އެލައިޑް އިންޝްއަރެންސްގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް އޭނާގެ ކައިވެންޏަށް 11 އަހަރު ފުރުމާއި ދިމާކޮށް އަންހެނުންނަށް ހަދިޔާ ކުރަން ގަތް އެއްޗެހި ދައްކާލުމަށް ޓްވިޓާގައި އާއްމުކުރި ވީޑިއޯއަކާއި ގުޅިގެން މީސް މީޑިއާގައި އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ނިއުޝާދު ޓްވިޓާގައި އާއްމުކުރި ވީޑިއޯގައި އޭނާ ދައްކާލާފައި ވަނީ އަލިފާނުން ރައްކާތެރިވުމަށް ބޭނުންކުރާނެ ބައެއް ތަކެއްޗެވެ. މައްސަލައަކަށްވީ ތަނެއްގައި އަލިފާން ރޯވުމާއި އަންހެނުންނާއި ހަމަހަމަ ކުރުމުންނެވެ. ނިއުޝާދުގެ ވީޑިއޯގައި އޭނާ މަސައްކަތް ކޮށްފައި ވަނީ އަންހެނުންނަކީ "އަލިފާންހައި ނުރައްކާތެރި އެއްޗެއް" ކަމަށް ވިސްނައިދޭން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ނިއުޝާދު އޭނާގެ އަނބިމީހާ އަށް ދޭން ކަމަށް ބުނެ ތިން ހަދިޔާއެއް ދައްކާލިއެވެ. ފުރަތަމަ ހަދިޔާއަކީ ފަޔާ ބްލެންކެޓެކެވެ. "މިއީ އަންހެނުން ރުޅިއައިމަ، މާބޮޑަށް ހޫނުގަދަވީމަ، އަލިފާންރޯވީމަ އަލިފާން ނިއްވަން ބޭނުންކުރެވިދާނެ އެއްޗެއް." ކަމަށް ނިއުޝާދުގެ ވީޑިއޯގައި ބުނެފައި ވެއެވެ.

ދެވަނަ ހަދިޔާއެއްގެ ގޮތުގައި ނިއުޝާދު އޭނާގެ އަންހެނުންނަށް ދިނީ "ގޭސް އެލާމް" އެކެވެ. ތިން ވަނަ ހަދިޔާއެއްގެ ގޮތުގައި ނިއުޝާދު ދިނީ އެންޓިފަޔާ ފުޅިއެކެވެ. "ދެން އޮތީ އެންމެ ފައްކާ އެތި. މިއީ ކައިވެނިކޮށްގެން އުޅޭއިރު މާބޮޑަށް މައްސަލަޖެހުނީމަ ހަމަ ރާސްލާފައި ނިއްވާލަންވީ. އެންޓިފަޔާއެއް." ނިއުޝާދު ވީޑިއޯގައި ބުނެއެވެ.

ނިއުޝާދަށް ފާޑުކިޔައި ޕޯސްޓް ކުރި ބައެއްމީހުން ބުނީ ނިއުޝާދު ބޭނުން ކޮންމެ ހަދިޔާއެއް އަނބިމީހާއަށް ދެވިދާނެ ކަމަށާއި ނަމަވެސް ނިއުޝާދުގެ ވިސްނުމަކީ އަންހެނުންނަކީ ރުޅިގަދަ ބައެއްކަން ސާބިތުކޮށްދިނުން ކަމަށެވެ. "އޭނާގެ ޓްވީޓަށް ޖަވާބުދިން ބައެއް މީހުން އޭނާ އަށް ތާއިދުކޮށް މިއީ ސަޅި ވާހަކަތަކެއް ކަމަށް ހަދަނީ އޭނާ އަކީ މަތީ މަގާމެއްގައި ހުރި މަޝްހޫރު މީހަކަށް ވުމުން. އާދައިގެ މީހަކު އާއްމުކުރި ވީޑިއޯއެއްނަމަ އެމީހަކު މިހާރު ރޮލާ ކާލާފާނެ." އެކަކު ބުންޏެވެ.

