ބޮލީވުޑްގެ ކުޅަދާނަ އެކްޓަރުންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދައިފައިވާ ދެމަފިރިން ކަމުގައިވާ ބިޕާޝާ ބާސޫއާއި ކަރަންގް ސިންގްގެ ކައިވެންޏަށް ހަތަރު ވަރަކަށް އަހަރު މިހާރު ވަނީ ފުރިފައެވެ. މިއީ ބޮލީވުޑްގައި އެންމެ ގިނަ ބަޔަކަށް ކަމުދާ އެއް ޖޯޑަށް ވާނެއެވެ.

މީސްމީޑިއާއަށް ދޫކޮށްލާ ރީތި ފޮޓޯތަކާއި އެކު މީހުންގެ ހިތްތައް ފަތަހަކުރާކަށް އެ ދެ މީހުންނަކަށް މާކައުނދަނގޫ ކަމަކަށް ނުވެއެވެ. ބަލާކޮންމެ މީހަކު އެއްބަސްވާ އެއްކަމެއް އޮވެއެވެ. އެއީ އެ ދެމީހުގެ ޖޯޑަކީ ލޯބި ޖޯޑެއް ކަމެވެ.

2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އެ ދެތަރިން ކައިވެނި ކުރި އިރު އެ ދެތަރިންގެ ލޯބި ފެށުނީ ވަރަށް ތަފާތުކޮށެވެ. ބިޕާޝާ އާއި ކަރަން އާއި ދިމާވި ދުވަހު ބިޕާޝާ އޭނާ އާއި މެދުވީ އާދަޔާ ޚިލާފު ފޫއްސެއް ކަމަށް ބިޕާޝާ ވަނީ ޓީވީ އިންޓަވިއުއެއްގައި ބުނެފައެވެ.

ސަބަބަކަށް ވީ ޝޫޓިންއެއްގެ ވާހަކަ ދެއްކުމަށް ބައްދަލުވުމަކަށް ދާން އޮތް ދުވަހު ކަރަން އާދަޔާ ޚިލާފަށް ގަޑި ޖެހިގެން އައުމެވެ.

"އަހަރެން ބުނިން އަހަންނަކީ ގަޑި ޖެހޭ މީހުން ދެކެ ވަރަށް ފޫހިވާ މީހެކޭ. އިންތިޒާރު ކުރަން ޖެހުނު ގަޑިއެއްހާއިރު. އަދި އައި ގޮތަށް އައިސް ބުނަނީ ވަރަށް ރީއްޗޯ. އޭރު މަށަށް އިވިފައި އޮތީ މީނައަކީ ވަރަށް ބިޓިން މީހެކޭ." އެހެންވެ ވަރަށް ރުޅި އަންނަ ކަމަށް ބިޕާޝާ ބުންޏެވެ.

ކަރަން އެދުވަހު ގަޑިޖެހުނީ ބިޕާޝާ އަށް ކަމުދާނެ ގޮތަކަށް ހެދުން އަޅަން އުޅެގެންނެވެ. އޭނާ އެ މީޓިން އަށް ތައްޔާރުވެގެން އައީ ޓީޝާޓެއް ލައިގެންނެވެ. ދެން ޕްރޮޑިއުސަރު އެގޮތަށް ހުރުމުން ބިޕާޝާ ފޫހިވާނެ ކަމަށް ބުނުމުން އޭނަ ދިޔައީ ހެދުން ބަދަލު ކުރާށެވެ. ލަސްވި ސަބަބަކީ އެއީ އެވެ.

ލަހުން އާދެވުނު ނަމަވެސް ބިޕާޝާ ފެނުމުން އޭނާ ރީތިކަމުން ތައުރީފް ކުރުމުން އެއްވެސް ޖަވާބެއް ނުދިނުމުން ކަރަން އަށް ބިޕާޝާ ފެނުނީ ފޮނި މީހެއް ގޮތުގައެވެ. އެހެންކަމުން އޭނާ އެރު ބިޕާޝާ ދެކެ ވަރަށް ފޫހިވި ކަމަށް ކަރަންވެސް ބުނެއެވެ.

އެކަމަކު އެކުގައި ޝޫޓްކުރަން ފެށުމުން މަޑުމަޑުން އެކުވެރިކަން އާލާވިއެވެ. އަދި އެކުވެރިކަން ލޯތްބަށް ބަދަލުވިއެވެ.

ކަރަން އޭނާގެ އެކްޓިން ކެރިއާ ފެށީ ޓީވީ ޝޯތަކުންނެވެ. ބިޕާޝާ އެންމެ ފުރަތަމަ މި ދާއިރާއިން ފެނިގެންގޮސްފައވަނީ 2001 ވަނަ ބޮލީވުޑް ފިލްމު "އަންޖާބީ" އިންނެވެ. މި ދާއިރާއިން އެންމެ ފަހުން ފެނިފައިވަނީ 2015 ވަނަ އަހަރުގައެވެ.