ވަޒީފާ ދިނުމުގައި އުމުރަށް ވަރަށް ބޮޑަށް ބަލައެވެ. މާބޮޑަށް އުމުރު ދޮށީ މީހުންނަށް ވަޒީފާ ނުދޭ ފަހަރު ވެސް އާދެއެވެ. އެކަމަކު ކަމުގެ ގާބިލު ކަން ހުންނަ ނަމަ، އުމުރަކީ މިޒަމާނުގައި ބަލާ އެއްޗެއް ނޫނެވެ.
މާލެއަށް އުފަން އުމުރުން 49 އަހަރުގެ އާސިޔަތު އަސްމާ (އަތޫ)އަށް ވެސްވީ މިކަހަލަ ގޮތެކެވެ. އޭނާގެ އުމުރާ ބަލާފައި އޭނާއަށް ވަޒީފާ ނުދިނެވެ. އެކަމަކު މިހާރު އޭނާގެ ހާސްކަމެއް ނެތެެވެ. އޭނާ އުޅެނީ ދާދި ފަހުން މާލޭގައި ހުޅުވި އައިލެންޑް ރިޕަބްލިކް ރެސްޓޯރެންޓްގެ ޑެލިވަރީ އެޓެންޑެންޓަކަށެވެ.
އޭނާއަށް އެ ވަޒީފާ ލިބުނީ އެތައް ތަނަކުން ވަޒީފާއަށް ކުރުމަތިލައި، އުމުރާއި ބަލާފައި ވަޒީފާއެއް ހޯދަން ދަތިތަކާ ކުރިމަތިވެފައި ވަނިކޮށެވެ.
އަތޫ ބުނީ، އޭނާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސަރުކާރުގައި އަވަށު އޮފީސް ހިންގިއިރު، ޓެރްފިކުންގެ މަގާމުގައި ނުވަ އަހަރު ވަންދެން މަސައްކަތް ކުރި މީހެއް ކަމަށެވެ. އަދި އޭނާއަކީ އެ ދާއިރާއަށް އަލަށް ނުކުތް އަންހެނުންގެ ތެރެއިން އެކަކު ކަމަށްވެސް ބުންޏެވެ. އޭނާ ފަހުން ދިމާވި ކަންތައްތަކުން ވަޒީފާ ދޫކޮށްލީއެވެ. އަދި ފަހުންވެސް އޭނާ ސަރުކާރުގައި މަސައްކަތްކޮށްފައި ވެއެވެ.
މިގޮތަށް އޭނާ އެކި ދާއިރާތަކުގައި މަސައްކަތް ކޮށްފައިވާ ކަމަށާއި، މިހާރު މައްސަލައަކަށްވެފައި ވަނީ އޭނާގެ އުމުރު ކަމަށް އަތޫ ބުންޏެވެ.
"އަޅުގަނޑުގެ އުމުރުގެ ގޮތުން އެއްވެސް ތާކުން ވަޒީފާއެއް ނުދިން، އަޅުގަނޑު މިހާރު 49 ގުނަމުން މިދަނީ، އެހެންވެ އަޅުގަނޑަށް އެއްވެސް ތާކުން ވަޒީފާއެއް ނުދިން، ދެން ކޮވިޑް-19 އާ ދިމާވެ އަޅުގަނޑު ކުރި މަސައްކަތް ވެސް ހުއްޓުނީ". ކޮވިޑް-19 އައުމުގެ ކުރިން ކުދިންނަށް ސައިކަލު ދުއްވަން ދަސްކޮށްދިނުމުގައި އުޅުނު އަތޫ ބުންޏެވެ.
އޭނާ ބުނީ، އެ މަސައްކަތް ހުއްޓުމުން އޭނާ ހުރީ އެއްވެސް ގޮތެއް ނެތިފައެވެ. ކުރިއަށްދެވޭނެ މަގެއް ނެތިފައެވެ. ނަމަވެސް ވަޒީފާއަކަށް ފެންބޮވައިގަނެފައެވެ.
އަތޫ ބުނިގޮތުގައި، އެހެން ހުއްޓާ އައިލެންޑް ރިޕަބްލިކް ރެސްޓޯރެންޓުން އިއުލާނެއްގައި ޖަހާފައި އިންތަން ފެނިގެން އޭނާ ވަނީ އެތަނަށް އިންޓަވިއުއަށް ގޮސްފައެވެ. އެ އިއުލާނުގައި އިނީ ޑެލިވަރީއަށް ހާއްސަ މީހަކު ހޯދުމަށެވެ.