އިތުރު މީހަކު ބުނީ ނިއުޝާދުގެ ވާހަކަ ސަޅި ނޫންކަމަށާއި އޭނާގެ ވާހަކަތަކީ އަންހެނުން ކުޑައިމީސް ކުރުމުގެ ގޮތުން ދެއްކި ވަރަށް ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. އަލްޖިބްރާ

    އެމީހަކަށް ދެއްކޭނީ އެމީހަކަށް ދިމާވެފަ ހުރި ކަންތަކުގެ ވާހަކައެވެ. ދައްކާފާ ހުރި ވާހަކަތަކުން ލަފާކުރެވެނީ އޭނާގެ އަބިމީހާއަކީ އޭނާއަށް ކޮންޓްރޯލުނުކުރެވޭ ވަރުގެ ރުޅިގަދަ އަންބެއްގެ ގޮތުގައެވެ.

    57
    17
  2. ބޯ ހަލާކު

    އަންހެނުން މައިތިރި ކުރަން ނޭގޭ ދޯ؟؟ ވައިފުގެ އެނިވާސަރީ ވެސް އިސްތިހާރު ކުޅެގެން ދޯ ހޯދަނީ.... ބޯ ހަމަ ޖެހޭ ސޮރެއްތަ މީ؟؟؟

    34
    20
    • މީ

      މޭ ﷲ ގައިޑް ހިމް އާމީން

      6
      3
  3. ލައި

    ސޯވަޓް... މަޖާ ހެން ހީވަނީ.. ޖިންސީ ގޯނާ ކުރާ މީހުންގެ ކަންތަށް ބޮޑީ... މިދެން އެވަރު ކަމެއް ނޫން... ޑޮމެސްޓިކް އެބިއުސް ނޫން ވިއްޔާ ކޮންކަމެއް...

    50
    4
  4. ާމަރީ

    ހައް ހާ ނިއު އަތަށް ގޮވީ

    26
    5
  5. ހުސޭނުބޭ

    އަނެއްކާ އޭނައަށް އަންހެނެއްގެ ފަރާތުން ހިތުންނުފިލާވަރުގެ ބޮނޑިއެއް ލިބިފައި އޮތުން ވަރަށް ގާތް! މަގޭ ސިމްޕަތީ ބޮނޑި ބުއި މީހާއަށް!

    26
    5
  6. ާއަހަރެނެގެހިޔާލު

    ތީގަނެޠް އެއްވެސް މައްސަލައެއް. ޙަމަކަންތައް ބޮޑުކުރަންވެގެން އުޅޭބައެއް ދިވެހިންނަކީ. ގޭތެރޭގެ ބަދިގޭގައި މަސައްކަތް ކުރާ އަންހެނަކަށް ދޭން އެއްމެރަނގަޅު ހަދިޔާއަކީ ހަމަ ތިތަކެތި.

    61
    11
  7. މީން

    ދެން ފެންނާނީ 11 އަހަރުގެ ކައިވެނީގެ ހަދިޔާ ގެ ސަބަބުން ވަރިވެއްޖެ... އެހެން ކަންނޭނގެ.

    21
    19
  8. ހަނަ

    މިއަކުން އެއްވެސް މައްސަލަ އެއް ނުފެނުން

    55
    7
  9. ހުދާ

    ދެއްކުންތެރިކަން.. އަންހެނުން އިސްތިހާރު ކޮއްލިގޮތް މޮޅު..

    22
    7
  10. އަޝް

    ޓިޕިކަލް މޯލްޑިވިއަންސް...ހަޖަމް ނުކުރެވެނީ...

