ބޭނުންވާތަކެތި

8 ފޮތި ޕާން

4 ބިސް

3 މޭޒުމަތީ ސަމްސާ ފިޔާ ( ކުދިކޮށް ކޮށާފައި)

1 ޓޮމާޓޯ ( ކުދިކޮށް ކޮށާފައި)

1 ސަމްސާ މިރުސް

1 މަސްދަޅު

1 މޭޒުމަތީ ސަމްސާ ލުނބޯތުތް

ރަހަލާވަރަށް ލޮނު

ކުޑަ އަޖިނަމޮޓޯކޮޅެއް

އަސޭމިރުސް ކޮޅެއް

ތައްޔާރުކުރާނެ ގޮތް

ބިސް ތަށްޓަކަށް ތެޅުމަށްފަހު ރަގަނޅަށް ގިރާލާށެވެ. އެއަށްފަހު އެތެރެފުންތަށްޓެއްގައި ޕާން ފިޔަވައި އެހެން ހުރިހާއެއްޗެއް މޮޑެލައި އޭގެ ތެރެއަށް ގިރާފައި ހުރި ބިސް އަޅައި ރަގަނޅަށް އެއްކޮށްލާށެވެ. ދެން ޕާންފޮތިތަށް މެދުން ކެފުމަށްފަހު ބިސްއެއްޗަށްލާ ފޯކޮށްލާށެވެ. ދެން އުނދުން މަށްޗައް ތަވާ އުނދުމަށްފަހު ހޫނު ވެލުމުން ކުޑަ ތެޔޮފޮދެއް ހާކާފައި ފޯކޮށްފައި ހުރި ޕާންތަކުގައި ފިހެލާނީއެވެ.