"އެތަނަށް ގޮސް އަޅުގަނޑު ބުނިން އަޅުގަނޑަށް ހެވޭ ކޮންމެ ކަހަލަ ވަޒީފާއަކަސް، މިވަގުތު ބޭނުންވަނީ ވަޒީފާއެކޭ، ތިކޮޅުން ވަޒީފާއެއް ދެއްވައިފި ކަމުގައިވަނީ ނަމަ އަޅުގަނޑު މި ހުރީ ކުރަންށޭ، އަޅުގަނޑަށް ކެރޭނެއޭ ކުރަން، އަޅުގަނޑަކީ މީގެ ކުރިންވެސް މިކަހަލަ މިކަހަލަ ވަޒީފާތައް އަދާކޮށްފައި ހުރި މީހެކޭ". އަތޫ ބުންޏެވެ.
އަތޫ ބުނީ، ކޮންމެ ކަހަލަ ވަޒީީފާއެއް ވިޔަސް އޭނާ ބޭނުންވީ ހަމަ ވަޒީފާއެކެވެ.
"އަޅުގަނޑު ވަރަށް ފަހުން ވެމްކޯއަށް ވެސް ލިން، ހަމަ އުމުރުން ކަޓުވާލަނީ، އަދި 50 އަހަރުވީކީ ނޫން، 49 އަހަރުވިއޭ ކިޔާފައި ވަޒީފާ ނުލިބިފައި ހުންނަން ޖެހޭނެ ކަަށް ގަބޫލެއް ނުކުރަން".
ނަމަވެސް އަތޫ މިއަދު ވެފައި ވަނީ ރާއްޖޭގެ އެންމެ ފުރަތަމަ "ޑެލިވަރީ ވުމެން"ގެ ތެރޭގައެވެ. މިއީ ހަމަ ރާއްޖޭގައި މިގޮތަށް ޑެލިވަރީއަށް ހާއްސަ އަންހެނެއްގެ ގޮތުގައި މަސައްކަތް ކުރާ ފުރަތަމަ އަންހެނާ ކަމުގައި ވެދާނެއެވެ. އޭނާ އެ މަސައްކަތް ކުރަނީ ކުރާ ހިތުންނެވެ.
އައިލެންޑް ރިޕަބްލިކް ރެސްޓޯރެންޓް ހުޅުވީ ނޮވެމްބަރު 11 ގައެވެ. އޭގެ ފަހުން ނޮވެމްބަރު 15 ވަނަ ދުވަހުން ފެށިގެން އެތަނުން ޑެލިވަރީ ހިދުމަތް ފެށިއެވެ. އަދި ޑެލިވަރީ އެޓެންޑެންޓެއްގެ ގޮތުގައި އޭނާ މަސައްކަތް ފަށައިގަތެވެ.
އަތޫ ބުނީ، އޭނާ ޑެލިވަރީއަށް ނުކުތުމުން މީހުން ވަރަށް ބަލާ ހަދާ ކަމަށެވެ.
"ދެން އަޅުގަނޑަކީ ބައެއް މީހުންނަށް އެނގޭ މީހަކަށްވުމުންނާ ވެސް އެކުގައި، އަޅުގަނޑަކީ އެމްޑީޕީގެ ހާޑްކޯކޮށް ވަރަށް މަސައްކަތް ކުރަމުން ދިޔަ މީހެއް ވީމަ،އަޅުގަނޑަކީ އެމްޑީޕީގެ ކުރީ ސީޓް މީހުންނަށްވެސް އެނގޭނެ ފޭސްއެއް" އަތޫ ކިޔައި ދިނެވެ.
އޭނާ ބުނީ، އެގޮތަށް އޭނާ ޑެލިވަރީއަށް ނުކުތުމުން މީހުން ވަރަށް ބޮޑަށް ބަލަހައްޓައިގެން ތިބޭ ކަމަށާއި، ނަމަވެސް އެއްޗެއް ނުކިޔާ ކަމަށެވެ.
އޭނާ ބުނީ، އަންހެނުންނަށް ކޮންމެ މަސައްކަތެއް ކުރެވިދާނެ ކަމަށެވެ.
