މާލޭގެ ޖުމްހޫރީ މައިދާނަށް އާއްމުކޮށް ކޮންމެ ދުވަހަކުވެސް ކޮތަރުތައް އެއްވެ އެވެ. އެއަށް ކާންދޭން އެތައް ބަޔަކުވެސް އުޅެއެވެ. ހަނދާން ހުންނަން ފެށީއްސުރެ އެ ސަރަހައްދަކީ ކޮތަރު އުޅޭ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ކޮތަރުތަކާއެކު ސަކަރާތް ޖަހަން އާއްމުކޮށް މީހުން ގޮސް އުޅޭ މަންޒަރުވެސް ފެނެއެވެ. އަދި އެ ކޮތަރުތަކަށް ކާން ދީނުމަކީ އެއްބަޔަކު ފޫހިފިލުވާލަން ކުރާ ކަމެއްގެ ގޮތުގައި ވަނީ ވެފައެވެ.

އަދއެތަނުގައި ކޮތަރުތަކާއެކު ނަގާފައިވާ ފޮޓޯތަކާއި، ވީޑިއޯތަކަކީ އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބޭ އެއްޗެހިކަންވެސް ފާހަކޮށްލަން ޖެހެއެވެ.

އެހެން ނަމަވެސް ދާދި ފަހުން މީސް މީޑިއާގެ ސަމާލުކަމަށް އައިސްގެން މި އުޅެނީ، ގިނަބަޔަކު ބަލާލަން ބޭނުން ވާ ވީޑިއޯއެއް ނޫނެވެ.

އާއްމުކޮށް ކޮތަރުތައް ޖަމާވާ، ޖުމްހޫރީ މައިދާނު ސަރަހައްދުގައި އުޅޭ ކަޅު ބުޅަލެއް ކޮތަރެއް ޖަހައިގަނެގެން ދާ މަންޒަރެވެ. އެ ވީޑިއޯގައި އަންހެނެއްގެ އަޑުވެސް އިވެއެވެ. އޭނާ ބުނަނީ އެ ކޮތަރުގެ ކަރުގައި ބުޅާ ޖަހައިގެން ގެންދަނީ ކަމަށެވެ.

އެ ވީޑިއޯއިން ފުރަތަމަ ފެނިގެން ދަނީ ބުޅާ ކޮތަރުތަކާއި ދިމާލުގައި މަޑުކޮށްލައިގެން ހުންނަ މަންޒަރެވެ. ދެން ފެނިގެން ދަނީ އެ ބުޅާ އެތަނުގައި ތިބި ކޮތަރުތަކާއި ދިމާލަށް ބާރަށް ދުއްވާފައި ގޮސް އެއް ކޮތަރުގެ ކަރުގައި އަނގަ ޖަހާ ނަގައިގެން މަޑުމަޑުން ދާ މަންޒަރެވެ.

އެ ބުޅާ މީގެ ކުރިންވެސް ކޮތަރަށް މިގޮތަށް ކަންތައް ކުރާ މަންޒަރު ބަޔަކަށް ފެނިފައި އެބަ ހުއްޓެވެ.

"މިއީ ހަމަ އެ ބުޅާ އާއްމުކޮށް ކުރާ ކަމެއް، އަހަރެންނަށް ފެނުނު ދެ ދުވަހުވެސް އެ ބުޅާ ނަގައިގެން އަހަރެން ޖެހުނީ އޭތީގެ ކިބައިން ކޮތަރު ސަލާމަތް ކުރަން. އެ ކަޅު ބުޅާ ދެ ފަހަރެއްގެ މަތިން ޖަހައިގެން ގެންދިޔަ ކޮތަރު ސަލާމަތް ކުރި މީހަކު ބުންޏެވެ.

ބުޅަލަކީވެސް އާއްމުން ވަރަށް ލޯބިވާ ޖަނަވާރެކެވެ. އެ ކޮތަރުތަކުގެ ރައްކާތެރިކަމަށް ބުޅާ އެހެން ސަރަހައްދަކަށް ގެންދިއުން ވަރަށް ބުއްދިވެރިއެވެ. ނަމަނަމަ އެ ބުޅާ މަރާލައިގެން ނުވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޑީޑީ

    ސަނީ ސައިޑް އޮފް ޥައިލްޑް ލައިފް

    20
    2
  2. ޑޯޒް

    ޖަނަވާރު އެކާލީ ކޮތަރު

    18
    1
  3. ބުޅާ

    އެ ބުޅާ މަރާލާނެ ކޮންމެސް ވިޔާނުދާ މީހަކު

    8
    20
  4. ޝަމްވީލު ޢަބްދުލްއަޒީޒު

    މިހާރު ކޮބައިތަ އެބުޅާ

    18
    1
    • ކިޔުކަންބާ

      ތީތި ކަޑައޭ ބުޅާ.............

  5. ޖ

    އެއީ އެބުޅަލުގެ ހައްގެއް....އެއީ ހައްގު މިންވަރު އެލިބެން ފެށީ..ބަލަ ގައުމުގެ ހާލަތުވެސް ހުރީ ހަމަ އެފަދަ ގޮތަކަށް..

