ދާދިފަހުން ބޮލީވުޑްގައި އެންމެ ކުލަގަދަކޮށް ކުރެވިގެންދިޔަ އެކްޓްރެސް ސޯނަމް ކަޕޫރާއި މުމްބާއީގެ ވިޔަފާރިވެރިޔާ އާނަންދު އަހުޖާގެ ކައިވެނީގެ ހަފްލާގެ ފޮޓޯތަކުގައި ބޭނުންކުރި ހޭޝްޓެގްތައް އާނަންދު އާންމުކޮށްފިއެވެ.

މިކަމާއި ގުޅިގެން އާނަންދު އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެމީހުންގެ ކައިވެނީގެ ފޮޓޯތަކުގައި ހޭޝްޓެގްގެ ގޮތުގައި ބޭނުންކޮށްފައިވާނީ "ހޭޝްޓެގް ފެނޮމެނަލް" ކަމަށެވެ.

އާނަންދު އިތުރަށް ބުނެފައިވަނީ މި ހޭޝްޓެގްގެ ސަބަބުން ސޯނަމްއަށް އެޕްރިސިއޭޝަންއާއި، އެޓިޓިއުޑް އަދި ގްރެޓިޓިއުޑްގެ މުހިންމުކަން ވިސްނޭނެ ކަމަށްވެސް ޤަބޫލުކުރާ ކަމުގައެވެ.

https://www.instagram.com/p/BjLvVkwAODL/?utm_source=ig_embed

 

މި މަހުގެ އަށްވަނަ ދުވަހު ކުރެވިގެން ދިޔަ މި ކައިވެނީގެ ކުރިންވެސް މެހެންދި ސެރެމެނީ ފަދަ އެތައް ހަފްލާތަކެއް ބާއްވާފައިވާއިރު، މި ހަފްލާތަކުގެވެސް ހޭޝްޓެގްގެ ގޮތުގައި ބޭނުންކޮށްފައިވަނީ "ހޭޝްޓެގް ފެނޮމެނަލް" ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކައިވެންޏަށްފަހު ސޯނަމް ފިލްމް ފެސްޓިވަލްއަށް ދިޔަ ނަމަވެސް މިހާރު އޭނާވެސް ވަނީ އެނބުރި އައިސްފައެވެ. އަދި މިވަގުތު އޭނާގެ ކުރިއަށް އޮތް ފިލްމު "ވީރް ޑީ ވެޑިން" ގެ ޕްރޮމޯޝަންގެ މަސައްކަތުގައި ވަރަށް އަވަދިނެތި އުޅޭ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އާނަންދުވެސް އޭނާގެ ވިޔަފާރީގެ ކަންތައްތަކުގައި ބުރަކޮށް އުޅެމުންދާތީ، މި ދެމަފަރިންގެ ހަނީމޫން ޝެޑިއުލް ކުރެވިފައިވަނީ އޮކްޓޫބާރ-ނޮވެންބާރ އަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.