ރާއްޖެ ދެކެ އެންމެ ލޯބިވާ ބޮލީވުޑްގެ ތަރި ސޮނަކްޝީ ސިންހާގެ ކުރު ޗުއްޓީ ނިމުމަކަށް އައިސްފިއެވެ. އިއްޔެ އޭނާ ވަނީ ރާއްޖެ އާ ވަކިވެގެން ދިޔައީ ކަރުނަ އަޅާ ހާލުގައެވެ.

ކޮންމެ ފަހަރަކުންވެސް ސޮނަކްޝީ ރާއްޖެ ދޫކޮށް ދާއިރު، އެތައް ޕޯސްޓެއް ކުރެއެވެ. ރާއްޖޭގައި އޭނާ ހޭދަކުރި ދުވަސްތަކުގެ ފޮޓޯތަކާއި ވީޑިއޯ އާއްމު ކުރެއެެވެ. އޭނާ ރާއްޖެ ދޫކޮށް އެނބުރި ދަނީވެސް އެތައް ބަހަނާއެއް ދެއްކުމަށް ފަހު އެވެ.

ސޮނަކްޝީ ސްޓޯރީއަށް ލި ޕޯސްޓެއް

ދަބަންގް އިން އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދި، ސޮނަކްޝީ އިންސްޓަގްރާމްގައި އާއްމުކުރި ފޮޓޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެންދިޔައިރު، އެ ފޮޓޯއިން ފެނިގެން ދަނީ އޭނާ މޫދު ކައިރީގައި އިށީންދެލައިގެން އިންނަ ތަނެވެ.

އެ ފޮޓޯއަށް ބަލާއިރު، އުމުރުން 33 އަހަރުގެ ސޮނަކްޝީ ފެނިގެން ދަނީ ރަތް ކުލައިގެ ހެދުމެއް ލައިގެން ތޮތްޕެއް އަޅައިގެން ހުންނަ މަންޒަރެވެ. އަދި މޫދަށް ދޫކޮށްލާފައިވާ ނެޓެއްގެ އެއްފަރާތުގައި ޖަހާފައިވާ ވަކަރުގަނޑެއްގެ މަތީގައި އޭނާ އިށީންދެލައިގެން ހުރީ ޔަގީނުންވެސް ފޮޓޯގަނޑަކަށް ހުއްޓިލާށެވެ.

"ކޮންމެ ފަހަރަކުވެސް އަހަރެން ރާއްޖެ ދޫކޮށް ދާން ޖެހޭއިރު، ހިތުގެ ބައެއް ރާއްޖޭގައި ދޫކޮށްފައި ދާން މި ޖެހެނީ،". އޭނާ އިންސްޓަގްރާމް ކުރި ފޮޓޯގެ ކެޕްޝަންގައި ވެއެވެ.

 

View this post on Instagram

 

A post shared by Sonakshi Sinha (@aslisona)

އޭނާ ޗުއްޓީ ހޭދަކުރަމުން ގޮސްފައި ވަނީ ގްރޭންޑް ކޮއްދިއްޕަރުގައެވެ.

އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައިތާ ދުވަސްކޮޅެއް ވެދާނެ އެވެ. އޭނާ އެންމެ އަވަހަށް ދެން ފެނިގެންދާނީ ޑްރާމާ ވާ އިންނެވެ. އެއީ ހަގީގީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޑްރާމާ އެކެވެ. އެޑްރާމާ އިން އަޖޭ ޑީވްގަން އާއި ސަންޖޭ ނަތް އަދި އަމީ ވިރްކް އާއި ނޯރާ ފަތޭހީ އަދި ޝަރަޑް ކެލްކަކް ފެނިގެން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކައުސަރު

    ހިތުން ތިޔަ ދޫކޮށްލި ބައި ހޯދަން މިދަނީ.

    21
  2. ޑައިވަރޭ

    ސޮނަކްޝީ ހިތުން ބައެއް ރާއްޖެއަށް ދޫކޮށްލުމަށްފަހު މަގޭހިތް އެއްކޮށް ހިފާގެން ސޮނަކްޝީ ފުރައިފި...

  3. މުބީނު

    އަޅެ....ރޮވިއްޖެ😢