ދިވެހިންގެ ތެރެއިން ކޮންމެ މީހަކަށް ވެސް އާންމުކޮށް ވަނަމެއް ކިޔައި އުޅޭނެއެވެ. ބައެއް ފަހަރު ވަނަމެއް އުފެދުމުގެ ފަހަތުގައި މަޖާ ވާހަކައެއް ވެސް އޮވެއެވެ. މަދަރުސީ ދައުރުގައި އުޅުނު އެކުވެރިންގެ ތެރޭގައި ހިނގާ ކަމަކުންނެވެ. ނޫނީ ދަނޑުމަތީގައި ކުޅިވަރު ކުޅުމުގެ ތެރެއިން ހިނގާ ކަމަކުންނެވެ. އާއިލާގެ ތެރޭގައި ހިނގާ ކަމަކުންނެވެ.

ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ވަރުގަދަ ބައެއް ޝަހްސިއްޔަތުންގެ ވެސް އާންމުކޮށް ކިޔައި އުޅޭ ވަނަން ހުރެއެވެ. ރާއްޖޭގެ އެންމެން ވެސް އެ މީހުނަށް އެ ނަމުން ގިނަ ފަހަރަށް މުހާތަބުކޮށް އުޅެއެވެ. ނޫސްތަކުގައި ވެސް ފުރިހަމަ ނަން ލިޔުމަށް ފަހު އެ މީހެއްގެ ވަނަން ލިޔެފައި އެނަމުން ދެން މުހާތަބު ކޮށްފައި ހުރެއެވެ. އާންމުންނަށް އެ މީހަކު އެނގެނީ ވެސް އެ ނަމުން ކަމަށް ވުމުންނާ އެކު ވެސް މެއެވެ.

ރާއްޖޭގައި މި ވަގުތު ތިބި އެންމެ ނުފޫޒުގަދަ ސިޔާސީ ލީޑަރުންގެ ތެރެއިން އެއް ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ވާދަވެރި ގިނަ ސިޔާސީ ޕާޓީތަކުގެ ނިޒާމެއްގައި ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ނަޝީދުގެ އަތްޕުޅުގައި މިހާރު ވެސް ސިޔާސީ ތާރީހުގެ ގިނަ ރެކޯޑުތައް އެބަ އޮތެވެ. "ރައީސް ނަޝީދު" އަށް ވުމުގެ ކުރިން އެމަނިކުފާނަކީ "އަންނި" އެވެ. އެއީ އެންމެ ދިވެހިން ވެސް ކުރިން އެމަނިކުފާނަށް މުހާތަބު ކުރި ނަމެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް

ރައީސް ނަޝީދަށް "އަންނި" ނަން ދެވުނު ގޮތެއް އެނގޭ ހެއްޔެވެ؟ މީގެ ކުރިން އެކި މީޑިއާއަށް އެމަނިކުފާނު ދެއްވި އިންޓަވިއުތަކުގައި އެ ނަން ލިބުމުގެ ފަހަތުގައިވާ ވާހަކަ ވިދާޅުވެދެއްވާފައިވެއެވެ.

މީގެ ބާރައަހަރެއްހާ ދުވަސް ކުރިންނެވެ. ދައުލަތުގެ މީޑިއާގެ ޓީވީ ޗެނަލް، ޓީވީއެމްއަށް ރައީސް ނަޝީދު ދެއްވި ހާއްސަ ބަސްދީގަތުމެކެވެ. އޭރު އެއީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާއެވެ.

ބަސްދީގަތުމުގައި ޓީވީ ޗެނަލްގެ ހުށަހެޅުންތެރިޔާ ފުރަތަމަ ކުރާ ސުވާލަކީ އެމަނިކުފާނު އެންމެ ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވަނީ ކޮން ނަމަކުން މުހާތަބު ކުރެއްވުންތޯއެވެ. ނަޝީދު ހެއްޔެވެ؟ ނޫނީ މަޝްހޫރު ނަން ކަމުގައިވާ އަންނި ހެއްޔެވެ؟

ޖަވާބުގައި ނަޝީދު ވިދާޅުވަނީ "ނަޝީދުގެ ނަމުން މުހާތަބު ކުރުމުން އެންމެ ރަނގަޅު ވާނެ" ކަމަށެވެ.