😊😊😊😊👏👏👮👮👮👮👮💕🌷🌼
ހިއްވަރާއެކީ ކެރިގެން މަސައްކަތްކުރާ މީހުނަށް ކާމިޔާބު ލިބޭނެކަމީ އެއްވެސް ޝައްކެއްނެތް ކަމެއް، ތިޔަކުރާ މަސައްކަތަށް އައްސަރިބަހާ ސާބަސް!
😉😉😉😉😉👮👮👮👮👮👮😷😷😷😷
ކޮންމެ ފާޓީ އެއްގެ މީހަކައްވިޔަސް ތީ ފިސާރި އަންހެންކަނބަލެއް. އުމުރުގެ ގޮތުންވަޒީފާ ނުދިން ހުރިހާ ތަނުގެ ވެރިން އުމުރު އެއްވަރެއްގައި ހިފެހެއްޓިފަހުރީ އަދި މުވައްޒަފުންހިމެނޭހެން. އެވިޔަފާރިތަކުގެ އުމުރަކީ ކިހާ ކުރު އެއްޗެއްކަން އެމީހުންނައް އެނގޭނެ އެވިޔަފާރިތައް ހާމަކޮއް ބޮއެކޮޓް ކުރަން ފެނޭ
ދެން މީނައަށްވެސް އެކި ގޮތްގޮތުން އުނދަގޫކޮށް ޖެއްސުން ކުރާނީކީނޫން.. ހަލާލް ގޮތުގަ މަސައްކަތެއް ކުރަންޔާ ބައެއް ދިވެހިންނަށް އެއޮއް ވާގޮތެއް ދޯ....
ސުރުޚީ ބަދަލުކުރަންޖެހޭ، މިއީ ރާއްޖޭގައިޑެލިވަރީޢަށް ނުކުތް އެންމެ ފުރަތަމަ އަންހެން މީހާ މިގޮތަށް ބަދަލުކުރަންޖެހޭ، މިހާރު އޮތް ގޮތުން މާނަ އޮޅުން އަރާ
މައުލޫމާތު ހޯދައިގެން ކިޔޭ. ތިޔަ ކަނބަލަށް ވުރެ މާކުރިން ޑެލިވަރީގެ މަސައްކަތުގައި އުޅޭ އަންހެން ކަނބަލެއް އައްޑޫ ހިތަދޫ ރެސްޓޯރަންޓެއްގައި މަސައްކަތްކުރޭ. މީގެ9 އަހަރު ކުރިންވެސް ހަމަ އެމަސައްކަތުގައި.
އެގްޒޭކްޓްލީ ވަޓް އައި ވޯޒް ގޮއިންޓު ސޭ
ނޫން. ޢައްޑޫ ހިތަދޫގަ ވެސް އުޅުނު ކުރީގަ އަންހެނަކު ޑެލިވަރީ ކުރަން.
ވެމްކޯއިން ހިޔެއް ނުވޭ އުމުރަށް ބަލާހެނެއް.. ވެމްކޯގައި ގިނައީ އުމުރުން ދުވަސްވީ މީހުން.. އެއްވެސް ތާކުން ވަޒީފާ ނުލިބުން ތިއީ އެހެންކަމެއް.. ހިޔެއް ނުވޭ އުމުރާ ގުޅުންހުރި ކަމެއްހެނެއް..ތިޔަ...
ހީވަނީ 39 އަހަރު ހެން
ވަރަށް ރަނގަޅު. ހިތްވަރު ކުރަށްވާ. މަރުޙަބާ.
މިހާރުވެސް ޑެލިވަރީ ފަދަ ކަންކަން ކުރަން ގިނައިން އުޅެނީ ބޮންދު ފިރިހެނުން. ދިވެހި ފިރިހެނުންނަކަށް ނުކުރޭ ތިކަހަލަ ވަޒީފާ އަދާކުރާކަށް. އަންހެންވެރިން މާ ގަދަ!
ކަލޭމެންގެ ސަރުކާރުން އުމުރުން މަތިވީމަ ބަލައިނުގަތޭ ތިޔަ ވިދާޅުވަނީ ތިޔައީ ދޮގެއް ، ދެން ކުރަމުން އައި މަސައްކަތް ހުއްޓުނީމަ ސަރުކާރުން ބެހި 6000ރ އެލަވަންވެސް ނުލިބެޔޭ ތިޔަ ވިދާޅުވަނީ މަހަމަ ހައިރާންވެއްޖެ.
