ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ގޮތުގައި ފާހަގަކޮށްލެވޭ ސަލްމާން ޚާން އާއި ރީތީގެ ރާނީ އައިޝްވާރިޔާ ރާއީ ލޯބީގެ ގޮތުން އޮފިޝަލް ކޮށް ގުޅުނީ 1999 ވަނަ އަހަރު އެވެ. އެ މީހުންގެ ގުޅުން ކެނޑުނީ 2001 ވަނަ އަހަރު އެވެ. ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ސަންޖޭ ލީލާ ބަންސާލީގެ 1997 ވަނަ އަހަރުގެ ފިލްމް ހަމް ދިލް ދޭ ޗުކޭ ސަނަމް ފިލްމް ޝޫޓިންގގެ ތެރެެއިންނެވެ. އެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެންޏާއި ހަަމައަށް ދިއުމަށްވެސް ވިސްނިއެވެ.

ސަލްމާން އާއި އައިޝްވާރިޔާގެ ގުޅުން ކެނޑި ފަހުންވީ ހަތުރުންނަށެވެ. އެކަންވީ ގޮތް އެކި މީޑިއާތަކުން އެކި ގޮތްގޮތަށް ދައްކާފައިވާއިރު، އެ ދެ މީހުންގެ ބްރޭކްއަޕް ސްޓޯރީއާ ގުޅުން ހުރި ބައެެއް ވާހަކަތައް އެބަ ހުއްޓެވެ.

ސަލްމާން އައިޝްވާރިޔާގެ މައިންބަފައިންނާއި މެދު ކަންތައް ކުރި ގޮތް

ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓްތަކުގައި ބުނެފައިވާގޮތުން، ސަލްމާން އައިޝްވާރިޔާގެ މައިންބަފައިންނާއި މެދު ގޯސްކޮށް ކަންތައް ކުރެވުނު ކަމަށް އެއްބަސްވެއެވެ.

"އަހަރެން އެ މީހުންނާއި މެދު ގޯސްކޮށް ކަންތައް ކުރިޔަސް، އަހަރެންނާއި އައިޝްވާރިޔާ ބައްދަލު ކުރަން ހުރަހެއް ނާޅާ، އައިޝްވާރިޔާއަށް ކަމަކު ނުދޭ އަހަރެން އޭނާގެ މައިންބަފައިންނާއި މެދު ކަންތައް ކުރާ ގޮތް".

މަކަރު ހެދުމާއި އޮޅުވާލި!

އެތައް އިންޓަވިއުއެއްގައި އައިޝްވާރިޔާ ވަނީ އޭނާ، އެހެން މީހަކާއި ގުޅުން ބާއްވަމުންދާކަމުގެ ތުހުމަތުތައް ސަލްމާން ކޮށްފައި ވެއެވެ.

"އަހަރުމެން ބްރޭކްއަކްޕްއަށްފަހު އޭނާ ފާޑުފާޑަށް އަހަރެންނާއި ގުޅޭގޮތުން ވާހަކަދެއްކި، އަހަރެންގެ ކޯސްޓާރުންނާއި އަޅުވާކިޔާހެދި، އޭގެ ތެރޭގައި އަބިޝޭކް އާއި ޝާހްރުކް ޚާންވެސް ހިމެނޭ". އައިޝްވާރިޔާ ޓައިމް އޮގް އިންޑިއާއަށް ބުންޏެވެ.

ސަލްމާން ކުރީގެ ލޯބިވެރިޔާއާ ގުޅުން އޮތް!

އައިޝްވާރިޔާ ގެގަޒިން އަަކަށް ދިން އިންޓަވިއުއެއްގައި ވަނީ ސަލްމާން އޭނާގެ ކުރީގެ ލޯބިވެރިޔާ ސޯމީ އަލީގެ ބައްޕަގެ ސާޖަރީއަކަށް ފައިސާ ދިނުމަށްފަހު، އޭނާއަށް ނާންގާ އެމެރިކާއަށް ދިޔަ ކަމަށް ބުނެފައެވެ. މިކަން ހިނގިފަހުން ސަލްމާން އާއި އޮތް ގުޅުން އެއްކޮށް ކަނޑާލަން އައިޝްވާރިޔާ ނިންމި ނަމަވެސް، ފަހުން ސަލަމްނާ ވަނީ ހުރިހާ ކަމެއް ކިޔާދީފައެވެ.

ސަލްމާން ބަނގުރާ ބުއިން!

ދަ އިންޑިއަން އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި އައިޝްވާރިޔާ ވަނީ ސަލްމާން އާއި އޮތް ގުޅުން ކަނޑާލަން ނިންމި ސަބަބު ހާމަކޮށްފައެވެ.

"އަަހަރެން އޭނާއެކު ހުރި އޭނާ ބަނގުރާ އެއްޗެހި ބޯކަން އެނގިވެސް، އޭނާ އަހަރެންނަށް ނަފްސާނީ ޖިސްމާނީ އަދި ހުރިހާ ގޮތަކުންވެސް އަނިޔާ ކުރި، މިއީ އަމިއްލަ ނަފްސަށް އިހުތިރާމް ކުރާ އެހެން އަންހެނުންނޭ އެއްފަދައިން އަހަރެން އޭނާއާ ރުޅިވި ސަބަބު

ޖިސްމާނީ އަނިޔާ ދިން!

އައިޝްވާރިޔާ ބުނީ، ސަލްމާން އޭނާއަށް ޖިސްމާނީގޮތުން އަނިޔާ ދޭ ކަމަށެވެ. އަދި އޭނާ މަސައްކަތަކަށް ދަނީ އެފަދަ ކަމެއް ނުވާ ކަމަށް ހަދައިގެން ކަމަށާއި، އޭނާ ފޯނު ނުނެގުމުން ބައެއް ފަހަރު ސަލްމާން އޭނާގެ އަމިއްލަ ނަފްސަށް އަނިޔާ ކުރި ކަމަށް އަައިޝްވާރިޔާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    ތީ ހުސްދޮގު އައިސް ތެދުހާމަ ކޮއްބަލަ އެއްފަހަރު ނަަމަވެސް ޕުލީޒް އައިވިލް އޯލްވޭސް ލަވްޔޫ.

    8
    6
  2. Anonymous

    އައިޝްވަރުޔާ އާއި ބެހޭގޮތުން ވިކިޕީޑިއާގައި ލިޔެފައިވަނީ ސަލްމާން އާއި އައިޝްވަރްޔާ ވަކިވީ ސަލްމާން، "އަތުން ފައިން" އައިޝްވަރްޔާ އަށް އަނިޔާ ކުރާތީއެވެ. ޖޫހީ ގެ ބައްޕަ ވެސް ސަލްމާން ޙާން އާއި ޖޫހީ އިނުމަށް އެއްބަސް ނުވީ ސަލްމާން ޙާން ގެ އަޙްލާޤީ ފެންވަރު ދަށް ކަމުންކަމުގައި ލިޔެފައިހުރެއެވެ. މިހާރު ސަލްމާން ޙާން ގެ ޢުމުރުން 55 ކެވެ. ނަމަވެސް އަދިވެސް މީހަކާ އިނުމަކާ ހަމައަކަށް ނުދެއެވެ. ވިދާހާ އެއްޗަކީ ރަނެއް ނޫނެވެ. އެއޮޑިއެއްގެ ވަރު އިނގޭނީ އެއޮޑޮއަކުން ދަތުރު ކުރީމައެވެ.

    29
    2