ދެން ހުށަހެޅުންތެރިޔާ ސުވާލު ކުރީ "އަންނި" ގެ ނަން އެއީ ކިހިނެއް ކިޔުނު ނަމެއްތޯއެވެ. ދެން ރައީސް ނަޝީދު އެމަނިކުފާނަށް އެ ނަން ކިޔުނު ގޮތް ކިޔައިދެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެއީ އާއިލާގެ ތެރެއިން އުފެދުނު ނަމެކެވެ. އެމަނިކުފާނުގެ ވަރަށް ތުއްޕުޅު އިރުގައި "އަޅުގަނޑު" ކިޔުއްވަން އުޅުއްވުމުން ކިޔުއްވުނީ "އަންނި" ކަމަށެވެ. ދެން އާއިލާގެ މީހުނާއި އާއިލީ އެކުވެރިން އެމަނިކުފާނަށް "އަންނި" ކިޔުއްވަން ފެށްޓެވީއެވެ. އާއިލާ ތެރެއިން އުފެދުނު ނަން އެހެން އެކުވެރިންނާ ހަމައަށް ގޮސް ފަހުން ދިވެހި އެންމެން ވެސް މުހާބަތު ކުރަން ފެށީ "އަންނި" ގެ ނަމުން ކަމަށެވެ.

މިހާރު ރަސްމީ ކަންކަމުގައި އަންނިގެ ބަދަލުގައި ނަޝީދުގެ ނަމުން ގިނަބަޔަކު އެމަނިކުފާނާއި މުހާތަބު ކުރިނަމަވެސް އަދިވެސް ރާއްޖޭގެ އެންމެ މަޝްހޫރު އެއްވަނަމަކަށް އަންނި ވާނެކަން ޔަގީނެވެ. ރައީސް ނަޝީދުގެ "އަންނި" ވަނަން މިހާރު ބައެއް އެހެން ޒުވާނުންނަށް ވެސް ކޮންމެވެސް ވަރަކަށް މުހާތަބު ކުރެވި އަންނި އަކީ އާއްމުނަމަކަށް ވެސް ވަމުން އެބައާދެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ސަސި

    ލިޔާނެ ވާހަކަ ހުސްވީތަ؟ ކޮންމެ ދުވަހަކު މިކަލޭގެ ކޮންމެވެސް ހަބަރެއް ލިޔަންޖެހޭ ވިއްޔާ

    122
    51
    • ސްނޭޕް

      ހާދަ އަސަރު ކުރީ

      18
      14
  2. މާމީ

    ގަންޖާ ކިއުނު ގޮަތްވެސް ލިޔެލިނަމަ...

    129
    29
    • އަރީ

      ބުރޯ ގަނޖާއެއްނޫން .. ގަންޖާބޯ މިނަން ކިޔާސަބަބު އޮޅުމްފިލުވާލަން ބޭނުންވޭ.

      21
      6
    • ގަންޖާ

      އެބުނާހެން ގަންޖާ ކިޔުނު ގޮތް ކޮންމެހެންވެސް ލިޔަންޖެހޭނެ ވަރަށްގިނަ ބަޔަކު ބޭނުން ވާނެކަމަށް ފެންނަނީ އެނަން ކިޔުނު ގޮތެ އް ހޯދަން . ގަންޖާ އާ އިދި ކޮޅަށް މަސަ އް ކަތް ކޮށްގެން ތޯ ނޫނީ ... ...

      22
      2
  3. ރަދީފުން

    އައްނީގެ އަސްލު ދިވެހި މާނައަކީ އަބޫޖަހުލޭ އަދި ދިވެހި ގައުމުގެ ފިރުއައުނޭވެސް އޮވެއެވެ. އައްނީގެ ދިވެހިމާނަ އެނގެން ވަރައްގިނަ ރައްޔިތުން ބޭނުންވާނެ ވީމާ މިކޮމެއްޓް ހިތްވަރެއް ހުރިއްޔާ ޖަހާލަދީ.

    136
    42
    • ވަގުތު ލަވަރ

      ސުބުހާނައްﷲ

      5
      7
  4. ކެނެރީ

    ބޭނުމެއްވެސްނޫން ތިކަލޭގެ ނަންވެސް އަޑުއަހާކަންވެސް ތީ އެއްވެސް އުރަމްޕެއްހުރި މީހެއްނޫން

    24
    9
  5. ޙާލަތު

    އަނިޔާ ވެރިކަމާ ލާދީނީކަމުން ދޯ.

