަބަކީ ރާއްޖޭގައި މި ފިލްމްގެ ބައެއް މަންޒަރުތައް ކުޅެފައިވުމެވެ. އެ ފިލްމްގެ ޝޫޓިންގގެ މަސައްކަތުގައި ދިވެހިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ދިޔަ ކަމަށް ވެއެވެ. 2016 ވަނަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައި ނެރުނު އެ ފިލްމަކީ އިނގިރޭސި ވިލާތުގެ ގެރެތު އެޑްވަޑްސް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

"ރޯގް ވަން" ގެ ތަރިންގެ ތެރޭގައި ފެލިސިޓީ ޖޯންސް އާއި ޑިއޭގޯ ލޫނާ އަދި ރިޒް އަހުމަދުގެ އިތުރުން ފޮރެސްޓް ވިޓެކާ ހިމެނެއެވެ.

އެ ފިލްމްގައި ދިވެހި ސިފައިން ފެނިގެން ގޮސްފައި ވެއެވެ. ލ. އަތޮޅުގެ ބައެއް ފަޅުރަށްތަކުގައި ޝޫޓް ކުރި އެ ފިލްމް އެތައް ކެޓެގަރީއަކުން ނޮމިނޭޓް ހަތް ވަރަކަށް އެވޯޑް ހާސިލްކޮށްފައި ވެއެވެ.

މި ފިލްމުގައި ދައްކައިދޭނީ ގެލެކްޓިކް އެމްޕަޔަ އުފެއްދުމާ އެކު، އެ ކަމާ ދެކޮޅަށް ނުކުންނަ ހަނގުރާމަވެރިންތަކެއް ހިންގާ ބޮޑު މިޝަނެއްގެ ވާހަކައެވެ.

ތީރަދާ ވެލިޔަޓޫ ޕިލާއި

މިއީ 2010 ވަނަ އަހަރު ނެރުނު ޓަމިލް ރޮމޭންޓިކް ކޮމެޑީ ފިލްެކެވެ.މި ފިލްމް ލިޔެ ޑައިރެކްޓްކޮށްފައި ވަނީ ތިރޫ އެވެ. މި ފިލްމްގެ ލީޑް ރޯލުން ނީތޫ ޗަންދްރާ، ތަންޝުރީ ޑުއްޓާ، ސަރާހް ޖޭން ޑިއަސް، ސަންތަނަމް، ސަތްޔަން ސިވާކުރާމް މަޔިލްސަމީ ހިމެނެއެވެ.

މި ފިލްމްގެ ޝޫޓިންގކުރިއަށްގެންގޮސްފައި ވަނީ ޗެންނާއި، ހައިދަރް އާބާދު އަދި ރާއްޖޭގައި އާއި ކޮޗީގައެވެ.

ފިލްމްތައް ނެގޭނެ ރަނގަޅު ވަސީލަތްތައް ރާއްޖޭގައި ހުންނަނަމަ ނުވަތަ ފިލްމްތައް ޝޫޓް ކުރެވޭނެ ސްޓޫޑިއޯތައް ހުންނަނަމަ ޔަގީނުން ވެސް އެއީ ރާއްޖެއަށް ބޮޑު އާމްދަނީއެއް ހޯދިދާނެ މުހިއްމު އިންޑަސްޓްރީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ރަށްމެދު

    ކޮބާ ހިންދީ ފިލްމު ސަމަންދަރު

    28
    • ނަކް

      އަދި އައިލެންޑް ޕްރިންސަސް ސޮރީ އައިލެންޑް ޕުރެޒިޑެންޓް ވެސް ދޯ

      11
      1
  2. ތޯރ

    ކޮން-ޓިކި އަކީ ރާއްޖެއައި އަދި ރާއްޖޭގެ ތާރީހާއި ބެހޭގޮތުން ތަޖުރިބާކާރެއް ކަމުގައިވާ ނޯވޭގެ އެކްސްޕްލޯރާ ތޯރ ހައިޑާލްގެ ހަޔާތަށް ބިނާކޮށްފައިވާ ރީތި މޮޅު ފިލްމެއް.