    28
    5
  11. ޚޮބަ

    ނިއު މެނަށް ރުޅި ގަނޑު މަދުކޮށްލަން ނޭންގެނީ ދޯ ހީހީހީ 😂😂😂😂

    18
    4
  12. މުއާޒް

    ތި އެޑްގަ މައްސަލައެއް އުޅޭކަމަކަށް ޕާސަނަލީ ޤަބޫލް ނުކުރެވޭ. ގުޑް ފޯ ބިސްނަސް ޔޫސް

    13
    2
  13. އަޖައިބުން އަންތަރީސް

    ސާބަހޭ ދިވެހިންނައް. މީހަކު ސާރކެސްޓިކް ގޮތަކަށް ދިން ހަމަ އެންމެ ރަނގަޅު ހަދިޔާ އެއް ވިއްޔަ. އަގު ބޮޑެތި ސެންޓާ ފޯނާ ނޫންވީމަދޯ. މި ހީވަނީ މިހާރު ހަބަރުގަ ލިޔާނެ އެއްޗެއް ނުލިބިގެން އުޅޭ ނޫސްވެރިންތަކެއް ހެން. އަންހެނުން ރުޅި ގަދަ ކަމުން މީމްސް ހަދަން އޯކޭ. މަޖަލަކަށް މީހަކު އޭނަގެ އަންހެނުންނައް އެއްޗެކޭ ބުނީމަ ފަލަ ސުރުހީ އަށް. މިއޮތީ ވާ ކަމެއް ދެން. ދެމަފިރިއަކަސްވެސް ދޫނުކުރޭ. މީގަ ހެއްވައީ އޭނަ އޯކޭ އޭނަ އަންހެނުން އޯކޭ އެކަމަކު ވަގުތު ނޫހުގެ މަރިޔަމް ޝާނީ އަށް ވަރަށް ބާރު ކޮށްފި މި ކަމުން. މަށަށް ހީވަނީ އެ މަންޖެ މާ ރުޅި ގަދަ ވީމަ މާ އޮފެންޑެޑް ވީހެން މިކަމުން..😒

    43
    5
  14. ބޯގޯސް މީހުން

    ގޯ ބެކް ހޯމް ކެރެންސް.
    މީހަކު ލޯބިން ކަމެއް ކޮށްލިޔަސް ކަލޭމެން އޭނަގެ ނޭފަތުގަ ހިފާތި! ބޯ ހަލާކު. ގައުމުގައި މީހުން ރަހީނު ކޮއްގެން ގެންގުޅޭ މީހުންގެ ވާހަކަ ދައްކަބަލަ. ރޭޕު ކުރާ މީހުންގެ ވާހަކަ ދައްކަބަލަ. މުޖުތަމައުގަ މިކަހަލަ މައްސަލަ ތަކައް ހައްލު ހޯދަބަލަ. މީހަކު ފޮޑިއެއް ޖެހިޔަސް ނޫހުގަ ޖަހާތި. ޕްރައޯރިޓީ އޮންނަނީ ވަރަށް ބޮޑަށް އޮޅިފަ. ގައުމު ހަލާކު ވަނީ އެހެންވެ. މިހެން ބުނީމަ ހަޖަމުނުވާނެ. ސަލާމަތެއް ނެތް.

    20
    3
  15. ބަގް

    މި ވީޑިއޯގަ މައްސަލައެއް އުޅޭކަމަށް ހީވަންޏާ އަމިއްލަދިރިއުޅުމުގަ ތި ހުރެވުނީ ވަރަށް ގިނަ މައްސަލަގަނޑެއްގެ ތެރޭގަ.

    ބަގް

    21
    3
  16. އަޕްވިމެން

    ތިރީގަ ކޮމެންޓްކޮއްފަ އިން އަލްޖިބްރާވެސް ހޫނުފެނަށް! އަންހެނުން ގެންގުޅެން ޖެހެނީ ކޮންޓުރޯު ކޮށްގެން ކަމަށް ބުނެވިއްޖެ ދޯ؟

  17. ޖިސްމުރޫހު

    ބޮޑުކޮންފުންޔެއްގެ މާކެޓިން މެނެޖަރުކަމަށް ތަޖުރިބާނެތް ޅަކުއްޖެއް ލީމަ ވާނެގޮތް

    6
    10
  18. ޑަންޑަނާ

    ޕަރސަނަލް ލައިފް ހިފައިގެން އޮފީހަށް ދިޔައީމަ ވާނެގޮތް ތިވަނީ.