އެމްޑީޕީ ސަރުކާރުގެ މައްސަލަޔަކީ ތަފާތުކުރުން. ކަމަނާވެސް އެކަން ފާހަގަ ކޮށްފި
އަތޫ ހާދަ ނަލައޭ. ހީވެސް ނުވޭ 49 ހެނެއް ހީވަޏި ހަމަ 30ސް ހެން.... ވަރަަށް ނަލަ ހަމަ އިނގޭ. އަތޫ އަށް ވާނެ ސާބަހޭ އަތޫ 👏👏
ކަބުލޮގެ ތިމަސައްކަތަށް ސާބަސްދެން ބަލައިނުގަތުމުން ޕާޓީ ބަދަލުކޮށްލަން ހިއްވަރުދެން
ތިޔޭ ދިވެހިންގެ މައްސަލައަކީ. ޕާޓީ ވީމަ ވަޒީފާ ދޭންވީ. އެކަމަނާ ނުނުކުތްނަމަ އެވަޒީފާ ވެސް ލިބޭނީ ބަނގްލަދޭސް ބޭކަލަކަށް
މީ ހާދަހާ ރަނގަޅު ކުއްޖެކޭދޯ؟ ޔާމިނު އެ ވޯޑު މިކުއްޖާ އަށް ހައްގު
ސާބަހޭ 👏👏👏👏👏👏
އާންމުކޮށް ޑެލިވަރީ ގަ އުޅޭ ބޭރުމީހުން އަތަކު ލައިސަނެއް ނޯވޭ. އަތޫގެ ނިންމުން ވަރައް ސަޅި. މަރުހަބާ. މަރުހަބާ.
އަތޫއަށް ސާބަސް!
ޙަލާލު ކޮންމެ މަސައްކަތަކީ ރީތި މަސައްކަތެއް.
انشاء الله ކާމިޔާބު ވާނެ
މީގެ 10 އަހަރު ކުރިނ ފެށިގެން އައްޑޫގައި ކާއެއްޗެހި ޑެލިވެރީ ކުރަން ހަމަ އަންހެން ކަބަލަކު އުޅޭ!
މަވެސް މީގެ 9އަހަރު ކުރިން ޑެލިވަރީގަ އުޅެން
ޥަރަށް އުފާ ވެއްޖެ. ޥަރަށް ބޮޑަށް ކާމިޔާބީއަށް އެދެން.
މާލެ މީހަކު އަތުން ފައިން މަސައްކަތެއް ކޮއްފިއްޔާ ނޫހުގަ ޖަހާތި. ރާއްޖެ އޭ ކިޔާފަ ޖަހަންވާނީ މާލޭގެ ވަހަކަ.
މާޝާﷲ. މީހަކަށް ނުދަރާ ސަލާމް ނުޖަހާ އަމިއްލަ މަސައްކަތުން ދިރިއުޅުމައިގެން ކުރިއަށް.
އެކަމަކު ރީތިވެސް ކަނބަލެއް. މާޝާﷲ. ރަނގަޅު ބައިވެރިޔަކު ހޯދައިގެން ދިރިއުޅުމެއް ފެށުމަށް ނަސޭހަތް ތެރިވަން. ދިރިއުމަށް މަސައްކަތް ކުރަންވާނެ. ސިޔާސީ މީހުންވެސް ވަޒީފާ މިދެނީ ވަކިބަޔަކަށްނު އެހެން ީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީވީމަ. ސިޔާސީ ނުވެ ރީތި ދިރިއުޅުމެއް ފަށާ ދޮންކަނބުލޯ. ނިކަން ރަނގަޅު ފިރިހެނަކު މިކަނބުލޮ އާއި އިނދެ ަަަަަަަަަަަަަަަަަަަަަަަަަަަަަަބލަ
މާލެއަކީ ރާއްޖެއަށް ނޫން! މީގެ ދިހަވަރަކަށް އަހަރު ކުރިން ފެށިގެން ތިކަން ކުރާ މީހަކު ހިތަދޫގައި އެބައުޅޭ!
ސ.ހިތަދޫގަ އުޅުނު ޑެލިވަރީ ކުރަން އަންހެނެއް
ކޮބާ މިއޮއް ހުރިހާ ދުހު ޕޯސްޓް ބަހަން އުޅުނު ނަސީމާ؟ ޕޯސްޓް ބެހުމަކީ ޑެލިވަރީ އެެއް ނޫން ދޯ؟؟؟
ހުރިހާ އަންހެނުންނަކީވެސް ޑެލިވަރީ ކުރާ މީހުން.
