މަޝްހޫރު ކޮމޭޑިއަން ބާރްތީ ސިންގވެފައި ވަނީ އެތައް ޝޯވއެއްގައި އާއްމުން ހެއްވާލާ ތަރިއެއްގެ ގޮތުގައެވެ. އޭނާ ދާދި ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރިއިރު، އެ ހައްޔަރު ކުރި ދުވަހަކީ އޭނާ ލަވަކިޔުންތެރިޔާ ނެހާ ކައްކަރްގެ ކުރުކަމުގެ ވާހަކަދައްކައި، އޭނާއަށް މަލާމަތް ކުރި ދަ ކަޕިލް ޝަރްމާ ޝޯވގެ އެޕިސޯޑު ދެއްކި ދުވަހެވެ.

ބާރްތީ ހައްޔަރު ކުރުމުގެ ކުރިން އެ އެޕިސޯޑް ވަނީ ޝޫޓް ކޮށްފައެވެ.

އޭނާ އާއި ފިރިމީހާ ހާރޝް ލިމްބްޗާޔާ ހައްޔަރުކޮށްފައި ވަނީ ގެއިން މަސްތުވާތަކެތި ފެނުނު މައްސަލައަށްފަހު، އެންސީބިން ކުރިމަތި ކުރުވި އެތައް ސުވާލުތަކަށް ލިބުނު ޖަވާބުތަކަށް ފަހު އެވެ. ދެ މީހުންވެސް ވަނީ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އެއްބަސްވެފައެވެ. މިހާރު ދެ މީހުން ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލާފައެވެ.

އެ އެޕިސޯޑް ދައްކާފައި ވަނީ ބާރްތީ ހައްޔަރު ކުރިތާ މާގިނަ އިރުތަކެއް ނުވަނީސް އެވެ. އިންޑިއަން އައިޑޮލް 2020ގެ ފަނޑިޔާރުން ކަމަށްވާ ހިމޭޝް އާއި ވިޝާލް އަދި ހޯސްޓް އަދިތްޔާ ނަރަޔަން އެ އެޕިސޯޑުން ދެނިގެން ދެއެެވެ.

އޭނާ އެ ތަރިންނަށް މަރުހަބާ ކިޔަމުން ވަނީ ނެހާ ކައްކަރް ކޮބައިތޯ ސުވާލުކޮށްފައެވެ. އެ ސުވާލު ކުރުމުގެ ތެރެއިން އޭނާ ވަނީ ނެހާ ކައްކަރްގެ އިސްކޮޅާއި ގުޅޭގޮތުން މަލާމަތް ކޮށްފައެވެ. އޭނާ ވަނީ ދޮންކެޔޮ ވަކެެއްގެ ތެރެއިން ނެހާ ކައްކަރް ފެނޭތޯ ބަލާފައެވެ.

އަދިތްޔާ ވަނީ ނެހާ ކައްކަރް ކައިވެނިކޮށްފައި ވާ ކަމަށް ބުނެފައެވެ.

ބާރްތީ އަކީ ވަރަށް ސީރިއަސް ހާލަތްތަކުގައިވެސް އާއްމުން ހެއްވާލުމުގެ ގާބިލްކަން ލިބިފައިވާ ފަރާތެކެވެ. އޭނާގެ މަގްބޫލުކަން އިންތިހާއަށް ގޮސްފައިވާއިރު، މަސްތުވާތަކެތީގެ މައްސަލައަށްފަހު ދެން އޭނާއަށް ވާނެ ގޮތެއް އަދި ބުނަން ދައްޗެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޞާރި

    މަސްތުވެގެން މަޖާ ވެވ ވޭނީ ... ހަމަ މީހުން މަޖާ ނުވާނެ

    37
    10
  2. ވަހުތާން

    ޢެއޮތީ ހުރިހާ ކަމެއް ނިމިފަަ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެދެން ނިމުނީ ސަރުކާރަށް ލާރިކޮޅެއް ލިބުނީމަ

    16
  3. ޅޯލް

    ޙުންނާނީ މަޖާވެފަ

    14
  4. ރިހާކުރުކުޑޭ

    މިޚަބަ ރުން އެއްޗެއްނޭގުނު!

    10
    9