    21
    5
  6. ބޭޗާރާ

    އެއީ ނުބައި ނުލަފާ ކަމުގެ ރަމްޒު އަކުރުތައް. އެއީ އަ = އަނިޔާ. ން = ނުލަފާ. ނި = ނިޔާއަށް ދެކޮޅުހަދާ. ޖުމުލަކޮށް ބުނާނަމަ އެންމެ ފުރިހަމަ އެންމެ މަތިވެރި ނިޔާއަށް ދެކޮޅު ހަދާ ނުލަފާ އަނިޔާވެރިޔާ.

    25
    4
  7. ޓަކި

    އަންނި އާއި ވެރިކަން
    އަނިއާވެރިކަން
    އަނިޔާވެރި ވެރިކަމެއް ކުރާ މީހެއް.

    27
    4
  8. ރާއްޖެތެރެ މީހާ

    އަންނިބެ

    14
    2
  9. ބުރުގާ

    ހަމަކަށަވަރުން މިނުލަފާ ޝައިތޯނާގެ ކިބައިން އަހަރުމެންގެ ދިވެހި އުންމަތް ސަލާމަތްކުރަން އަދުމިވަނީ ވާޖިބަކައްވެފަ. މިރާއްޖޭގަ ހިނގާ ހުރިހާ ޖަރީމާއެއްގެ މުގުލުގަ ހުރީ މި ޝައިތޯނާ. މިވަރުގެ ނުބައި ނުލަފާ ޖައްބާރެއް އެއްވެސް ގައުމެއްގެ ރައްޔިތުންގެ މަޖިލިހަކު ނުހުންނާނެ.

    25
    6
  10. އަލި ބެއްޔާ

    މިހާ މަޝްހޫރު ސިޔާސީ މުފައް ކިރެއް ރާއްޖެއަކު ނެތް

    13
    24
    • ވައިހަންނާޅި

      ސިޔާސީ މުފައްކިރެއްނޫން. ސިޔާސީ މުކައްބައެއް.

      9
      1
  11. ޒިމްނާ

    ހިތްތަކުގެ ރައީސް ނިކަމެތި ރައްޔިތުންގެ ރައީސް ރައީސް މުޙައްމަދު ނަޝީދު.. ހަސްދަ ވެރިން ކަޅިއަޅާނެ މިތުރުން އުފަލުންނަށާނެ"

    24
    21
  12. ޖަނާޒާ

    އަންނީ އެބަކިޔާ އަނީލު ކިޔާ މީހުނަށްވެސް. އެހެންވީމާ އެނަން ބޭނުންކުރުމުގައި ހަމައެއް ލަމައެއްލަމައެއް ނެތްކަން ފާހަގަވެއްޖެ. ފަހަރެއްގައި ވެދާނެ ދެއްތޯ އަންނި ގެ މާނައަކީ ހަމައެއްލަމައެއް ނެތުންކަމަށް، އެހެންނަމަވެސް ނަޝީދުގެ ފަރާތް ޕުޅުން ބައެއްކަހަލަ ރަނގަޅުސިފަތައްވެސް އެބަފޭނޭ. # ވަރަށްބޮޑަށް ޝުކުރިއްޔާ ވަލްހްމްދުލިއްލާހި ކޮމަންޓްނިނުނީ. ދެން ކޮމަންޓްކުރުންއޮންނާނީ ދެންއަންނަ މިފަދަ އެހެން އާޓިކަލް އަކަށް.

    36
    9
  13. އެމަންޖެ

    ނަޝީދައް ބުއްޅަބޭ ކިތުނު ގޮތެއް އެންގޭތަ....؟؟؟ ބުއްޅަބޭ ވަރަށް ގުޅޭ ކެނެރީ ނަޝީދައް.

    22
    4
  14. ލުގްމާނު

    މީނަޔަށް ކިޔާ ނަމެއް ނޭނގިގެން ދިވެހިން ނޫޅޭ.. މީނަ، ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރަން ފެއްޓި ހިސާބާއި އެކަމުގައި މީނަޔަށް އެހީތެރިވާމީހުންނާއި މީނަގެ ވަސްވާސްތަކަށް ހެއްލި ގެއްލުންވި މީހުންގެ ވާހަކަ ފަށް ފަށްކޮށް ދައްކަންވީ.. އެއީ ކުރަންވީ ކަމަކީ..