  3. އެދުރު

    1986 ގައި ވެސް ހިންދީ ފިލްމެއްގެ ބޮޑުބައި ރާއްޖޭގައި ކުޅެފައިވޭ. ސަނީ ޑިއޯލް، ޕޫނަމް ޑިލަން، އަނޫޕަމް ޚޭރް، އަމްރިޝް ޕޫރީ ލީޑް ރޯލުން ފެނުނު ފިލްމް 'ސަމުންދަރް'

    18
  4. އަންނި

    އަދި ހުރިހާ ވައްތަރެއްގެ ފިލްމު ކުޅުމުގެ ހުއްދަވެސް ލިބޭނެ ވަރަށް އަވަހައް.

    14
  5. ބޭރު

    ޔޫސޭ ކުޅުނު ބޭރު ފިލްމު އަންޑަރދަސަދަން ކްރޮސް ހިމެނޭ
    (ތ.ބުރުނީގައި )

    10
  6. މައިކު

    ކީވެ ސަނީ ޑިއޯލް ސަމަންދަރު ގެ ވާހަކަނައީ. އެއީ 99% ރާއްޖޭގަ ޝޫޓް ކުރި ފިލްމެ

    16
    • އ . ޖ . އ

      އެއޮތީނު ހަތް ވަރަކަށޭ..މީކީ އެއްވެސް މައުލޫމާތެއް ލިބިގެން އުޅޭ ބައެއް ނޫނެ

  7. ތުނބުޅި

    ކޮބާ "ސަމަންދަރު" އެ ފިލްމު އެއްކޮށް ވަނީ ރާއްޖޭގައި ނަގާފައި

    14
  8. ގގފފ

    ސަމަންދަރު ކޮބާ

    15
  9. ހުސޭނުބޭ

    ކޮބައިތަ ސަނީޑެއޯލްގެ ސަމަންދަރު

    16
  10. އަދސެދެ

    ކޮބާ ސަމަންދަރު

    15
    1
  11. ސަމަންދަރު

    ކޮބާ ހިންދީ ފިލްމް ސަމަންދަރު ސަނީޑިއޯލް ޕޫނަމްޑިލޮން އަމްރިޝްޕޫޜީ މުހިންމު ބައިތަކެއް ރާއްޖޭގަ ކުޅެފަވާފިލްމެއް އެއީ

    13
  12. ގަސްބުލޮކް

    ވަރަށް ގިނަ އޮރިޔާން ފިލްމުވެސް ކުޅެފަ ހުރި ތަނެއްމީ

    20
    2
  13. މަހިބަދޫ މީހާ.

    ކޮބާ ސަމަންދަރު އެފިލްމުގަ އަމްރިސްޕޫރީގެ ބޮޑީގާޑުންގެ ތެރޭގަ އުޅޭނެ މަހިބަދޫ ބޮޑޭ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އޭނަ އެއީ ސްޓާރ ސިނަމާގަ ވަޒީފާގަ އުޅޭ މީހެއް މިހާރުވެސް އުޅެނީ އެފެމެލީ މީހުން ކައިރީ ވަޒީފާގަ މާފަންނު ކޮޅުން ވަރަށް ގިނައިން މިހާރުވެސް ފެންނާނެ.

  14. މުޙައްމަދު

    މިސްރުގެ ފިލްމު ޔޫސުފު އެންޑު ޒައިނަބު

  15. ޅަބޭ

    ކޮބާ ރާއްޖެއައިސް އަސޭލާ ކުޅުނު ފިލުމުގެ ވާހަކަ؟

  16. ނިކޯ

    ސަލްމާންހާން ރާއްޖޭގެ ޓީއެމްއޭ ސީޕްލޭނާއެކީ ޝޫޓްކޮށްފަ އިންނަ ފިލްމެއްވެސް އިނދޭ
    ކޮބާތަ އެފިލްމް؟

    3
    1
  17. ނިކޯ

    ސަލްމާނުގެ މޭން ޕްޔާރް ކިއުން ކިޔާ އާއި ސުނިލް ޝެޓީގެ ފައިޓް ކްލަބް މެންބާރސް އޮންލީ ކޮބާ؟

  18. Anonymous

    ކޮބާ ހިންދީ ފިލްމު ސަމަންދަރު...މުޅި ފިލްމް ގެ 90% ނެގީ ރާއްޖޭގަ......މައުލޫމާތު މާ މަދީ

  19. އަލިކޮއެ މިއާ

    ހޮލީވުޑު އަދި މޮލީވުޑް ގެ މަޝްހޫރު ޑައިރެކްޓާރ ފާތުމަތު ނަހުލާގެ ، ޔޫސުފް، އަދި ކަލާޔާނުލާ ވެސް ހިމެނޭނެ.