    10
    3
  19. ﷲގެ އަޅާ

    ށޯއޮފް ކުރަން ކުރާ ކަންތަ ކުގަ ބަރަ ކާތެއް ނުލައްވަވާނެ.
    އަހަރެންގެ ހަބީ ލޯބިވާ ކަން އިނގޭ ބަލާލާ ގޮތުންވެސް. އެހެރަ ގިރާލާ މީރު ސައިތަށްޓަ ކުންވެސް. ދުވަހަ ކު ނުޖެހޭ ހެނދުނުވެސް ހަވީރު ވެސް އަމިއްލަ އަށް ސައިތަށި ގިރަން. ވަރަށް ލޯބިން ހަބީ ކޮށްދޭ ކަމެއް އެވެސް. ގްރޯސަރީ ށޮޕިންގް ކޮއްގެން އަންނަ އިރު ޗޮ ކްލެޓެއް ، މީރު ބިސް ކިޓް ޕެ ކެޓެއް ، ލޮލީ ޕޮޕް އެއް ވިއަސް ގެނެސްދޭ. ޕެޑް ފޮށި ވެސް ގަނެގެން ގެނެސްދޭ އެއްފޮށި ހުސް ނުވަނީސް. ދުވަހަ ކުވެސް ފާހާނާ ދޮންނަން ،ގޭގެ މޮޕް ޖަހަން ނުޖައްސާ. ކުދިން ފެންވަރުވާ ކުޑަ އިރު .
    ވީ ކް އެންޑްގަ ކައް ކަން ވެސް ހެލްޕްވޭ. ކައިވެންޏަށް 18 އަހަރު ވެއްޖެ.5 ކުދިން ލިބިއްޖެ. 40 އަހަރު ވެއްޖެ. ތިހުރިހާ އެނިވާސަރީ އަ ކާ ވާ ސަރީ އެއް ހަދަން ނުޖެހޭ. ޢީދު ހަދިޔާ ދޭ އަގު ބޮޑު ސެންޓާ ގޯލްޑް. ކޮންމެ ދުއަހަ ކީ އަހަރުމެންނަށް ހާއްސަ ދުއަހެއް.
    ކޮއް ކޯ ދައިތަ ބުނަން މި އުޅެނީ އުފަލާ ހިތް ހަމަ ޖެހުމާ ލޯތްބަ ކީ ވެސް ﷲ ލޯބިވެވޮޑިގަންނަވާ އަޅުންނަށް އް ކަލާނގެ މިންވަރު ކުރައްވާ އެއްޗެއް.ނި ކަން ﷲގެ ރުހުމާ ލޯބި ހޯދަން ޓްރައި ކކޮށްބަލަ. އޭރަށް ނުޖެހޭނެ ގަދަ ކަމުން "ލޯބި" ގަނެ ނޯސް ތަ ކުގަ އަނބި މީހާގެ ރުހުން ހޯދަން ސޭލް އަޅުވާ ކަށް. އަހަރެންގެ ހަބީދެ ކެ އެއްމެ ލޯބިވަނީ ބަރާބަރަށް ނަމާދު ކޮށް ގުރުއާން ކިޔަވާ އަދި ކުދިންނަށް ވެސް ކުރާ ގަދަރާ ލޯތްބީގެ ސަބަބުން.ސޯށަލް މީޑިއާ އަށް ށޯ އޮފް ކުރަން ބޭ ކާރު ވަގުތު ދުއްވާލާ ކަށް ނުޖެހޭ ދެ މީހުންވެސް، ވީ ލަވް ޓް ކީޕް އަވާ ޕްރައިވެޓް ލައިފް އަ ޕްރައިވެޓް❤
    އަލްހަމްދުލިއްލާހި .