    22
    3
  6. މަޒް

    އެބުޅާވެސް އަމިއްލަ މަސައްކަތުން ކައިގެން ބޮއެގެން އުޅުން އެއީ މައްސަލައެއް ނޫން.. ބުޅާގޮސް ކޮތަރު އެ އަތުލައިގަތީ ހަމަޖެހިފައި އޮތް ގުތަރަތީ އުސޫލުން.. ކޮތަރަކީވެސް ބުޅަލަކީވެސް ﷲ ސުބަހާނަހޫވަތަޢާލާގެ މިލްކެއް

    55
    4
  7. ޒުބޭރު

    ކޮތަރު ހަންޓުކުރާ ބުޅާތަށް މާލެއިން ބާލަންވީނު
    މާލޭގަ ބުޅާ ގިނަކަމުން ބޮޑު ނޮހޮރޮއްޕާނަކަށް ތިކަން ވެއްޖެއެންނު. އަދި ބައެއް ބޮޑެތި ކަޅު ބުޅާތައް އަހަރުމެން މިސްކިތަށް ދާ ގަޑީ ތިބެނީ ޕޭމަންޓް މަތީގައި ހުއްޓިގެން ބަލަން. ކިރިޔާ ބިރުން ހަލާކުނުވަނީ އެކަހަލަފަހަރުފަހަރު

    24
    8
    • ޒުބީ

      ހާދަ މަޖާ ކޮމެންޓެކޭ..

    • ސާމިޔާ

      ސީލާވަރުން ވެސް ނުކުޅަދާނަ

      8
      1
  8. މުހައްމަދު

    ކޮތަރަކީ ހިމާޔަތް ކޮށްފައިވާ ދޫންޏެއް. ބުޅަލާމެދު ދައުވާ ކުރަން ފެނޭ.

    9
    1
  9. ހާލަތު

    ބުޅަލުގެ އުދަގޫ މިހާރު ވަރަށް ބޮޑުވެއްޖެ. ބުޅަލުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރުމުގެ ކުރިން ބުޅާ މަދުކުރުމުގެ ކެމްޕޭނެއް ހިންގަންވެއްޖެއެވެ. އަހަރެމެން ވަރަށް ކުޑައިރުގެ ހަދާނެއް މީދާ މަދުކުރުމަށް ހިންގި ހަރަކާތް.

    6
    4
  10. ޖަންގަލީގެ ގާނޫނު .

    އެއީ އެއް އެންގަލް އަކުން ބަލާނަމަ ގުދުރަތީ ގާނޫނު. ޖަންގަލި ތަކާއި ކަނޑު ގެ ގާނުނު . ބުޅަލުގެ ކުށެއް ނެތް. ޢެސޮރު ގެ ރިޒުގެއް އެ ކޮތަރަކީ. ބޮޑެތި މިނިކާ ސިންގާ އާއި މިނިކާ ވަގު، ފުއްލާ އާއި ޒިބްރާ ފަދަ ޖަނަވާރު ދިރި ތިއްބާ ކާލާ މަންޒަރު ނެޝަނަލް ޖޯގްރަފިކް ޗެނެއިލް އިން ފެނޭ. އަދި ކަނޑުގައި އުޅޭ ބޮޑެތި މަސް ކުދި މަސްކާނެ . ދެން އޮތީ އަނެއް އެންގަލުން ވާހަކަ ދެއްކުން. ޖަނަވާރުން ގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތް ތަކުން ނުކުމޭ އެ ބުޅަލާއި ދެކޮޅަށް ކޮތަރު ތަކުގެ ހައްގުގައި. އެއްވެސް ރަހުމެއްނެތި އެ ނިކަމެތި ކޮތަރު އެނުލަފާ ބުޅާ ކާލީއޭ ކިޔާފައި.

    15
    • Anonymous

      18 ނުފުރޭ ކުޑަ ކޮތަރަކަށް ވެއްޖެ ނަމަ ބުއްޅަބޭ އައިސް ބުޅާ ނޮޅާލާނެ.

  11. ހާނ އޯކޭ

    އެހެން ވާނީ. އޭތި ބަނޑުހައިވެފަ ބަލަން މިއޮންނަނީ، މަޖާކުރަން ފޮޓޯނަގަން ކޮތަރަށް ކާންދޭތަން. ސަޅި. އީ. ޕީ. އޭ. ގެ މޯސްޓް ވޯންޓެޑް މިހާރު.

    1
    2
  12. ޣޯސް

    ބުޅަލަކީ ޝިކާރަކޮށްގެން ކައިއުޅޭ ޖަނަވާރެއް. މިހާރު މީހުން ބުޅަލަށް ބުއްފުޅިދީގެން އޭތިމެން ކަންނެތްކުރީ. ކޮތަރުވެސް ޝިކާރަކުރާނެ އެއަށްވުރެ ކުދިތަކެތި. މިއީ ގުދުރަތީ ނިޒާމު ކޮންމެ މަހުލޫގެއްވެސް ކާނާ ހޯދަން މަސައްކަތް ކުރަންޖެހޭނެ.

  13. ފަސްފަހެތިން ފަޑައި

    ބުޅާތައް މަރާލާ.ބުޅާތަކުގެ އުނދަގޫ ވަރަށް ބޮޑު.ސައިކަލް މަޑި މަތީގަ ނިދަންވެސް ނިދަނީ.