ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ފަތުރުވެރިކަމުގެ މަންޒިލެވެ. ރާއްޖެއަށް ކޮންމެ ދުވަހަކުވެސް އެތައް ހާހުން ފަތުރުވެރިން އަންނަމުން ދިޔައެވެ. ނަަމަވެސް ކޮވިޑް-19 އާ ހެދި މުޅި ދާއިރާ އަށް އޮތީ ލޮޅުން އައިސްފައެވެ. އެ ބަލިމަޑުކަމުގެ ތެރެއިން ބޯޑަރުތައް ބަންދުކުރުމާއި އެކު ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ދަށްވެ، މުޅިން ފަތުރުވެެރިކަމަށް ބަރޯސާވެެ އޮތް އިގްތިސާދަށް ބޮޑު ހީނަރުކަމެއް އައެވެ.
ނަމަވެސް ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި ފަތުރުވެރިންނަށް ހިދުމަތް ދޭން ފެށިފަހުން ކޮންމެވެސް ވަރަކަށް ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަން ފަށައިފިއެވެ. އެތަން މިތަނުން ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށައިފިއެވެ. މީގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ތަރިންވެސް ހިމެނެއެވެ.
މިގޮތަށް މަޝްހޫރު ތަރިން ރާއްޖެ އަންނަމުންދާތީ މިހާރު އެންމެ ހޫނުކޮށް މީސް މީޑިއާގައި ދެކެވެމުން އަަންނަ އެއް ވާހަކައަކީ މި ދަތި ދުވަސްވަރު، އިންޑިއާގެެ ބޮލީވުޑް އެެކްޓަރުން ރާއްޖެެއަށް އަންނަ ވާހަކައެވެ.
މިއާއި އެެކު އިންޑިއާގެ ގިނަ ބަޔަކު މީސް މީޑިއާގައި އަންނަނީ ރާއްޖެއަކީ އަގުބޮޑުތަނެއްގެ ގޮތުގައި ސިފަކޮށް ޖޯކުޖަހަން ފަށާފައެވެ. އިންޑިއާގެ ފިލްމީތަރިން ރާއްޖެއަށް ޒިޔާރަތްކޮށް ފޮޓޯތައް މީސް މީޑިއާގައި ހިއްސާކުރަން ފެށުމުން އިންޑިއާ މީހުން ކެކިކަތެވެ.
https://twitter.com/DanishSait/status/1330824348056186886
ޓައިގާ ޝްރޮފް، ވަރުން ދަވަން، ކެޓްރީނާ ކެއިފް ފަދަ މަޝްހޫރު ތަރިންނާއި، އިންޑިއާ ޗެނަލްތަކުން ދައްކާ ޑްރާމާތަކުގައި އުޅޭ ތަރިންތައްވެސް ވަނީ ރާއްޖެއަށް ޒިޔާރްތަކޮށް މީސް މީޑިއާގައި ފޮޓޯ ހިއްސާކޮށްފައެެވެ. ރާއްޖެއަށް އިންޑިއާގެ ފިލްމީ ތަރިން އައުމުން އިންޑިއާ މީހުން ވަނީ މިކަމާއި ގުޅޭ ގޮތުންވެސް އެކި ވާހަކަތައް ދައްކަން ފަށާފައެވެ.
BREAKING - Maldives is planning to change its name to Bandra...after frequent rush of Bollywood celebs to its islands.
— Arjun... (@iamZoomie) November 24, 2020
އެގޮތުން އިންޑިއާ ތަރިން ކޮވިޑް-19 އިގެ މި ތަދު ދުވަސްވަރު ރާއްޖެއަށް އަންނަނީ، އެމީހުންނަށް ހާއްސަ އަގުތަކެއް ކަނޑައަޅާފައި އޮތުމުންތޯ ގިނަބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
Why are all celebs in Maldives? They have some discount offer going on or what?
— Shilpa (@cyanramblings) November 23, 2020
ތިން މަހެެއްހާ ދުވަހު ރާއްޖޭގެެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ސަރުކާރުން އަލުން ވަނީ ފަތުރުވެރިކަމަށް ރާއްޖޭގެ ބޯޑަރު ހުޅުވާލައި ފަތުރުވެރިކަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައެވެ.
https://twitter.com/iDonnUnderstand/status/1330876835572436994?ref_src=twsrc%5Etfw
ބޯޑަރު ބަންދުކުރުމުގެ ކުރިން އިންޑިއާ މީހުންގެ ތެރޭގައި ރާއްޖެއަކީ ވަރަށް މަގުބޫލު މަންޒިލެކެވެ. އޭރު ދެވަނަ އަށް އެެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަމުން އައި ގައުމު ކަމަށްވާ އިންޑިއާގައި ރާއްޖެެ އިސްތިހާރު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފުޅާ ދާއިރާއެއްގައި ފަށާފައެެވެެ.