މަރުޙޫމާ ނާސިރާވެސް ޑެލެވަރީ ކޮއްދިން
ހޫން ގޯތި ހޯދަން އުޅުނު ކަމަނާ ދޯ. ހަޔާތް ކުޑަ އެއްޗެއް ތީ
އެއީތެދެއްތަ،،
ވެމްކޯގެ ކޮން ވަޒީފާއަކަށްބާ ކުރިމަތިލީ 49 މުސްކުޅިވާން؟؟ އެވަރު މީހުން ގައިމްވެސް ކުނި ނަގާ މަގު ސާފްކޮސް ހަދަމް ވަރަށް ހީވާގީ ކަމާއެކު ވެމްކޯގަ އުޅޭ..
ތިޔަށްވުރެ މާކުރިންވެސް އައްޑޫ ސިޓީ ހިތަދޫގައި އަންހެން ބޭކަބަލެއް ޑެލިވަރީ ކުރަމުން ދިޔަ އަދި މިހާރުވެސް ކުރޭ! ހަމައެކަނި މާލޭގަ މީހަކު ކަމެއް ކުރީމަތަ ކަމެއް ކުރިކަމަށް ވަނީ؟ ނޫސް ލިޔާ އިރު ރަނގަލޅަށް މަޢުލޫމާތު ހޯދަން ދަސްކުރޭ
މީހުން ކިޔާއެއްޗަކަށް ބަލައިގެން ދުނިޔޭގައި ނޫޅެވޭނެ! ބުރަ މަސައްކަތްކޮށްގެން ހަލާލްގޮތުގައި ފައިސާ ހޯދައިގެން ދިރިއުޅުމުގެ ކަންކަން ތިޔަ ގެންދަވަނީ! ތީ ފިސާރެ ކަނބަލެއް! މާތްﷲ ކަމަނާ ތިޔަ ކުރައްވާ ބުރަ މަސައްކަތުގައި ބަރަކާތް މިންވަރު ކުރައްވާސި!
ރައީސް ޔާމީންގެ ސަރުކާރުން އެއްވެސް ކަނބަލެއް ބާކީ ނުކޮށް ސަރުކާރުގެ ކުންފުނިތަކުން ކުނިކަހާ ވަޒީފާ ވިޔަސް ވަނީ ދީފަ! މީ ހަގީގަތަކީ!
ފިސާރެއް! ކަނބަލެއް! ރައީސް ޔާމީން މަސައްކަތް ކުރެއްވީ ދިވެހި އިގުތިސާދުގައި ކަނބަލުންގެ ދައުރު އަދި ޒިންމާ ސާމިލްކުރަން!
އަންހެނަކު ބާރުވެރިވެގެން މައުމޫނު އާއިލާޔާ ޖެހި ޔާމީނު ހަފުސްވީ
ރައީސް ޔާމީން ސަރުކާރުން ކަނބަލުންގެ އުމުރަކަށް ނުބަލާ ވަޒީފާ ވަނީ ދީފައި. ސަރުކާރުގެ އެކިއެކި ކުންފުނިތަކުން 40 އަހަރާ 55 އަހަރަާ ދެމެދު 872 ވަޒީފާ ކަނބަލުންނަށް ވަނީ ދީފައި! އެއްވެސް ކަނބަލެއް ބާކީ ނުކުރެ!
ކޮބާ އައްޑޫ ޑެލިވަރީ ކުރާ އަންހެން މީހާ ގެ ވާހަކަ؟ މާލޭ މީހަކު ކުރީމަ ތަ ރާއްޖެ ކަމުގަ ބަލަނީ؟ އަސްލު ރާއްޖެ އަކީ ރާއްޖޭގެ ރަށްތައް! ހަމަ އެކަނި މާލެ ނުވޭ ރާއްޖެ އަކަށް! ރާއްޖޭ ގެ ޑެލިވަރީ ކުރާ އެއްމެ ފުރަތަމަ އަންހެނާ އަކީ ސ. ހިތަދޫ އަންހެންމީހާ އެހެންވީމަ އޭނަ އާ ވަގުތުން ބައްދަލު ކޮށްލާ!
ސުރުޙީ ރަނގަޅައް ކިޔާލާ ނަމަ ކޮމެންޓު ކުރުމުގެ ކުރިން
ސުރުޚީގަ އިނީ ފުރަތަމަ އަންހެންމީހާތޯ ސުވާލެއް އުފައްދާފަ