    18
    5
  15. ޙުސަބާ

    ލާދީނީ ކިޔުންގޮތް ލިޔެދިނުން އެދެން. ވ ސަލާމް

    18
    3
  16. ގްރީކްބަހުގެ އުސްތާޒެއް

    އަންނި ގ އަކީ ޤަދީމީ ގްރީކްގެ ތެރެއިން އަހި ސްފައިވާ ބަހެއް. އަން މާނައަކީ ކާފިރު އަދި ނި އޭ ބުނުމުން ޝަރަހަކޮއްދެނީ ކަލޭ ނުވަތަ ކަލޭގެ. އަންނި ގެ ސިންގިއުލާއަކީ އެން. އެހެންކަމުން އަންނި ގެ ލަފްޒީ މާނައަކީ ކާފަރުމީހާ.

    14
    6
  17. ވެރިން

    ހެޔޮ ކޮއްމެ ގޮތަކަށް ކިޔުނަސް އިންގޭ ކަށް ބޭނުމެއް ނޫން. މިގައުމުގެ ހަލާކު އޭނަޔަކީ. ވަގުތުގަ ލިޔާނެ އެއްޗެއްނެތީއްޔާ ބަންދު ކޮއްލަން ވީނޫން.މީނަ ޕް ރޮމޯޓް ނުކޮށް

    15
    4
  18. ބަކުރު

    އެއީ ހަމަތެދު ރަދީފު ދޮގެއްނޫން ތިޔަބުނީ ވަރަށް ހަބޭސްކޮމެންޓެއް.

    5
    2
  19. ބޯދާ

    "ލާދީނީ" އިން އެމަނިކުފާނަށް މުޙާތަބު ކުރެވެނީ ކީއްވެގެންކަން ވެސް އެހެން ޚަބަރެއްގަ ޖަހާބަލަ ނިކަން ކެރެންޏާ... ލޮލް
    ޢަވަދި ވެދާނެ މީހަކު.

    9
    5
  20. ބޮންދު

    ތިޔަވުރެން ރޯތިވީސް ދިވެރާއްޖެ ވީދި އެކުވެރިކަމާ އެއްބައިވަންތަކަންގެއްލި އެކަކު އަމެކައް ހަޔާތް ގޮވާހިސާބައް ރައްޖެ ދިޔަގޮތް ލިޔެލިނަމަ.

    7
    4
  21. ސަމޭދާން ވަލް ވަސަންތީ

    ބުއްޅަބޭ އަދި ގަޖުނީ ކިޔުނުގޮތްވެސް ބަލާލަދީބަލަ.

    12
    4
  22. މުޙައްމަދު

    އަހަރެން ހީކުރީ އޭނާއާ އަންހެން ޖިންނިއެއް އަވަލައިގެން ކިޔުނު ނަމެއް ކަމަށް. އަންހެންޖިންނި = އަންނި. ހެހެ

    10
    4
  23. އަބޫޖަހުލު

    ތިޔަމީހާ ނޫނަސް ވަރަށް ގިނަ މީހުނަށް ކުރު ނަމުން ބޭނުން ކުރޭ ޢެއންމެންގެ ވާހަކަވެސް ލިޔަންވީނު

    10
    7
  24. މިލަންދޫ ސޮރު

    ކެނެރީގޭ ލާހޫރޭ ކިޔުނު ގޮތްވެސް ލިޔެލެބަލަ....

    10
    2
  25. ލާހިކެއްނޫން

    އަންނި އަށް ލާދީނީ ކިޔުނީ ސިޔާސީ ހަރަކާތް ފެށިގެން އައި ދުވަސްވަރު އަންނި މަޝްހޫރުވެ މައުމޫން އަތުން ވެރިކަން ފިރުކިގެން ހިނގައިދާނެހެން ހީވާން ފެށީމަ އެއީ ލާދީނީ މީހެކޭ ކިޔައި ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފެއްދޭނެ އެންމެ މޮޅު ގޮތަކީ ދީނީ ހަތިޔާރުގެ ބޭނުން ކުރުމުން ކަމަށްވާތީ މައުމޫންގެ ހިކުމަތު ޢަމަލީން ލާދީނީ ޓެގް އެޅުވީ ލާދީނީ ކިޔުނުގޮތް މިހާރު އެނގިދާނެ ކަމަށް ހީކުރަން

    3
    3