    27
    3
  20. އަހްމަދު

    ނިއުޝާދުގެ އަންހެނުންނަކީ އެހާރުޅިގަދަ މީހެއްކަމަށް މަށަށް ގަބޫލު ކުރެވުނީ. 11 އަހަރު ވަންދެން އެރުޅިގަނޑު މައިތިރިވޭތޯ މަސައްކަތްކޮށް އެކަން ނުވީމާ ކުރިކަމެއްކަމަށް ބެލެވެނީ. އެއީ ހުރިހާ އަންހެނުންނަށް ކުރި މަލާމާތެއްނޫން. ސީދާ ނިއުޝާދުގެ އަންހެނުންނަށް ދިން އިންޒާރެއް.

    5
    2
  21. ސަމްސިއްޔާ

    އެލައިޑްގެ ލޯގޯ ޖެހި ޓީޝާޓެއްލައިގެން ތިކަން ކުރި ސަބަބެއް ނުވިސްނުނު. މިސޮރު ބޯހަމަ ޖެހޭތަ؟؟ މުޅި އެލައިޑްގެ ރެޕިއުޓޭޝަންވެސް ޚަރާބުކޮށްފި.

    5
    6
  22. ނަޖްވާ

    މި މަޖާކޮށްލަން ދައްކާ ވާހަކަ! ކިހިނެތް ވެގަނެގެންތަ މީހުންތަ މި އުޅެނީކީ އެއް! ކޮންމެހެނަކުން ސީރިޔަސްލީ ދައްކާ ވާހަކަ އެއް ނޫން! ހިޔުމަރ އެޕްރިސިއޭޓު ކުރަން ނޭނގޭ މީހުން ދައްކާ ދެ އުޅިއެއް ނުވާ ވާހަކަ! ނިޔުސާދު ގަނދަ ހަމަ!

    6
    1
  23. މުޙައްމަދު

    ދެމަފިރިން ޖައްސަން އުޅުން ކަޑަ. ކިހިނެތް އެހެން މީހެއްގެ ހިތުގަ ވާކަންކަން މާނަތިކުރަނީ؟ ތަންކޮޅެއް ޒިންމާދާރު ވާންވެއްޖެނޫންތޯ؟. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

    4
    1
  24. ނުލިބޭ ތިއެއް

    އެއްވެސް މައްސަަލައެއްނެތް

  25. ކަލޯ

    ހަޖަމް ކޮށްބަލަ ދިވެހިންނޭ، އެއީ އެސޮރު އެހެން ކުރި ކަމެއް ނޫނޭ. އެއީ އޭނާގެ އަންހެނުންނާ ދެމީހުން ގެ ސަމާސާއެއް ކުޑަ އިސްތިހާރަކާއެކު. ދެން ބަޔަކު މިވަރަށް މޮޔަވާން ޖެހޭ ސަބަބެއް ނުވިސްނުނު، އަންހެނުންނަށް ކޮން އަނިޔާއެއް ކިޔާކަށް؟ މާ ފެމިނިސްޓް ވެގެން ނޫޅެބަލަ

  26. މުހައްމަދު

    ތިއީ ތިވަރުގެ މަގާމަކަށް ކުފޫހަމަވާ މީހެއްނޫން. ހަދހިޔާގެ ތަކެތި ރަގަޅު. ނަމަވެސް މީނަގެވާހަކަ ސުމެއް.

    • ހަސަނު

      ޢެމަޤާމަކީ އެސޮރު އެ ކުންފުންޏަށް ދިއުމުގެ ކުރިން ރާއްޖޭގަ އޮތް މަޤާމެއް ކަމެއްވެސް ބަޔަކު ނުދަނޭ. އެ މަޤާމުގެ ހައިބަތު އެހާ ބޮޑުވީ އެސޮރާ ހެދިކަން މުޅި ރާއްޖެއަށް އެނގޭ. މޮޅެތި ވާހަކަ ދައްކާތީ ބައެއް ފަހަރު ތައުރީފް އަނެއް ބައި ފަހަރު މަލާމާތް ލިބޭނީ. ދުނިޔޭގެ އާދަ.

      3
      1
  27. ާމަންނު

    ހަހަ މަޖާ ވީޑިއޯއެއް. ހެޕީ އެނިވާސަރީ.