ސްވިޓްޒަލޭންޑަކީ ޗޮކްލެޓް އުފެއްދުމުގައި އަރާހުރި ޤައުމެކެވެ. އެ ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ޗޮކްލެޓުން ލިބޭ އާމްދަނީ މިލިއަނުން ގުނާލެވެއެވެ. ހުދު މި ރާއްޖޭގައިވެސް އެންމެ ނަން ހިނގާ ޗޮކްލެޓްތަކުގެ ތެރޭގައި ސްވިޓްޒަލޭންޑްގެ ޗޮކްލެޓުތައް ހިމެނެއެވެ. ޗޮކްލެޓުން ބޮޑެތި ބިނާތަކާއި މޮޅެތި ގޮތްގޮތަށް ފަންނީ މާހިރުން އެ ތަކެތި ބޭނުންކުރާ ތަންވެސް ފެނެއެވެ. ނަމަވެެސް ޗޮކްލެޓް ސްނޯ ވެހުނު ވާހަކަ ތިބާ ޤަބޫލުކޮށްފާނަން ހެއްޔެވެ؟

އެއީ ސްވިތްޒަލޭންޑްގެ ކުޑަކުޑަ އަވަށެކެވެ. ދުވަސްވަރަކީ ފިނި މޫސުމުގައި އެންމެ ބޮޑަށް ސްނޯ ވެހެމުންދިޔަ ދުވަސްވަރެކެވެ. މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މި ހާދިސާ ހިނގީ އެ އަވަށުގެ ގިނަ ބަޔަކު އެފަދަ ކަމަކަށް ތައްޔާރުނުވެ ހުއްޓައެވެ. ކުއްލިއަކަށް ހުދުކޮށް ހުންނަ ސްނޯ ޗޮކްލެޓް ކުލައަށް ބަދަލުވެގެން ދިޔަ މަންޒަރު ފެނުމާއެކު މުޅި އަވަށް އެލާޓަށް އައެވެ.

ގިނަބަޔަކު އެއީ ކޯއްޗެއްތޯ ބެލުމަށް އަވަސްވެގަތެވެ. އަދި އެ ސްނޯ ފުށްތައް ރަހަބަލާލިއިރު އެއީ ޗޮކްލެޓް ކޮކޯ ކަން އެ އަވަށުގެ އެންމެންނަށް ޔަގީންވިއެވެ. ކަން ދިމާވި ގޮތް ހޯދުމަށް އެ އަވަށުގެ ބޮޑުން ބޭނުންވިއެވެ.

ކަމާހެހޭ ފަރާތްތަކުން ކުރި ތަހުގީގުން ހާމަވީ އެއީ އެ އަވަށާއި ކައިރީގައި ހުންނަ މަޝްހޫރު ލިންޑެލް އަދި ސްޕްރެންގްލީ ޗޮކްލެޓް އުފައްދާ ކާރުހާނާގެ ވެންޓިލޭޝަން ބަޔަށް ދިމާވި މައްސަލައަކުން ދިމާވި ކަމެކެވެ. އެ ފެކްޓަރީގެ ކޫލިމން ވެންޓިލޭޝަނަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. މި ވެންޓިލޭޝަނަށް ދިމާވި މައްސަލަތަކުން ޗޮކްލެޓް އުފެއްދުމަށް ބޭނުންކުރާ ކޮކޯ ބީންސްގެ ކުދި އެތިކޮޅުކޮޅުތައް ޖައްވަށް ބުރައިގެން ދިޔައެވެ.

އެ ދުވަހަކީ ވައި ބާރު ދުވަހެއްކަމަށް ވުމާއެކު، ވައިގެ މިސްރާބު އެ ދުވަހު ހުރީ އެ ކުޑަކުޑަ އަވަށާއި ދިމާލަށެވެ. މި މައްސަލަ ދިމާވުމާއި ގުޅިގެން ވެންޓިލޭޝަން ސިސްޓަމް ވަނީ ބޮޑު މަރާމާތެއް ކޮށްފައެވެ،. އަދި ދެވަނަ ފަހަރަށް އެފަދަކަމެއް ތަކުރާރު ނުވާނޭ ގޮތަކަށް އެ ކާރުހާނާ ވަނީ ކަންކަން ބައްޓަންކޮށްފައެވެ.