ބައެއް މީހުންނަކީ ވަރަށް އަވަހަށް މީހުންނަށް ހިތްދެވޭ މީހުންނެވެ. ލޯބީގައި އެފަދަ މީހުންނަކީ ވަރަށް ފަސޭހައިން ލޮޓި ލިބޭ ބައެކެވެ. މާގިނައިން މީހަކު ލޯބީގެ ގޮތުން ލިބޭ މީހުންނާއި ރުޅިވެގެން ދެރަވެ ހިތުގައި ޖެހޭ ނަމަ އެކަމާއި މެދު ސަމާލުވުން މުހިންމެވެ. ޚާއްސަކޮށް އެ މީހަކު ދޫކޮށްލަނީ އެހެން މީހުން ކަމަށްވާނަމަ ސަމާލުވުން މުހިންމެވެ. އެކަން އެގޮތަށް ވަނީ އޭނާގެ ކުށެއް އޮވެގެން ކަމަށް ނުވާނަމަ މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެކެވެ.

އާއްމުކޮށް އެފަދަ މީހުންނަށް ވަރަށް ބޮޑަށް ޖޯކު ޖަހައެވެ. އެފަދަ މީހުންނަކީ އަބަދު ހިތްހަލާކު ވެފައި ތިބޭ ބައެއްކަމަށް ބުނެ މަލާމާތްވެސް ކުރެއެވެ. ހަގީގަތަކީ ލޯބީގެ ގޮތުން ގުޅޭ މީހާ އާއި ވަކިވެގެން އަބަދު ތަކުރާރުކޮށް ދެރަވާނަމަ އެކަމުން އިތުރު ނަފްސާނީ އަދި އެހެނިހެން ދެރަ ގޮތެއް މެދުވެރިވުމުގެ ފުރުސަތު އޮންނަ ކަމެވެ.

އެގޮތުން ދިގު މުއްދަތަކަށް މިގޮތަށް ދިމާވާނަމަ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދަށްވުމާއި، ޖަޒުބާތުތަކާއި ކުރިމަތިލާން ނުކެރުމާއި ބައެއް ހާލަތުތަކުގައި ހިތުގެ ބަލިމަޑުކަމަށް މަގުފަހިވާ ހިސާބަށް ކަންކަން ހިނގައިދާނެއެވެ. އެހިސާބަށް ކަންކަން ދިއުމުގެ ކުރިން މަލާމާތް ކުރުމުގެ ކުރިން އެކުވެރިޔާ އަށް އެހީތެރިވާށެވެ.

އޭނާ އަށް އެކުވެރިއެއްގެ އެހީތެރިކަން ހަގީގަތުގައި ވަރަށް ބޮޑަށް ބޭނުންވެފައިވެސް ހުރެދާނެއެވެ.

އަދި މާ އަވަހަށް މީހުންނަށް އިތުބާރު ނުކުރުމަށާއި، މީހުންގެ ގޮތް ނުހޯދާ މީހުންނަށް ގޮސް ހުސް ނުވާން ކިޔާދޭށެވެ. އަދި މީހަކަށް ހިތް ދިނުމުގެ ކުރިން އެ މީހާއަކީ ތިމާ އާއި މެދު ނިޔަތް ސާފު މީހެއްކަން ދަސްކުރަން ކިޔާދޭށެވެ. އެކުވެރިޔާގެ ހެޔޮކަމުގެ، ފައިސާވެރިކަމުގެ ނޫނީ އެހެންވެސް ކަމެއްގެ ފައިދާ ނަގަން ފުރުސަތު ނުދޭށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޥިރާނީ

    މަ ސަލާމާތް ކުރޭ... ޕުލީޒް

    13
  2. އަންނި

    ބިޓެއް ލިބެގެނެއްނު ފުރަތަމަ ކަޓާނީވެސް.🤪

    24
  3. ގަސް

    މިއިސްލާމީމުޖުތަމައުގަ ބިޓުކަންތައް ފުރަތަމަ ތި ހާވަރަށް ނޯމަލައިޒް ކުރެވެންވާނެތަ. އަބަދު ބިޓުންނާހެދި ވަރިފަށަށް އަރާފަ ތިބޭ މީހުންގެ ފިރިން ތިބެނީ އަދި އަނބިންވެސް ގިނަ މި ސިޓުޢޭޝަން ގަ އުޅޭ ސަތޭކަ ޕަސެންޓްމުސްލިމުންނޯ. ބައެއްފަހަރަށްހީވޭ މުންކަރާތްތަކަކީ ހަމަ އެކަނި ދީންގަބޫލުނުކުރުމޭ އަބަދު ވަގު އަނބިން ނޫނީ ބިޓުންނާއި އެކީ އެއަރައިގަންނަ މުންކަރާތްތައް ދަނީ ބޯމަތިންތަ. މީުންނަށް ރާބޮނީއޭ ލާދީނީއޭ ކިޔާފަ ގޮސް މިއޮންނަނީ ޒނ ކުރަން.

    23
  4. އިބިލީސް

    ކިތަންމެ ވަރަކަށް ނަސޭހަތް ދިނަސް އަޑުއެހިއްޔާތާ. ހަމަ ދާގޮތަށްގޮސް ހޭބަލި.

    20
    1
  5. ވާންޗޯރ

    ނޫޅޭނެކަން ހުވާ! "އަބަދު ބިޓުކައިގެން އުޅޭ ރައްޓެއްސެއް އެނގޭތަ؟ މިއީ ސަމާސާއެއް ނޫން؟" ބިޓު ކައިގެންނޭ؟ ބިޓް ކެވޭތަ؟

    12
    3