ރާއްޖެ އަގުބޮޑުވެގެން އިންޑިޔާ މީހުން އެހައި ނުރުހެންޏާ ބޮލީވުޑް ތަރިންނަށްޓަކަށް ތިލްފުށީގައި ގެރިކޮށްޓެއް އަޅާދީފައި އެތަނުގައި ދުވާލަކަށް 1 ޑޮލަރުގެ ރޭޓުން ބަހައްޓާދީ!
ހުސޭނުބޭ އަސްލުވެގެން އުޅޭ އެއްޗަކީ ސަރުކާރުން އެމީހުނައްދައުވަތުދެނީ...ރައްވެހިކަމުގެ ބިލް ތަސްތީދުކޮށްފައިނީ...އިންޑިއާއަށް މިތަން ދައްކާ އެމީހުންގެ ގިނަ ރިޗް މީހުން ދިވާނާކޮށްފަ މި ގައުމަށް ވަޒަންވެރިކުރުމުގެ އުނކުޅެއް
😭😭😭😭😭😭
ހާދަ ޖޭވެސް ވެއޭ ދޯ.. އިންޑިއާ މީހުންނަކީ ތިކަހަލަ ބައެއް.. އެ މީހުންނަކަށް ރަނގަޅު އެއް ގޮތްވެސް ނޯނާނެ
އަޖައިބެއްކަހަލަކަމެއް. ލާރިތިބިމީހުން ދަތުރުކުރުމަކީ އެބައެއްގެކަމެއްނޫންތަ؟ ތަރިންފޮނުވާފޮޓޯތައްފެނި ޗޭވީމާ ކޯވަޅަމް ބީޗަށްގޮ ސް އެކަޅުވެލިގަނޑުމަތީގަ ފަޓުލޫނުގެފައިކުރިއޮޅައިގެން ފައިވާން އަތުންނަގައިގެންތިބެ ރާޅުޖަހާފަށުގަ ދެކޮޅަށްހިނގަހިނގާތިބީމަ އެވީނުން ..
ތިފޮޓޯއިންތިފެންނަގޮތަށް ބަހުގަޔާއި ރޭލުގަ އެލިގަނެގެންނުދިޔާމަތޯ މިވެރިން މިހާކަންތައްބޮޑުމިވަނީ ؟؟
ހަސަދަވާގެރިތަކެއް
ޢިންޑިއާ މީހުން ނަޔަސް މިގައުމް ޓޫރިޒަމް ބޮޑު އަގުގަ ކުރިއައް ދާނެ. ގެރި އިންޑިއާ
ދިވެހިންގެ ގިނަ މީހުންނަށް ވެސް މިޙާރު ރިސޯޓަކަށް ނުދެވޭނެ
މިދެން ޚަބަރެއްތަ؟
ސަރުކާރަކުން ބޭނުންވެގެން ބަޔަކައް ފަނޑު ކުރަންޔާ ޗުއްޓީއައްވެ ސް ދާކައް އުނދަގުލެއް ނުވާނެ. ޅިބޭ ފުރު ސަތު ދޫކޮއްލައިފިއްޔާ ދާއިރާގަ ކުރިޔައް ނުދެވޭނެ. ވިލާގެ ގިނަހޮޓާ އިންޑިޔާ މާކެޓައް ވިއްކަނީ ކޮކާކޯލާ ދަޅެއްގެ އަގުގަ. މިއަދު އިންޑިޔާ އިތުރުވީ އެހެންވެ
އަވަށްޓެރި ބަޔަކު މިތަނަށް ފާވެގަންނަން މަސައްކަތް ވެސް އެކުރަނީ އެރަން ބިހުން ލިބޭ ފައިދާ އެނގިގެންވމީޔަ
ގައި މު
އަސްލު މޯދީއާއި އުބުށެން ވަނީ ޑީލެއްހަދާފަ މިޑީލުގެ ދަށުން ބޮލީވުޑުތަރިން ރާއްޖެ އަންނަނީ ހިލޭ މަގުސަދަކީ ގިނަލާރި ލިބޭމީހުންގެ ރެސިޑެންސީ ވިސާ ރާއްޖެއިން ހިލޭދިނުން ދުނިޔެއަށް އަންގައިދިނުން އެކަމަކު އިންޑިއާގެ ރަށްޔަތުންނަކަށް މިކަމެއް ރެޔަކާނުލާ ހީވަނީ އެމީހުންގެ ފައިސާއިންނޭ ޗުއްޓީ އަށް އަންނަނީ.
މިވަރުގެ ބަޔަކާތަ މިސަރުކާރުން ކައިވެނިކޮށްގެން މިއުޅެނީ.؟ ކިހާ ހެޔޮއެދޭ އަނތްބެކެދޯ އިންޑިޔާއަކީ!